މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫ އެއާޕޯޓު އައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލީ ސަރުކާރު ބަދަލުވާ މަރުހަލާ ކުރިއަށް ދާތީ: އާރުއޭސީއެލް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު އައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލީ ސަރުކާރު ބަދަލުވާ މަރުހަލާ ކުރިއަށް ދާތީ: އާރުއޭސީއެލް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހައައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލީ ސަރުކާރު ބަދަލުވާ މަރުހަލާގެ ކުރިއަށް ދާތީ ކަމަށް ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އިން ވިދާޅުވެއްޖެއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެފައިވާ ގޮތުގައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަންވޭގެ 1400 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ ރަންވޭ ސަރަޙައްދު ވަގުތީގޮތުން ބޭނުންކުރަން ހުޅުވާލެވޭ މިންވަރަށް މަސައްކަތްތަ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުގެ ޤުރުއާން ކްލާހުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ހަނިމާދޫ ކައުންސިލުގެ ގުރުއާން ކްލާހުގައި ބައިވެރިވާނެ ދަރިވަރުން ހޯދަން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިއީ އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ގުރުއާން ކުލާހެއް ކަމަށެވެ. އަދި މި ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ މަހަކު 200 ރުފިޔާ ކަމަށެވެ. މި ކުލާހުގައި ބައިވެރިވާން އެދޭ ދަރިވަރުން “ޤުރްއާން ކްލާހަށް ވަނުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަކުރުމަށް ފަހު، […]

މުޙައްމަދު އަފްރާޙް
ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް

ހދ.ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މިއަދު ފުލުހުން ވިދާޅުވީ ހަނިމާދޫއިން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާތައް ފޭރިގަތްކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ހަނިމާދޫގައި އުމުރުން 63 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާކޮށް ފައިސާ ފޭރިގަތް މައްސ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށް ވަދެ އެ ގޭގައި އުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ހާއްސަ އެހީ އަށް ބޭނުންވާ އެ މީހާ އަށް ހަމަލާ ދިން 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބުނު މީހާ އަށް މިހާރު އަންނަނީ […]

މުޙައްމަދު
ހަނިމާދޫ ބަނދަރާއި ޑްރައިވިން ޓްރެކް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރާއި ޑްރައިވިން ޓްރެކް ސަރަހައްދު ފެހި ކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ބަނދަރާއި ޑްރައިވިން ޓްރެކް ފެހިކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ބޮޑެތި ގަސް އިންދުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ. ހަނިމާދޫ ފެހިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށާފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ. މި ޕްރޮގްރާމްގެ ދަށުން ރަށުގެ މަގުތަކާއި އަދިވެސް އެހެނިހެން ބައެއްތަންތަނުގައި ގަސް އިންދުމުގެ ހަރަކާތް އެ ކައުންސިލުގެ މުވައްޒަފުން ނުކުމެ ދޭތެރެދޭތރެއިން އަންނަނީ ކުރިއަށް ގެންދަމުނ...

އިބްރާހިމް ޚަލީލް
އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން: ޝާހިދު 📍 ހދ. ހަނިމާދޫ

އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން: ޝާހިދު

އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރެއްވުމަށް ހދ. މަކުނުދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުގެ ވިސްނުމުގައި ހުރީ ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައ...

މުޙައްމަދު އަފްރާޙް
ހަނިމާދޫގައި ދޫނިތައް ކޮށިން ބޭރަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ދޫނިތައް ކޮށިން ބޭރަށް

