މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ އަންހެން ކުޅުންތެރިއަކު ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ އަންހެން ކުޅުންތެރިއަކު ހޯދަނީ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތުގައި ވާދަކުރާ، ހދ. ހަނިމާދޫ ކައުންސިލް ތަމްސީލްކުރާ ވޮލީ ޓީމަށް ގައުމީ ފެންވަރުގެ ކުޅުންތެރިއެއް ހޯދަން ޢިއުލާން ކޮށްފިއެވެ. ކުޅުންތެރިއަކު ހޯދަން ހަނިމާދޫ ކައުންސިލުން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، މި މުބާރާތުގައި އެ ކައުންސިލް ތަމްސީލް ކުރާ ޓީމަށް ކުޅުމަށް ޝައުގުވެރިވާ އަންހެން ކުޅުންތެރިން މި މަހުގެ 26 ވަނަ ދުވަހުގެ 13:00ގެ ކުރިން އެކަމަށް އެދި ސިޓީއަކުން ހުށަހެޅުމަށް ފުރުސަތު […]

ޔުމްނާ ޢަލީ
ސަރުކާރުން އުންމީދުކުރަނީ 2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެކަމަށް 📍 ހދ. ހަނިމާދޫ

ސަރުކާރުން އުންމީދުކުރަނީ 2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެކަމަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭކަމަށް ސަރުކާރުން އުންމީދު ކުރަނީ، 2024 ވަނަ އަހަރު ނިމެންވާއިރަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ. މިޢުވާން މިހެން ވިދާޅުވީ، ފާއިތުވެ ދިޔަ ހަފްތާގައި ކުރެވުނު މުހިއްމުކަންކަމާއި ކުރިޔަށްއޮތް ހަފްތާގައި ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި “ތިލަދުން” އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިއ...

އަލީ އާދިލް
ލަކުޑިން ހަދާފައިވާ ބުދެއް ހަނިމާދޫއަށްވެސް ލައްގައިފި 📍 ހދ. ހަނިމާދޫ

ލަކުޑިން ހަދާފައިވާ ބުދެއް ހަނިމާދޫއަށްވެސް ލައްގައިފި

ލަކުޑިން ހަދާފައިވާ ބުދެއް ހދ.ހަނިމާދޫއަށްވެސް ލައްގައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުން މިރޭ ފެނިފައިވާ އެ ބުދުގައި ތިން ފޫޓުވަރު ހުންނާނެއެވެ. ހަރު ލަކުޑިއަކުން ހަދާފައިވާ އެ ބުދުގައި މީހެއްގެ މޫނު ސިފަވާގޮތަށް ކަނޑާނަގާފައިވާއިރު، ބުދުގެ ކުރިމަތިފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ވެސް ވަނީ ކަނޑާނަގާފައެވެ. މީގެ އިތުރުން ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ވެސް ބައެއްވަނީ ކަނޑާ ނަގާފައެވެ. މި ބުދު ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން، ކަނޑު ރިނދަ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ހަސަނަކީ "ކުރިން ކަނާއަތްތެރިއެއް" ދިރިއުޅުމަށް ބިންދާލި ރާޅާއެކު، ފަތަން ޖެހިފައިވަނީ އެއްއަތުން! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ހަސަނަކީ "ކުރިން ކަނާއަތްތެރިއެއް" ދިރިއުޅުމަށް ބިންދާލި ރާޅާއެކު، ފަތަން ޖެހިފައިވަނީ އެއްއަތުން!

ހދ.ހަނިމާދޫ ޝަބްނަމްގެ ހަސަން މުޙައްމަދަކީ ކުރިން ކަނާއަތްތެރިއެކެވެ. ކުޑަކުޑަ ތަދާއި އެކު ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅާއި އެކު ފަތަން ޖެހިފައިވަނީ އެއްއަތުންނެވެ. މިއީ، އެއްވެސް ބައްޔެއްގެ އިހުސާސެއް ނެތި ފުރިހަމަ ސިއްހަތަކާއި އެކުގައި މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އައި ޒުވާނެއްގެ ވާހަކަ އެވެ. މިއީ އުމުރުން ޒުވާން ދުވަސްވަރު ހަސަންގެ ދިރިއުޅުމަށް އެތައް ހުރަސްތަކެއް ކުރިމަތިވި ގޮތުގެވާހަކައެވެ. ކަނާއަތްތެރިއަކަށް އެ އަތ...

އިބްރާހިމް ޚަލީލް
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އަހުލީއާއި ޝީލްޑް 📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އަހުލީއާއި ޝީލްޑް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޝީލްޑުން ހޯދައިފިއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި އަހުލީ ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރުމަށް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރ ތަރައްޤީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރު.އޭ.ސީ.އެލް) އާއި އެސް.ޓީ.ޔޫ.ޕީ ކޮންސަލްޓެންޓުންނާ ދެމެދު ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފަށަން ނިންމާފައިވާއިރު، 2024 ވަނަ އަހަރަށް އެއާޕޯޓުން ބޭނުންކުރެވެނެ ކަމަށް ލަފާކުރެއެވެ. މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމ...

