ހަނިމާދޫގެ ކޯވިޑް ހާލަތާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް "ރަށުހާލު"
ހަނިމާދޫގެ ކޯވިޑްގެ ހާލަތާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހަކަމާއި އެކު އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް “ރަށުހާލު” ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފިއެވެ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާގެ ފަރާތުން ހަނިމާދޫ ސިއްހީ މަރުކަޒާއި ގުޅިގެން ތައްޔާރު ކޮށްފައިވާ މި ވެބްސައިޓް ލޯންޗު ކޮށްފައިވަނީ 24 މެއި 2021 ވީ ހޯމަ ދުވަހު ހަވީރު މިކަމަށްޓަކައި ހަނިމާދޫ ސިއްހީ މަރުކަޒުގައި ބޭއްވި ކުޑަކުޑަ ހަފްލާއެއްގައެވެ. މި ވެބްސައިޓުން ލިބެން ހުންނަ މަޢުލޫމާތުތަކުގެ ތެރޭގައި އެ ވަގުތެއްގެ ހަނިމާދޫގައި ކޯވިޑ...