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ގޭގައި ކޮށި ހަދައިގެން ދޫނި ގެންގުޅޭ މީހުން ހަނިމާދޫގައި ވެސް ވަރަށް ގިނައެވެ. މިގޮތަށް ކޮށި ހަދައިގެން އެކި ވައްތަރުތަކުގެ ދޫނި ގެންގުޅެއެވެ. ހާއްސަކޮށް ގުރާ އާއިލާއަށް ނިސްބަތްވާ ގިނަ ދޫނިތައް އޭގެތެރޭގައި ހިމެނެއެވެ. ފާއިތުވި އަހަރެއްހާ ދުވަހަށް ނަޒަރު ހިންގާލާއިރު ފެންނަނީ ދޫނި ގެންގުޅުމުގެ މުޅީން އައު ބާބެއް ހަނިމާދޫގައި ފެށިފައިވާ ތަނެވެ. ފެންނަނީ ގިނަބަޔަކު އެކި ވައްތަރުގެ ދޫނި އޮޅުކޮށްގެން އެ ދޫނިތަކާއިއެކު ރަށުގެ އެކި ހިސާބުގައި […]

އިބްރާހިމް ޚަލީލް
ޕީއެންސީގެ ސަރުކާރެއް އަޔަސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ: މުޢިއްޒު 📍 ހދ. ހަނިމާދޫ

ޕީއެންސީގެ ސަރުކާރެއް އަޔަސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ: މުޢިއްޒު

މި ސަރުކާރުން އެގްރީމެންޓުގައި ސޮއިކޮށް، ފަށާފަ ހުރި އެއްވެސް މަޝްރޫއެއް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަޝްރޫއުތަކާއި އެގްރީމެންޓުތައް ބެލޭނެ ކަމަށެވެ. އަދި އެއިން ރައްޔިތުންނަށް ވަނީ ބޮޑު ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ. “ބައެއްފަރާތްތަކުން ބުނޭ ނޫންތޯ އަޅުގަނޑުމެންގެ ސަރުކާރެއް އަތުވެއްޖެނަމަ،...

މުޙައްމަދު އަފްރާޙް
ނުބައި މީހަކާ ވެރިކަން ހަވާލުކުރެވިއްޖެނަމަ، މަލިކު ގެއްލުނުހެން ހަނިމާދޫ އާއި އައްޑޫ ގެއްލިދާނެ: އަލީ ވަހީދު 📍 ހދ. ހަނިމާދޫ

ނުބައި މީހަކާ ވެރިކަން ހަވާލުކުރެވިއްޖެނަމަ، މަލިކު ގެއްލުނުހެން ހަނިމާދޫ އާއި އައްޑޫ ގެއްލިދާނެ: އަލީ ވަހީދު

ގައުމުގެ ވެރިކަން ނުބައި މީހަކާ ހަވާލުކުރެވިއްޖެނަމަ، ހަނިމާދޫއާއި އައްޑޫ ވެސް ދިވެހިންނަށް ގެއްލިދާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމްގެ ރަސްމީ ކެމްޕޭން އެޖެންޓު އަދި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިހެން ވިދާޅުވީ، ޤާސިމްގެ ކެމްޕެއިނަށް އދ. ދިގުރަށަށް ވަޑައިގެން އިއްޔެ އެރަށުގައި ދެއްކެވި ވާހަކާގައެވެ. އަލީ ވަހީދު ވިދާއަޅުވީ، މިއަދު އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި އެކަމުގެ ބިރުވެރ...

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓު ތަރައްގީވަމުން އަންނައިރު، އެތަނަށް ބޭނުންވާ ސަލާމަތީ ހިދުމަތަށް ތައްޔާރުވާންޖެހޭ: ޝަމާލް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ތަރައްގީވަމުން އަންނައިރު، އެތަނަށް ބޭނުންވާ ސަލާމަތީ ހިދުމަތަށް ތައްޔާރުވާންޖެހޭ: ޝަމާލް

އުތުރުގެ މައި ވައިގެ ބަނދަރުގެ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވެގެން އަންނައިރު، އެތަނަށް ބޭނުންވާ ސަލާމަތީ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަންއޭރިއާ ކޮމާންޑް ތައްޔާރުވާން ޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ގާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓާޒްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝަމާލް ވިދާޅުވީ...

