📍 ހދ. ހަނިމާދޫ
ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް
ކޯވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ހދ. ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭނެގި 31 ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި […]