މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ތުރާކުނު (72 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
72 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ތުރާކުނުގެ އެންމެ ފަހުގެ ޚަބަރުތައް

72 ޚަބަރުގެ ތެރެއިން
"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ތުރާކުނުގެ ރީތިކަން ދައްކާލައިފި 📍 ހއ. ތުރާކުނު

"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ތުރާކުނުގެ ރީތިކަން ދައްކާލައިފި

“ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. ތުރާކުނުގެ ރީތިކަން ދައްކާލައިފިއެވެ. މިދިޔަ ހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ޓީމުން ތިލަދުންމަތީ އުތުރު ބުރީ ތުރާކުނުގައި ނަގާފައިވާ ވީޑިއޯތަކުން އެރަށުގެ އާންމު ރައްޔިތުން އުޅެމުންދާ ވައްޓަފާޅިއާއި އެރަށުގެ އާސާރީ ތަންތަން ވަނީ ދައްކާލާފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއރޕޮޓުން ފުރައިގެން އެރަށަށް ދެވޭނެ ގޮތުގެ މަޢުލޫމާތު ހިމަނާފައިވާއިރު އެރަށުގައި ފަތުރުވެރިންނަށް ލިބެންހުރި...

އިބްރާހިމް އަސްވާޤް
"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުތައް މިމަހު 8 ގައި ނެރެނީ 📍 ހއ. ހޯރަފުށި

"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުތައް މިމަހު 8 ގައި ނެރެނީ

“ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުތައް މިމަހު 8 ވަނަ ދުވަހު ނެރެން ނިންމައިފިއެވެ. މިދިޔަ ހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯތައް ނަގާފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ. އެޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފައުންޑަރ އަލީ ހަމީދު ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން ފެށި ދަތުރަކީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ދިޔަ ސޫޓިންއެއް ކަމަށާއި މިހާރު އެޓީމުގެ ފަރާތުން ކުރަމުން އަންނަ މަ...

އިބްރާހިމް އަސްވާޤް
މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް

މިހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯ ނެގުމަށް ހަމަޖެހިފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ. އެޓީމުގެ ފަރާތުން މަޢުލޫމާރުދެއްވަމުން ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުގައި އިއްޔެ ކާމިޔާބުކަމާއިއެކު ސޫޓިން ނިންމާލާފައިވާކަމަށެވެ. ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީގެ ސޫޓިންގްތައް މިއަދު ނެ ގުމަށް ހަމަޖެހިފައިވަނީ އުލިގަމުގައެވެ. އުލިގަމުން އެޓީމު ދެން ދަތުރުކުރާނީ އެއަތޮޅު ހޯރަފުއްޓަށެވެ. މިދަތުރު އިނ...

އިބްރާހިމް އަސްވާޤް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހއ. ތުރާކުނު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފި 📍 ހއ. ތުރާކުނު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހއ. ތުރާކުނު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފި

ހއ. ތުރާކުނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ ތުރާކުނު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރަންޖެހޭ ސަބަބުތަކާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައެވެ. މީގެއިތުރުން އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން...

އިބްރާހިމް އަސްވާޤް
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފުލުހުން ހއ އަތޮޅުގައި ގިނަ ހަރަކާތްތަކެއް 📍 ހއ. އިހަވަންދޫ

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފުލުހުން ހއ އަތޮޅުގައި ގިނަ ހަރަކާތްތަކެއް

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ހއ.އިހަވަންދޫ އަދި ހޯރަފުށީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. އެރަށްރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިންގެ އިތުރުން އާންމު ބައިވެރިވި މި ހަރާކާތުގައި ފުުލުހުންގެ މަގުސަދަކީ އާންމުންނާއި ގުޅިގެން ކުރިއަށް ގެންދާ މި ފަދަ ހަރަކާތް ތަކާއި އެކު ކުށް މަދުކުރުން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. #WorldChildrensDay faahaga kurumah November 15 vana dhuvahu HA. Atholhuge 5 rasheggai beyvvi Jumula 15 event eg...

ފާތިމަތު ސިނާޒާ
އިހަވަންދޫ ސްކޫލްގެ ދަރިވަރުން ސްކައުޓް ކޭމްޕްއަށް ތުރާކުނަށް 📍 ހއ. ތުރާކުނު

އިހަވަންދޫ ސްކޫލްގެ ދަރިވަރުން ސްކައުޓް ކޭމްޕްއަށް ތުރާކުނަށް

ހއ. އިހަވަންދޫ ސްކޫލްގެ ހަ ވަނަ ސްކައުޓް ކޭމްޕް ތުރާކުނުގައި ފަށައިފިއެވެ. ކޭމްޕް ޖަހާފައި ވަނީ ތުރާކުނު ސްކޫލްގެ ގޯތި ތެރޭގައި ޚާއްޞަކޮށްފައިވާ ސަރަހައްދެއް ގައެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު އިހަވަންދޫ ސްކޫލުން އަންނަނީ ސްކައުޓް ކޭމްޕް ރަށުން ބޭރުގައި ބާއްވަމުންނެވެ. މި އަހަރުގެ ކޭމްޕްގައި 40 ސްކައުޓުން ބައިވެރިވާއިރު މީގެ ތެރޭގައި އަންނަ އަހަރު ސްކައުޓަށް ބަދަލުވާނެ ދިހަ ކަބްސްކައުޓަކު ހިމެނެއެވެ. ތުރާކުނު ސްކޫލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ކޭމްޕްގައި ދިރިއުޅުމަށް ބޭނުންވާ ތަފ...

