މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ކަމަށް ހަނިމާދޫ ރައީސް 📍 ހދ. ހަނިމާދޫ

ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ކަމަށް ހަނިމާދޫ ރައީސް

ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ޙަސަން، ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބު ކޮށްފި އެވެ. އެ މަޤާމަށް ޢަބްދުއްސައްތާރު ޙަސަން އިންތިޚާބު ކޮށްފައިވަނީ، މިއަދު ބޭއްވުނު އެކައުންސިލްގެ 4 ވަނަ ދައުރުގެ 79 ވަނަ ޢާންމު ޖަލްސާގައެވެ. ޢަބްދުއްސައްތާރު ޙަސަން އާއި ވާދަކުރެއްވީ، ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރެވެ. ނާއިބު ރައީސް އިންތިޚާބު ކުރުމަށް ނެގުނު ވޯޓުގައި އަބްދުއްސައްތާރު ޙަސަންއަށް ލިބިވަޑައިގެންފައިވަނީ 7 ވޯޓެވެ. އަދި ޢަބްދުﷲ ޒާމިރަށް ލިބިވަޑ...

އިބްރާހިމް އަސްވާޤް
ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމަށް ސައިޓު ސާފުކުރުމާއި، ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށް ގެންދެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މަޝްރޫއުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި ސައިޓު ސާފުކޮށް ވަގުތީ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ "ޖަވާހިރުލް ޤުރުއާން މުބާރާތް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ "ޖަވާހިރުލް ޤުރުއާން މުބާރާތް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ޖަވާހިރުލް ޤުރުއާން މުބާރާތް 1444” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވާ ފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ގަޑިތަކުގައި އެ ކައުންސިލުގައި ކުރިއަށް ދާނެ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކަނބަލުންނަށް ހާއްސަކޮށްގެން ވޮލީ މުބާރާތެއް ބާއްވަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކަނބަލުންނަށް ހާއްސަކޮށްގެން ވޮލީ މުބާރާތެއް ބާއްވަނީ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކަނބަލުންނަށް ހާއްސަ ކޮށްގެން އެ ރަށުގައި ބާއްވާ ވޮލީ މުބާރާތް އަންނަ މަހު ފެށުމަށް ތާވަލުކޮށްފިއެވެ. މި މުބާރާތާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސެއިން ވަހީދު ބުނެފައި ވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހު މެދުތެރޭ ހުޅުވާލާނެ ކަމަށާއި، މުބާރާތް އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށެވެ. ކަންކަން ފައިނަލް ކުރެވުމުން ތާރީޚުތައް މާ ލަސްތަކެއް ނުވެ އާންމުކުރާނެ ކަމަށެވެ. މި […]

އިބްރާހިމް ޚަލީލް
''މަކުނުދޫ އާއި ބިލެތްފަހީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭ ފެށޭނެ" 📍 ހދ. ހަނިމާދޫ

''މަކުނުދޫ އާއި ބިލެތްފަހީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭ ފެށޭނެ"

ހދ. މަކުނުދޫ އާއި ށ. ބިލެތްފަހި ހިމެނޭހެން އިތުރު ދެރަށެއްގެ އެއަރޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެތެރޭގައި ފަށާނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ އަދި ވިލުފުށި އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭ ފެށިގެންދާނެ ކަމ...

މުޙައްމަދު އަފްރާޙް
ކެންސަރަށް ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ކުރިއަށް ގެންގޮސްފި 📍 ހދ. ހަނިމާދޫ

ކެންސަރަށް ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ކުރިއަށް ގެންގޮސްފި

ހަނިމާދޫ ސިއްހީ މަރުކަޒުން އިސްނަގައިގެން އެ ރަށުގައި ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހަރަކާތެއް ހިންގައިފިއެވެ. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ބޭއްވި ސެޝަންގައި ވަނީ ކެންސަރު ބައްޔާއި ގުޅޭގޮތުން ވަރަށް ތަފްސީލީ މަޢުލޫމާތު ފޯރުކޮށް ދީފައެވެ. މި ސެޝަންގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ލޫކެމިއާ ކެންސަރާއި ގުޅޭ މަޢުލޫމާތި ވަނީ ފޯރުކޮށްދީފައ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ލީގު: ރިއަލް ސްޓާސްއާއި ޔުނީފޯމް ފެށުން ރަނގަޅުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ލީގު: ރިއަލް ސްޓާސްއާއި ޔުނީފޯމް ފެށުން ރަނގަޅުކޮށްފި