ޝިއުނާ އާދަމް
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް 📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ލީގުބުރުގެ ފަހު މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ޔޫތު ފްރެންޑެސްއެވެ. މި މެޗު 3-2 ގެ ނަތީޖާއިން އަހުލީ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި […]

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލި "އާދަމް ސަލީމް ކަޕް" މިއަދު ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލި "އާދަމް ސަލީމް ކަޕް" މިއަދު ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ފާއިތުވި އަހަރުގެ ފަހުކޮޅު ފެށި “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތް، އެ ދުވަސްވަރު ހަނިމާދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލުމަށްފަހު މުބާރާތުގެ ބާކީ އޮތްބައިގެ ކުޅުން މިއަދު ފަށައިފިއެވެ. ފާއިތުވި އަހަރު ޖުމްލަ ހަތް ޓީމާއިއެކު މި މުބާރާތް ފަށާފައި ވަނީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ހަނިމާދޫގައި އެ ދުވަސްވަރު ކޯވިޑްގެ ބަލިމަޑުކަން ފެތުރި ގިނަ ޓީމްތަކެއްގެ ކުޅުންތެރިން ވެސް ކޯވިޑަށް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގްރާމް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގްރާމް ފަށައިފި

ތަޢުލީމީ ޖީލެއްބިނާކުރުމަށް ބައިވެރިވުން ދިނުމުގެ ގޮތުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގުރާމް މިއަދު ފަށައިފިއެވެ. އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރާމް ކުރިއަށް ގެންދަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ޓްރެއިން ކިލާސްގައެވެ. މި ޕްރޮގްރާމްގެ ފ...

ޔުމްނާ ޢަލީ
އެމްޓީސީސީގެ އެހީތެރިކަމާއެކު ހަނިމާދޫ ޕްރީސްކޫލްގެ މަގުމަތި ފާރު ރީތިކޮށްލަނީ 📍 ހދ. ހަނިމާދޫ

އެމްޓީސީސީގެ އެހީތެރިކަމާއެކު ހަނިމާދޫ ޕްރީސްކޫލްގެ މަގުމަތި ފާރު ރީތިކޮށްލަނީ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން އެރަށުގައި ހިންގަމުން އަންނަ ޕްރީސްކޫލްގެ މަގުމަތީ ފާރު ރާނައި، ރީތިކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެހީތެރިކަމާއެކު ނިމުމަކަށް ގޮސްފައިވާ ކަމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބުނެފިއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަޙީދު ”ތިލަދުން”އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހިންގާ ޕްރީސްކޫލްގެ މަގުމަތީ ފާރު ރާނައި، ރީތިކުރުމަށް ބޭނުންވާ ތަކެތި، އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ޖަމިއްޔ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓު ހަދަން ޖޭއެމްސީ އަށް 2 ބިލިއަން ރުފިޔާ ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ހަދަން ޖޭއެމްސީ އަށް 2 ބިލިއަން ރުފިޔާ ހަވާލުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް   އެ މަޝްރޫގެ 2 ބިލިއަން ރުފިޔާ ކުންފުންޏާ ހަވާލުކޮށްފިއެވެ.   މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް […]

ޝިއުނާ އާދަމް
ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި، 19,679.7 އަކަ މީޓަރުގެ […]

އަޙްމަދު ވަހީދު
ހަނިމާދޫގައި "ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ" ނަމުގައި ހިތްގައިމު އައު ކެފޭއެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި "ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ" ނަމުގައި ހިތްގައިމު އައު ކެފޭއެއް

ހދ.ހަނިމާދޫގައި ހިންގަމުން އަންނަ ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓްހައުސްގެ ފަރާތުން އެތަނުގައި “ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ” ގެ ނަމުގައި ކެފޭއެއް ހުޅުވައިފިއެވެ. ހަނިމާދޫ އުތުރު އަވަށު ބީޗްގެ ހިތްގައިމު ސަރަހައްދާއި ކައިރީގައި ހަދާފައިވާ، ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓް ހައުސްއިން މިހާރު ވެސް އަންނަނީ ފަތުރުވެރިންގެ އިތުރުން ލޯކަލްއަށް ވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ގެސްޓް ހައުސްއާއި ގުޅުވައި ހަދާފައިވާ މި ކެފޭ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވާފައިވާއިރު، ކެ...

އިބްރާހިމް ޚަލީލް
ހަނިމާދޫ "ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް" ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ "ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް" ފަށައިފި

ހދ.ހަނިމާދޫގައި ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތް ފަށައިފިއެވެ. މި މުބާރާތް މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މިއަދު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އޯލްޑް ސްޓާއާއި ނައިރު ކަންމައްޗެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނައިރު ކަންމައްޗެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައި […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ. މި ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝ...

އަލީ އާދިލް