މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ގޮއިދޫ (95 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
95 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ގޮއިދޫގެ އެންމެ ފަހުގެ ޚަބަރުތައް

95 ޚަބަރުގެ ތެރެއިން
އެހެންޏާވެސް އަރާ، ނަމަވެސް މި އަހަރު ގޮއިދޫއަށް އައީ ފުޅަނގީގެ އީދެއް

އެހެންޏާވެސް އަރާ، ނަމަވެސް މި އަހަރު ގޮއިދޫއަށް އައީ ފުޅަނގީގެ އީދެއް

އިރުވާ މޫސުންފެށި އިރުދަށަށް ވައި ބަދަލުވެ ހަޅަޖަހައި ވައިގަދަވުމާއިއެކު ރަށަށް ފުޅަނގި އެރުމަކީ ބ.ގޮއިދޫއަށް އައު ކަމެއް ނޫނެވެ. ކޮންމެ އަހަރަކުހެން މި ދުވަސްވަރަށް އެ ރަށަށް ފުޅަނގި އަރައެވެ. ފުޅަނގި އަރާ ދުވަސްވަރާއި ދިމާކޮށް ރަށުގެ ފުއްޓަރަށްދާން އޮންނަ މަގުތައް އަލިކޮށް އެ ސަރަހައްދުގައި އިއްތާލައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި އެކަމަށް ތައްޔާރީތަކެއް ވަނީ އެ ރަށު މީހުން ހިތުގައި ފުޅަނގި ހޮވުމަށް އޮންނަ ޝައުގުވެރިކަމެއްގެ ސަބަބުންނެވެ. މި އަހަރު ވެސް ފުޅަނގި މޫސުމަށް ގޮއިދޫއިން […]

އިބްރާހިމް ޚަލީލް
ޑަބްލިއުޑީސީގެ ހަރަދުގައި ގޮއިދޫ ސްކޫލް ފައުންޑޭޝަން ސްޓޭޖްގެ ކްލާސް ރޫމް މުޅިން ބަދަލުކޮށްލައިފި 📍 ށ. ގޮއިދޫ

ޑަބްލިއުޑީސީގެ ހަރަދުގައި ގޮއިދޫ ސްކޫލް ފައުންޑޭޝަން ސްޓޭޖްގެ ކްލާސް ރޫމް މުޅިން ބަދަލުކޮށްލައިފި

ށ.ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަދުގައި އެ ރަށު ސްކޫލުގެ ފައުންޑޭޝަން ކްލާސް ރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމައި ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. “ކްލާސް ރޫމް އަޕްގްރޭޑިންގ ފޯ ސްކިލް އެންހޭސިންގ އިން ލާނިންގ” ގެ ނަމުގައި ފައުންޑޭޝަން ކްލާސްރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށު ޑަބްލިއުޑީސީއާއި، ފައުންޑޭޝަން ސްޓޭޖް ކުދިންގެ ބެލެނިވެރިން ގުޅިގެންނެވެ. މި ކްލާސްރޫމް މަސައްކަތް ނިންމައި ރަސްމީކ...

އިބްރާހިމް ޚަލީލް
ށ.އަތޮޅު ކައުންސިލްގެ މާރެސް އެވޯޑް ކަނޑިތީމު، ނަރުދޫ އަދި ގޮއިދޫ ޑަބްލިއުޑީސީއަށް 📍 ށ. ނަރުދޫ

ށ.އަތޮޅު ކައުންސިލްގެ މާރެސް އެވޯޑް ކަނޑިތީމު، ނަރުދޫ އަދި ގޮއިދޫ ޑަބްލިއުޑީސީއަށް

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ “މާރެސް އެވޯޑް” ދީފިއެވެ. އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީއަށް ހޮވިފައިވަނީ ކަނޑިތީމު ޑަބްލިއުޑީސީ، ނަރުދޫ ޑަބްލިއުޑީސީގެ އިތުރުން ގޮއިދޫ ޑަބްލިއުޑީސީއެވެ. އެ އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާފައި ވަނީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާއުނގޫދޫގައި ބޭއްވި ހާއްސަ ހަރަކާތްތައްކުގެ ތެރޭ ހިމެނޭ ދުވަހުގެ ހާއްސަ ޖައްލާގައެވެ. އެ ޖަލްސާ...

