މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތްފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތްފަށައިފި

ހދ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިއަދު މެންދުރުފަހު 13:15 ގައި ފެށި މި މުބާރާތް ކުރިއަށް ދަނީ ދިއްދޫގައި ހުންނަ “އަތޮޅު ގޭގެ” މީޓިން ރޫމްގަ އެވެ. މި މުބާތުގައި ޖުމްލަ 209 ދަރިވަރުން ކިޔަވަން ތާވަލުކޮށްފައިވާއިރު، ބަލައިގެން ކިޔެވުމުގެ ބައިގައި 128 ދަރިވަރެއް ކިޔަވާނެއެވެ. 57 […]

ޝިއުނާ އާދަމް
ތިލަދުންމަތި ދިއްދޫ ބަނދަރު ބޮޑު ކުރުމަށް ސައިޓު މޮބިލައިޒް ކޮށް 📍 ހއ. ދިއްދޫ

ތިލަދުންމަތި ދިއްދޫ ބަނދަރު ބޮޑު ކުރުމަށް ސައިޓު މޮބިލައިޒް ކޮށް

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށްފިއެވެ. އެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ސައިޓް މޮބިލައިޒްކުރުމުގެ ގޮތުން ހާއްސަރަސްމިއްޔާތެއް ދިއްދޫގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިންބައިވެރިވެވަޑައިގެންނެވިއެވެ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދ...

އަޙްމަދު ވަހީދު
ފަޞީލަށް އެހީވުމަށް 96 ހާހަށްވުރެ ގިނަ ރުފިޔާ ޢާއިލާއާއި ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ފަޞީލަށް އެހީވުމަށް 96 ހާހަށްވުރެ ގިނަ ރުފިޔާ ޢާއިލާއާއި ހަވާލުކޮށްފި

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތު ފަންޑަށް ލިބުނު ފައިސާ ފަޞީލްގެ ޢާއިލާއާއި ހަވާލުކޮށްފިއެވެ. މިގޮތުން މިޑްލް ސްޕޯޓްސް ކުލަބުން ވަނީ ފަޞީލްގެ ޢާއިލާއަށް 96،526.75 އަދި 81 ޔޫއެސް ޑޮލަރު ހަވާލުކޮށްފަ އެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ފަޞީލްގެ ޢާއިލާއަށް މި ފައިސާ […]

ޙުސައިން ޝަހުދީ
ދިއްދޫގެ ދެ މުއައްސަސާއަކުން ''މަވެސް ފަޞީލްއަށް އެހީވާނަން'' ފަންޑަށް އެހީވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫގެ ދެ މުއައްސަސާއަކުން ''މަވެސް ފަޞީލްއަށް އެހީވާނަން'' ފަންޑަށް އެހީވެއްޖެ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތު ފަންޑަށް ދިއްދޫގެ ދެ މުއައްސަސާއަކުން އެހީތެރިވެއްޖެ އެވެ. މިގޮތުން ފެނަކަ ދިއްދޫ ބުރާންޗުގެ މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ 1 ދުވަހުގެ މުސާރައަށްވާ 6315 ރުފިޔާއެ ފަންޑަށް ހަދިޔާ ކޮށްފައެވެ. އެ ފައިސާ ފެނަކަ ދިއްދޫ ބުރާންޗުގެ ފަރާތުން ހަވާލުކޮށްދެއްވީ […]

ޙުސައިން ޝަހުދީ
ހއ. އޭއީސީގެ ބެލެނިވެރިންނާއި، ދަރިވަރުންނަށް މިޑްލް ސްޕޯޓްސް ކްލަބްގެ އެހީތެރިކަން 📍 ހއ. ދިއްދޫ

ހއ. އޭއީސީގެ ބެލެނިވެރިންނާއި، ދަރިވަރުންނަށް މިޑްލް ސްޕޯޓްސް ކްލަބްގެ އެހީތެރިކަން