ޔުމްނާ ޢަލީ
ތުރާކުނު ހުޅަނގު ބޭރުން، އިންޑިޔާ ދިދަ ނަގާފަހުރި ދެ ބޯޓެއް ހިފަހައްޓައިފި 📍 ހއ. ތުރާކުނު

ތުރާކުނު ހުޅަނގު ބޭރުން، އިންޑިޔާ ދިދަ ނަގާފަހުރި ދެ ބޯޓެއް ހިފަހައްޓައިފި

ތުރާކުނު ހުޅަނގު ބޭރުން އިންޑިޔާދިދަ ޖަހާފަހުރި ދެ ބޯޓެއް ހިފަހައްޓައިފި އެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ވަދެއުޅުނު، މަސްވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ހއ.އިންނަފިނޮޅު ކައިރިން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދީފައިވަނީ، އެ ސަރަޙައްދުގައި މަސްކަންކު...

އިބްރާހިމް އަސްވާޤް
📍 ހއ. ތުރާކުނު

ތުރާކުނު މަސްޖިދުލް ނޫރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ތުރާކުނު މަސްޖިދުލް ނޫރު މިސްކިތުގެ މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. އެގޮތުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކުން 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 އެރަށުގެ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އެއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު...

ފާތިމަތު ސިނާޒާ
📍 ހއ. ހޯރަފުށި

ކުށުގެ ވެށިން ކުދިން ދުރުހެލިކުރުމަށް ތުރާކުނާއި ހޯރަފުށީގައި ޕްރޮގްރާމެއް ހިންގައިފި

ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށްތަކަށް އަރައިގަންނަ މައިގަނޑު ސަބަބުތަކާއި އެކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި އެކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން  ހއ. ހޯރަފުއްޓާއި ތުރާކުނު ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 20 ވަނަދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގައި ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށުގެ ވެށިން ދުރުކުރެވޭނެ ގޮތްތަކާ އަދި އެކަންކަމުގައި ބެލެނ...

ފާތިމަތު ސިނާޒާ
📍 ހއ. ހޯރަފުށި

ހޯރަފުށީ ދާއިރާގެ ރައްޔިތުންނާ ސަލީމް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ސައްލެ)، އެދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ކޮންމެ ރަށެއްގައިވެސް ވަކި ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް، މެންބަރު ވަނީ އޮޅުންފިލުއްވާފައެވެ. ހަމައެހެންމެ، ދާއިރާގެ ރަށްރަށުގެ މުއައްސަސާތަކުގެ ވެރިންނާވެސް، މެންބަރު ސަލީމް ވަނީ ބައްދަލުކުރައްވާފައެވެ. މި ހަފްތާގެ ތެރޭގައި މި ބައްދަލުވުންތައް ކުރިއަށް ގެންދަވާފައިވާއިރު، ހޯރަފުށީ ދާއިރާގައި...

Thiladhun
ބޭރުގައި އޮންނަ ފަޔަރފައިޓިންގ ޓްރެއިނިންގެ ފުރުޞަތު ތުރާކުނު ރަށްވެހިންނަށް 📍 ހއ. ތުރާކުނު

ބޭރުގައި އޮންނަ ފަޔަރފައިޓިންގ ޓްރެއިނިންގެ ފުރުޞަތު ތުރާކުނު ރަށްވެހިންނަށް

ރާއްޖެއިން ބޭރުގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ފަޔަރ ފައިޓިންގ ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު، ހއ. ތުރާކުނު ރަށްވެހިންނަށްވެސް ހުޅުވާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުމަށާއި، އެކި އެކި ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ މި ޓްރެއިނިންގ ޕްރޮގުރާމުގެ މަގުސަދުކަމަށްވާއިރު، މި ޕްރޮގުރާމަށް ނުވަތަ ކޯހަށް ބައިވެރިން ކަނޑައެޅުމުގައި ބަލާނީ، ބައިވެރިވާން ޝައުގުވެރިކަން ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތްތައްކަމަށް، ތުރާކުނު ކައުންސިލުނ...

Thiladhun
📍 ހއ. ތުރާކުނު

ހއ. ތުރާކުނު ބޭރުން، ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލު ދެރަވެ އެމްއެންޑީއެފުން އެހީތެރިވަނީ

ހއ. ތުރާކުނުގެ ހުޅަނގު އުތުރުން، 63 ނޯޓިކަލް މޭލު ބޭރުގައި އޮތް ދޯންޏެއްގައި ހުރި މަސްވެރިޔެއްގެ ހާލު ގޯސްވެ، އެމްއެންޑީއެފް ނޯދާން އޭރިޔާގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިިއެވެ. އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން،63 ނޯޓިކަލް މޭލު ބޭރުގައި އޮތް “އަރާތަރީ” ދޯނިން، ހާލު ސީރިޔަސް ވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމްްއެންޑީއެފް އިން ވިދާޅުވީ، އެކަމުގެ ރިޕޯޓް މިއަދު 14:44 ހާއިރު ލިބުމާއި ގުޅިގެން ކޯސްޓް ގާޑުން […]

Thiladhun