އިބްރާހިމް ޚަލީލް
ގޮއިދޫގައި ބޭއްވި ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ނިންމާލައިފި 📍 ށ. ގޮއިދޫ

ގޮއިދޫގައި ބޭއްވި ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ނިންމާލައިފި

ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ އެޓްމޮސްފިޔަރ ފައުންޑޭޝަންއާއި ގޮއިދޫ ކައުންސިލް ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގެ ނިންމުމުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، މި ހަފްލާގައި އެޓްމޮސްފިޔަރ ފައުންޑޭޝަންގެ ނާއިބް ރައީސް ޢަބްދުލް އަޒީޒު ވަނީ ބައިވެރިވެލައްވާފައެވެ. މި ކޯސް ފުރިހަމަކޮށް ގޮއިދޫގެ 14 ކަނބަލަކު […]

އިބްރާހިމް ޚަލީލް
ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި

ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފުން ށ. ގޮއިދޫގައި މެރިޓައިމް ސޭފްޓީ އާއި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ގޮއިދޫގައި ކުރިއަށްގެންދިޔަ މި ކުލާހުގައި އެ ރަށު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ފެނަކާގެ މުވައްޒަފުން ހިމެނޭހެން އެ ރަށުގެ 41 ފަރާތެއް ވަނީ ބައިވެރިވެފައެވެ. ފަޔަރ އެވެއާނެސް ކުލާހުގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއ...

ޔުމްނާ ޢަލީ
އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލެ، މާލެ އަދި ގޮއިދޫ އަށް 📍 ށ. ގޮއިދޫ

އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލެ، މާލެ އަދި ގޮއިދޫ އަށް

ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލޭ ސިޓީގެ ހުޅުމާލެ، މާލެ އަދި ބ. ގޮއިދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުން ދައްކައިފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ […]

ޔުމްނާ ޢަލީ
ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި 📍 ށ. ގޮއިދޫ

ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދައިދިނުމަށް މުއިއްޒުގެ ވައުދުވެވަޑައިގެންފި

ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހައްދަަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހައި ކަމެއް ފަހި ކޮށްދީ، ސީޕްލޭން ޖ...

މުޙައްމަދު އަފްރާޙް
ގޮއިދޫ ރައީސް ޝާހިދު ޕީޕީއެމާ ގުޅިއްޖެ 📍 ށ. ގޮއިދޫ

ގޮއިދޫ ރައީސް ޝާހިދު ޕީޕީއެމާ ގުޅިއްޖެ

ށ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ރޭ ގުޅިއްޖެއެވެ. ޝާހިދު ޕީޕީއެމާއި ގުޅިފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ށ. ވެރިރަށް ފުނަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒަށް ތާއިދުކޮށް، ޝާހިދުގެ އިތުރުން ވެސް ށ. އަތޮޅުގެ ނަގާކިޔާ ބައެއް ބޭފުޅުން ރޭ ވަނީ ޕީޕީއެމާއި ގުޅިފައެވެ. ޝާހިދަކީ މިނިވަން މެންބަރެއްގެ ގޮތުގައި ގޮއިދޫ ކައުންސިލަށް […]

ޔުމްނާ ޢަލީ
ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި، އިފްތިތާހުކޮށްފި

ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި، އިފްތިތާހުކޮށްފި

އެމް.ޑަބްލިއުއެސްސީއިން ބ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފިއެވެ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިރަސްމިއްޔާތުގައި އެމްޑަބްލއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު އާއި ދައުލަތުގެ ވަޒީރުން ބައިވެރިވެލެއްވިއެވެ. މި މަޝްރޫއުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިނ...

އަޙްމަދު ވަހީދު
ގޮއިދޫގައި "ވެލިޔު އެޑިޝަން އެންޑް މާކެޓިންގ އަދި ބިޒްނަސް ޕްލޭން " އާއިބެހޭ ތަމްރީނު ޕްރޮގްރާމެއް 📍 ށ. ގޮއިދޫ

ގޮއިދޫގައި "ވެލިޔު އެޑިޝަން އެންޑް މާކެޓިންގ އަދި ބިޒްނަސް ޕްލޭން " އާއިބެހޭ ތަމްރީނު ޕްރޮގްރާމެއް

ށ. ގޮއިދޫގައި “ވެލިޔު އެޑިޝަން އެންޑް މާކެޓިންގ އަދި ބިޒްނަސް ޕްލޭން ” އާއިބެހޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ، ށ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ ރަށްވެހި ތަރައްޤީގެ ޕްރޮގްރާމްގެ މާލީ އެހީގެ ދަށުން ށ. ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން- ހދ.ކުޅުދުއްފުށި ބިޒްނަސް ސެންޓަރު (ބީ.ސީ.ސީ) އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ގޮއިދޫ ކައުންސިލުން މައުލޫމާތު ދެއްވިއެވެ. މި ޕްރޮގްރާމާބެހޭ މައުލޫމާތު ”ތިލަދުން” އަށް ދެއްވަމުނ...

