މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ކެތިއަރާ މަސްރޭހުގައި ބައިވެރި ވުމުގެ ފުރުޞަތު މިމަހުގެ 13 ގެ ނިޔަލަށް 📍 ހދ. ހަނިމާދޫ

ކެތިއަރާ މަސްރޭހުގައި ބައިވެރި ވުމުގެ ފުރުޞަތު މިމަހުގެ 13 ގެ ނިޔަލަށް

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ކެތިއަރާއިން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ކެތިއަރާ މަސްރޭސް 2021” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ވެސް ވަނީ ދެ ޖިންސައް ހުޅުވާލާފައެވެ. ކަނބަލުންގެ މަސްރޭސް 15 އޮކްޓޯބަރ 2021 ގައި ބޭއްވުމަށް ރާވާފައިވާއިރު، ފިރިހެނުންނަށް ހާއްސަ މަސްރޭސް ބޭއްވުމަށް ރާވާފައި ވަނީ 16 އޮކްޓޯބަރ 2021 ގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވު...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ހިންގި ކައްކަން ދަސްކޮށްދޭ ކޯސް ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ހިންގި ކައްކަން ދަސްކޮށްދޭ ކޯސް ނިންމާލައިފި

ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަނިމާދޫގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ނިންމައި، ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކްޓް ހަވާލު ކޮށްފިއެވެ. ހަނިމާދޫގެ ކައުންސިލާއި ހަނިމާދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އައްޑޫ ވިމެންސް އެސޯސިއޭޝަން  އާއި ޖުވޭސް ކުކަރީ ގުޅިގެން ހަނިމާދޫގައި ހިންގި މި ކޯސް ޖުމްލަ 103 ފަރާތެއް ވަނީ ފުރިހަމަކޮށްފައެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ 26 ސެޕްޓެމްބަރ 2021 އިން 05 އޮކްޓޯބަރ [...

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރަށް ތާވަލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރަށް ތާވަލުކޮށްފި

ހދ. ހަނިމާދޫގައި ރަށުފެންވަރުގައި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ މި އަހަރުގެ މުބާރާތް 27 ނޮވެމްބަރ 2021 ގައި ފެށުމަށް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ތާވަލު ކޮށްފިއެވެ. މި މުބާރާތުގައި ޓީމްތައް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައި އެ ޖަމްޢިއްޔާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި މުބާރާތަކީ ހަނިމާދޫއިން ފުޓްބޯޅައިގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެ ޖަމްޢިއްޔާގެ މެމްބަރ އަލްމަރްޙޫމް އާދަމް ސަލީމް...

އިބްރާހިމް ޚަލީލް
އެމްޑީޕީގެ ދާއިރާތަކު އިންތިޚާބު: ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު 📍 ހދ. ހަނިމާދޫ

އެމްޑީޕީގެ ދާއިރާތަކު އިންތިޚާބު: ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު އާދަމް އިންތިޚާބު ވެއްޖެއެވެ. މި އިންތިޚާބުގައި ފިނޭއަށް ނިސްބަތްވާ ޝާހިދުއާއި ވާދަކުރެއްވީ ހަނިމާދޫއަށް ނިސްބަތްވާ އައްބާސް މުހައްމަދެވެ. އައްބާސްގެ މައްޗަށް ޝާހިދު ކުރި ހޯދީ 18 ވޯޓުގެ ތަފާތަކުންނެވެ. މިގޮތުން ޝާހިދުއަށް 195 ވޯޓު ލިބުނުއިރު އައްބާސްއަށް ލިބުނީ 177 ވޯޓެވެ. ދާއިރާގެ 4 ރަށުގެ ތެރެއިން 3 ރަށަކުން ޝާހިދު ކުރި ހޯދިއެވެ. އެއީ ފިނޭ، […]

އަލީ އާދިލް
އޭސިއާ ފައުންޑޭޝަންގެ އެހީގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި 📍 ހދ. ހަނިމާދޫ

އޭސިއާ ފައުންޑޭޝަންގެ އެހީގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި

އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ. މިއީ އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ސަޕޯޓިން ރީޖަނަލް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން އިން ދަ މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ކައްކަން ދަސްކޮށްދޭ ކޯހެއް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކައްކަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ހދ. ހަނިމާދޫ ގައި ކައްކަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ނިންމައިފިއެވެ. މި ކޯސް އިންތިޒާމް ކޮށްފައިވަނީ ހަނިމާދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންނެވެ. ހަނިމާދޫ ކައުންސިލް އިން ނެރުއްވާފައިވާ އިއުލާނެއްގައި ވާގޮތުން މި ކޯސް އަމާޒުކޮށްފައި ވަނީ ހަނިމާދޫ ގައި ތިބި ކެއްކުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށެވެ. މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ސިޓީ އަދި އެ ފަރާތުގެ އައިޑީ ކާޑު ކޮޕީ އެ ކައުންސިލްގެ އިދާރާ އަށް ހުށައަޅައި ނަންނޯޓުކުރެވޭނެ ކަމަށް […]

އަޙްމަދު އަރުޝަމް
ހަނިމާދޫ ފެރީ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފެރީ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި

ހދ. ހަނިމާދޫ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން ފޫޓިން މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ނިންމާލައިފައި ވަނީ އިއްޔެއެވެ. މި ޓާމިނަލަކީ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާމިނަލެކެވެ. “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެ...