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކައިރީ ބެލެނިވެރިންނާއި، ދަރިވަރުން މަޑުކޮށްލާއިރު ހިޔާ ލިބޭފަދަ 3 ތަނެއް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ހަަދައިދީފިއެވެ. މިގޮތުން އެ ކްލަބްގެ މެންބަރުން ހިލޭ ސާބަހަށް ކޮށްފައިވާ އެ މަސައްކަތުން ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބޭރުން ސްކޫލްކައިރިން ތިން ތަނެއް ވަނީ ބެލެނިވެރިންނާއި، ދަރިވަރުންނާއި އަދި މުދައްރިސުންނަށް ވެސް ހިޔާލިބޭނޭހެން ހިޔާކޮށްދީފައެވެ. މި ތިން ތަންވެސް ހިޔާކޮށްފައި ވަނީ ދަގަނޑު ހޮޅިން އޮނިގަނޑުހަދައި، ޓިނުން ހިޔާ...

ޙުސައިން ޝަހުދީ
''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތުން 86 ހާހަށްވުރެ ގިނަ ރުފިޔާ! 📍 ހއ. ދިއްދޫ

''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތުން 86 ހާހަށްވުރެ ގިނަ ރުފިޔާ!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. މިގޮތުން ބުރާސްފަތި އަދި ހުކުރު ދުވަހު ދިއްދޫ ބޮޑު މަގުގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުން 86،711.75 ރުފިޔާއާއި، 81 ޔޫއެސް ޑޮލަރު ވަނީ ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މިޑްލް […]

ޙުސައިން ޝަހުދީ
''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތް މާދަމާވެސް ދިއްދޫގައި ކުރިއަށްދާނެ! 📍 ހއ. ދިއްދޫ

''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތް މާދަމާވެސް ދިއްދޫގައި ކުރިއަށްދާނެ!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތް މާދަމާ ވެސް ކުރިއަށް ދާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ. ”މަވެސް ފަޞީލްއަށް އެހީވާނަން” ނަމުގައި މިއަދު ދިއްދޫގައި ފެށި މިހަރަކާތަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މިގޮތުން ފަޞީލަށް އެހީވުމަށް ފައިސާ ހޯދުމަށް މިއަދުގެ ހަރަކާތުގައި ވިއްކަން ބެހެއްޓި ޓީޝާޓްތައް ހަރަކާތް […]

ޙުސައިން ޝަހުދީ
ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެން ދާއިރުގައި މުޅި އަތޮޅަށް މަންފާ ކުރުމަކީ އުންމީދެއް: ވަޙީދު 📍 ހއ. ދިއްދޫ

ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެން ދާއިރުގައި މުޅި އަތޮޅަށް މަންފާ ކުރުމަކީ އުންމީދެއް: ވަޙީދު

ހއ. ދިއްދޫގައި ޕޯސްޓް ޚިދުމަތް ފެށިގެންދިޔައިރު، ހއ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ޚިދުމަތުގެ މަންފާ ލިބިގެން ދިޔުމަކީ އުންމީދެއްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ދިއްދޫގައި ޤާއިމުކުރި ޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ރޭ ދެއްކެވި ވާހަކާގަ އެވެ. ވަޙީދު ވިދާޅުވީ ރެޔަކީ ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެންދާ އުފާވެރި ރޭ ކަަމަށެވެ. އަދި އުންމީދަކީ އެ ޚިދުމަތް ދިއްދޫގ...

ޝިއުނާ އާދަމް
%50 މެއިލް އަންނީ އަތޮޅުތަކަށް، ފެންނަނީ އަތޮޅުތެރެއާއި ޕޯސްޓާއި ގުޅިފައިއޮތް މިންވަރު: ޝަފީޤް 📍 ހއ. ދިއްދޫ

%50 މެއިލް އަންނީ އަތޮޅުތަކަށް، ފެންނަނީ އަތޮޅުތެރެއާއި ޕޯސްޓާއި ގުޅިފައިއޮތް މިންވަރު: ޝަފީޤް