މިހާރު ހަނިމާދޫގައި ކުރިއަށްދާ “ހަނިމާދޫ ލީގު 2023” ފުޓްބޯޅަ މުބާރާތުގައި ރިއަލް ސްޓާސް އަދި ޔުނީފޯމް ވެސް އެ ޓީމްތައް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ރިއަލް ސްޓާސްއާއި ފަލްކަން ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސްއެވެ. މި މެޗުގައި ރިއަލް ސްޓާސްއަށް ލަނޑުތައް ޖަހައިދީފައި މުޙައްމަދު އަލީ، ޒަމާއު އަދި އާދަމް އިބްރާހީމެވެ. ފަލްކަން އަށް ލަނޑު ޖަހައިދީފައި ވަނީ ސަލްވާން […]

އިބްރާހިމް ޚަލީލް
ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި

ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފިއެވެ. ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަނީ ހޯރަފުއްޓާއި ހަނިމާދޫގެ އިތުރުން ގއ. ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގަ އެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރަން ޙަވާލުކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ. ހޯރަފުއްޓާއި ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށ...

މުޙައްމަދު އަފްރާޙް
މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަނީ 📍 ހދ. ހަނިމާދޫ

މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަނީ

ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް މެދުކަނޑާލާނީ އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ބަދަލާއެކު އެ އެއަރލައިނުން، ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑާލާނެ ކަަމަށް ވަނީ ބުނެފައެވެ. ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ލީގު: ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ މެޗު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ލީގު: ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ މެޗު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފި

މިހާރު ހަނިމާދޫގައި ކުރިއަށްދާ “ހަނިމާދޫ ލީގް 2022/23” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއާއި އަހުލީއެވެ. މި މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއެވެ. މި މެޗުގައި ފުރަތަމަ ހަތަރު ލަނޑު ވެސް ޖަފާހައި ވަނީ ޔޫތު ފްރެންސް އިންނެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އާލިފް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ލީގު ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ލީގު ފުޓްބޯޅަ މުބާރާތް ފަށައިފި

ހދ. ހަނިމާދޫގައި ކުރިއަށް ގެންދާ “ހަނިމާދޫ ލީގް” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ހަނިމާދޫ ޓާފް ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހްއާއި ޝީލްޑެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރޫހް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރޫހް ޓީމަށް މެޗުގައި ދެ ލަނޑު ޖަހައިދިން އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އަހްމަދު ޝިނާންއެވެ. ދެން […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ހަދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރު ޞަރަޙައްދުގައި ލޯކަލް މާރުކޭޓަކާއި ސްޓަޑީ ޕާކެއް ޑިޒައިންކޮށް ބީއޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ ކައުންސިލުގެ ޖަލްސާ...

އިބްރާހިމް ޚަލީލް
ނިއުރޭޑިއަންޓުން ހަނިމާދޫގައި ހިންގާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ނިއުރޭޑިއަންޓުން ހަނިމާދޫގައި ހިންގާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވާން ހުޅުވާލައިފި

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހދ. ހަނިމާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނިއުރޭޑިއަންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުލަބްގެ ފުޓްބޯޅަ އެކަޑަމީތައް ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކްލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމާއި ފުޓްބޯޅައަށް މޮޅު ކުޅަދާނަ ދަރިންތަކެއް އުފެއްދުމެވެ. މި އެކަޑަމީގެ ތަމްރީންތައް އަންނަ މާޗު މަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އެކަޑަމީން ފުރުޞަތު ދިނުމަށް ހަމަޖެ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 9 ވަ...

އިބްރާހިމް ޚަލީލް
''ހަނިމާދޫ ވައިގެބަނދަރު ނިމުމާއެކު އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވާނެ'' 📍 ހދ. ހަނިމާދޫ

''ހަނިމާދޫ ވައިގެބަނދަރު ނިމުމާއެކު އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވާނެ''

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިމުމާއެކު އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ، ރޭވެ އަލިވިލޭއި...

ޔުމްނާ ޢަލީ