ޙުސައިން ޝަހުދީ
މިއަހަރުގެ ޢީދުގައިވެސް ބ. ގޮއިދޫގައި ފޯރި ހިފީ، "އަލިފާން ބޯޅަ" މެޗުގައި

މިއަހަރުގެ ޢީދުގައިވެސް ބ. ގޮއިދޫގައި ފޯރި ހިފީ، "އަލިފާން ބޯޅަ" މެޗުގައި

ޢީދާއި ގުޅުވައިގެން ރަށްރަށުގައި ތަފާތު ކުޅިވަރުތައް ކުޅުމަކީ އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. މިގޮތުން ރާއްޖޭގެ އެކިރަށްރަށުގައި ވަރަށް ތަފާތު އާދަޔާ ޚިލާފް ކުޅިވަރުތައް ކުޅެމުންދެއެވެ. ނިމިގެންމިދާ އަޟްހާ ޢީދުގައި އެންމެ ތަފާތު އެއް އިވެންޓް ކުރިއަށް ގެންދިޔަ އެއް ރަށަކަށް ބ އަތޮޅު ގޮއިދޫ ވާނެއެވެ. ގޮއިދޫ އަލިފާން ބޯޅަ “ފަޔަބޯލް” މެޗަކީ މިފަހަރު ޢީދުގައި ފެނުނު އެންމެ ތަފާތު އެއް ހަރަކާތެވެ. މެޗު ކުޅޭ ދަނޑުގެ ރޮނގުތަކުން ފެށިގެން ގޮސް ދެކޮޅު ގޯލުގެ […]

އިބްރާހިމް ޚަލީލް
ބޮޑު ތިލަދުންމަތީގެ ހަތަރު ރަށެއް ހިމެނޭހެން ހަތް ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ބީލަމަށް 📍 ށ. ގޮއިދޫ

ބޮޑު ތިލަދުންމަތީގެ ހަތަރު ރަށެއް ހިމެނޭހެން ހަތް ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ބީލަމަށް

ހަތް ރަށެއްގައި ސިއްހީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ޢިއުލާންކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން މިފަހަރު ސިއްހީ މަރުކަޒު އެޅުމަށް ނިންމާފައިވާ ރަށް ތަކަކީ، ހއ. އަތޮޅުން މޮޅަދޫ އާއި ށ. އަތޮޅުން ގޮއިދޫ، ކަނޑިތީމު، މާއުނގޫދޫ، ނ. އަތޮޅުން ކުޑަފަރީ، ފޮއްދޫ އަދި މ. ނާލާފުއްޓެވެ. މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާއިރު، މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަ...

ޔުމްނާ ޢަލީ
ށ. ގޮއިދޫ ސްކޫލްގައި އިތުރު 8 ކްލާސްރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށްފި 📍 ށ. ގޮއިދޫ

ށ. ގޮއިދޫ ސްކޫލްގައި އިތުރު 8 ކްލާސްރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ށ. ގޮއިދޫ ސްކޫލްގައި އިތުރު 8 ކްލާސްރޫމް އެޅުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. 2021 ވަނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,291,291.70ރ (ބާރަމިލިޔަން ދެލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ލާރި)  އެވެ. މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ […]

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު 📍 ށ. ގޮއިދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގު

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ގޮއިދޫ، ފޭދޫ، ނަރުދޫ އަދި ޅައިމަގުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ކޮންމެ ގްރޫޕެއްގައި ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް އޭގައި، ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ގޮއިދޫއާއި ބިލެތްފައްސެވެ. މި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި 📍 ށ. ގޮއިދޫ

ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ސަސްޕެންޑް ކޮށްފި އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން މިއަދު ވިދާޅުވީ ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރު އައްޔަނުކުރެވިފައިވާ ކޯޓަށް ޤަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައި ވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިޝާރުއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. ޖޭއެސްސީން ވިދާ...

މުޙައްމަދު އަފްރާޙް