އަޙްމަދު ވަހީދު
ހަނިމާދޫ ބަނދަރުގެ ގްރޮއިން ޖަހަން ބޮޑުހިލަ ގެންގޮސްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ ގްރޮއިން ޖަހަން ބޮޑުހިލަ ގެންގޮސްފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި ބޮޑުހިލަ ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 355 މީޓަރުގެ ބޭރުތޮއްޓަކާއި 50 މީޓަރުގެ ސަރަހައްދެއް...

އަޙްމަދު ވަހީދު
ހަނިމާދޫ މަގުތައް ހެދުމުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތައް ހެދުމުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރްކެޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ 89 އިންސައްތަ އަދި ސަބްގްރޭޑްގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ 60 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަހައްދެއް […]

އަޙްމަދު ވަހީދު
ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ވިދާޅުވީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ. މިގޮތުން ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މިއަދު ނައްތާލާފައިވަނީ 425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގ...

ޔުމްނާ ޢަލީ
އީ-ޓުކުރި "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި 📍 ހދ. ހަނިމާދޫ

އީ-ޓުކުރި "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި

މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ރަށްރަށުގައި އުފައްދާތަކެތި ގަނެވިއްކައި ހެދޭ “ކޮމިއުނިޓީ އޮންލައިން ޝޮޕް” އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި އޮންނާނެއެވެ. ކޮމިއުނިޓީ އޮންލައިން ޝޮޕް އަކީ ރަށު ފެންވަރުގައި އުފައްދާ ތަކެތި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވިއްކައި ހެދޭ ” ރަށު އޮންލައިން ފިހާރަ” އެކެވެ. މި އޮންލައިން ޝޮޕް މެދުވެރިކޮށް ރަށުގައިތިބެ ތަފާތު އުފެއްދުންތައް އުފައްދައި މުޅި ރާއްޖެއަށް އިޝްތިހާރުކޮށް، ފަސޭހަކަމާއިއެކު ގަނެވިއްކައ...

އިބްރާހިމް ޚަލީލް
ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަނިމާދޫގެ މިސްކިތްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ 24 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުއެވެ. ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް އޯގަސްޓް މަހުގެ 27 ވަނަ ދުވަހާ...

އިބްރާހިމް ޚަލީލް
މެދުކެނޑުމަކަށް ފަހު ހަނިމާދޫގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ

މެދުކެނޑުމަކަށް ފަހު ހަނިމާދޫގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ

މެދުކެނޑުމަކަށް ފަހު ހަނިމާދޫ ސްކޫލުގައި އަނެއްކާވެސް އޭލެވެލްއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ދަރިވަރުން ހޯދުމަށް އެ ސްކޫލުން އިޢުލާން ކޮށްފިއެވެ. އެކަށީގެންވާވަރަށް ދަރިވަރުން ލިބިއްޖެނަމަ އެ ސްކޫލުގައި އޭލެވެލްގެ ދެ ސްޓްރީމެއް ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދެ ސްޓްރީމަކީ ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމެވެ. ސައިންސް ސްޓްރީމަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ހުންނަންވާނޭ ޝަރުތުތައް ގޮތުގައި ހިމަނާފައި ވަނީ އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ....

އިބްރާހިމް ޚަލީލް
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް 📍 ހދ. ހަނިމާދޫ

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ. 1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ “އިންޓަނޭޝަނަލް ޔޫތުޑޭ” އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން 13 އޯގަސްޓް 2021 ވީ ހުކުރު ދުވަހު ހަނިމާދޫގައި ހިންގި އިވެންޓް ތަކުގެ ތެރޭގައި ހަނިމާދޫގެ ކައިޓް ސާފަރުންނާއި އއ. އުކުޅަސް ކައިޓް ސާފަރުން ގުޅިގެން ވަނީ ހަނިމާދޫގެ ފަޅުގައި އެ ޒުވާނުންގެ […]

އިބްރާހިމް ޚަލީލް
ސާއްބަ އެކުވެރި ކުލަބުން ހަނިމާދޫގައި ހޭންޑްބޯލް ކޭމްޕެއް ހިންގައިފި 📍 ހދ. ހަނިމާދޫ

ސާއްބަ އެކުވެރި ކުލަބުން ހަނިމާދޫގައި ހޭންޑްބޯލް ކޭމްޕެއް ހިންގައިފި

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިސްނަގައިގެން ހަނިމާދޫގައި ހޭންޑްބޯލް ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ. ހަނިމާދޫގައި ހޭންޑްބޯލް ކުޅޭ ކުޅުންތެރިން އިތުރުކޮށް އެ ކުޅިވަރު އެ ރަށުގައި ކުރިއެރުވުމުގެ މަޤުޞަދުގައި 30 ޖުލައި 2021 އިން 06 އޯގަސްޓް 2021 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕް ވަނީ ފަސްދޮޅަހަށްވުރެ ގިނަ ބައިވެރިން ފުރިހަމަ ކޮށްފައެވެ. މި ކޭމްޕްގައި ވަނީ ހޭންޑްބޯޅައިގެ ޤަވައިދަށް ބައިވެރިން އަހުލުވެރި ކުރުވުމުގެ ގޮތުން ޤަވައިދު ކިޔައިދީ ދަސްކޮށްދިނުމުގެ ސެޝަންތަކެއް ކުރިއަށް […]

އިބްރާހިމް ޚަލީލް