މުޙައްމަދު އަފްރާޙް
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓާޒްގެ ބިންގާ ހަނިމާދޫ ގައި އަޅައިފި 📍 ހދ. ހަނިމާދޫ

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓާޒްގެ ބިންގާ ހަނިމާދޫ ގައި އަޅައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ ހދ. ހަނިމާދޫ ގައި އަޅައިފިއެވެ. އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިފާއީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވިއިރު، އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާރޔާާ އާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އެެވެ. މި ރަސްމިއްޔާތުގައި މާރިޔާ އަޙްމަދު ވިދާޅުވީ ރާއްޖޭގެ ޖޯގްރަފީއަށް ބެލިއަސް، އަދި ސަރަހައްދުގެ ޖޯގްރަފީއާއި، އި...

މުޙައްމަދު އަފްރާޙް
ޖޭޕީގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހިންގެ ބާރު: ގާސިމް 📍 ހދ. ހަނިމާދޫ

ޖޭޕީގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހިންގެ ބާރު: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ހދ. ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހި ދައުލަތުގެ ބާރު ކަމަށާއި ހަނިމާދޫގައި ސިފައިންނަށް ނުތިބެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހިރިމަރަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […]

މުޙައްމަދު
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް! އަންނަ މަހު އާ ރަންވޭގެ އެއްބައި ބޭނުންކުރަން ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް! އަންނަ މަހު އާ ރަންވޭގެ އެއްބައި ބޭނުންކުރަން ފަށަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަންނަމަހު ފްލައިޓު ޖައްސާނީ އައު ރަންވޭގައި ކަމަށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމް ކުރާ ރަންވޭގެ ފުރަތަމަ 1400 މީޓަރު އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން އަލަށް ގާއިމްކުރާ 2.7 ކިލޯމީޓަރުގެ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، އެ ރަންވޭ އާއި މިހާރު ބޭނުން […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ރަސްމީ ލޯގޯ ފާސްކޮށް އެ ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. ހަނިމާދޫގެ ލޯގޯއިން ރަމްޒުކޮށްދޭ ކަންތައްތަކަށް ބަލައިލާއިރު، މުޅި ލޯގޯއިން ފެންނަނީ ދޫންޏެއް އުދުހޭ މަންޒަރެވެ. އެކަމުން ރަމްޒުކޮށްދެނީ ހަނިމާދޫއަކީ ޒަމާނުއްސުރެ އެއާޕޯޓެއް އޮންނަ ވައިގެމަގުން ދަތުރުކުރުމުގެ ފަސޭހަކަން ލިބިފައި އޮތް ރަށެއްކަމެވެ. ހަނިމާދޫގެ ނަމުން ރަމްޒުވާފަދައިން ހަނިމާދޫއަކީ ހަނި ދިގު ރަށެކެވެ. އެކަން ރަމްޒުވެގެންދަނީ ލޯގޯގައިވާ ދޫނީގެ ހަށިގެނޑުތެރެއިން ފެންނަ ހަނ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ ''ދޮލަނގު'' ޓެކްނޮލޮޖީ ބޭނުންކޮށްގެން: ޓޮމް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ ''ދޮލަނގު'' ޓެކްނޮލޮޖީ ބޭނުންކޮށްގެން: ޓޮމް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު މިހާރު ހިންގަމުން ދަނީ މަށަންދައްޗާއި ފަކީރާ އަދި ދޮލަނގު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ. ޓޮމް މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ މަސައްކަތުގައި އުޅޭ ބަޔަކު ފެންނަ ވީޑިއޯއެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ. އެ ވީޑިއޯ އަށް އިޝާރާތް ކުރައްވައި ޓޮމް ވިދާޅުވީ، އެއީ 136 މިލިއަން ޑޮލަރުން ދިވެހި ދައުލަތް ޒިންމާވެ، އިންޑިޔާގެ […]

ޔުމްނާ ޢަލީ