ޕޯސްޓަލް ނިޒާމްގެ ތެރެއަށް ވަންނަ މެއިލްގެ 50 ޕަސަންޓަކީ އަތޮޅުތަކަށް އެޑްރެސް ކުރެވިފައިވާ މެއިލް ކަމަށާއި، އެ ކަމުން ދޭހަކޮށްދެނީ ޕޯސްޓާއި އަތޮޅުތެރޭގެ ރައްޔިތުންނާއި ގުޅިފައިއޮތް މިންވަރު ކަމަށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވެއްޖެ އެވެ. ޝަފީޤް މިހެން ވިދާޅުވީ، ހއ. ދިއްދޫގައި އެ ކުންފުނިން ޤާއިމުކުރި ޕޯސްޓް އޮފީސް ހުޅުވުމަށް ރޭ ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރެޔަކީ ޕޯސްޓްގެ ވިއުގަފުޅާކޮށް ޚިދުމަތްތައް ތަރައްގީކުރުމަށް ކ...

ޙުސައިން ޝަހުދީ
ދިއްދޫ ޕޯސްޓް އޮފީހާއިއެކު ރައްޔިތުން އުފަލުން 📍 ހއ. ދިއްދޫ

ދިއްދޫ ޕޯސްޓް އޮފީހާއިއެކު ރައްޔިތުން އުފަލުން

ހއ. ދިއްދޫގައި މިރޭ ޕޯސްޓް އޮފީހެއް ހުޅުވިގެން ދިޔުމަކީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފަލެއްކަން ޔަޤީނެވެ. އެ އޮފީސް ދިއްދޫއަށް ގެނައުމަށްޓަކައި، ދިއްދޫގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދިޔައީ އެކަމަށް އެދެމުންނެވެ. ޚާއްޞަކޮށް ދިއްދޫ ރައްޔިތުންގެ ތަރައްގީއަށާއި، ކުރިއެރުމަށް ވަކާލާތުމުން އަންނަ ހަރަކާތެއް ކަމަށްވާ ”ދިއްދޫ ރައްޔިތުން އަޑުން” ވަނީ އެކަމަށް ޚާއްޞަ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޕޯސްޓް އޮފީސްތަކަކީ ރައްޔިތުންނަށް ބޭނުންތެރި ޒަމާނީ، ޚިދުމަތްތަކެއް ލިބޭހެން ފަ...

ޔުމްނާ ޢަލީ
ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި

ހއ. ދިއްދޫގައި ޕޯސްޓް އޮފީހެއް ގާއިމުކޮށް، ރަސްމީކޮށް އެ އޮފީސް މިރޭ ހުޅުވައިފިއެވެ. އެކަމަށްޓަކައި ދިއްދޫގައި މިރޭ ކުރިއަށްދާ ރަސްމިއްޔާތުގައި ދިއްދޫ ޕޯސްޓް އޮފީސް ހުޅުއްވައި ދެއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދާއި، އެކުންފުނީގެ ޗެއާމަން މުޙައްމަދު ޢަބުދުﷲ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ދިއްދޫ ކައުންސިލްގެ ރައީސްއާއި، އަދި ދިއްދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތ...

ޙުސައިން ޝަހުދީ
ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދިއްދޫގައި ހާއްސަ ހަރަކާތެއް 📍 ހއ. ދިއްދޫ

ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދިއްދޫގައި ހާއްސަ ހަރަކާތެއް

ހއ. ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ހާއްސަ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި “ހެލްޕް ފަޟީލް ފޯ ކިޑްނީ ޓްރާންސްޕްލާންޓް” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ 01 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހާއި […]

އިބްރާހިމް ޚަލީލް
ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން 📍 ހއ. ބާރަށް

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...

އިބްރާހިމް އަސްވާޤް
ހއ.އަމާންވެށިން ޕޮޒިޓިވްވި 2 މީހަކު ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފި 📍 ހއ. ދިއްދޫ

ހއ.އަމާންވެށިން ޕޮޒިޓިވްވި 2 މީހަކު ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފި

ހއ. އަމާންވެށިން ކޯވިޑަށް ޕޮޒިޓިވްވި 2 މީހަކު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް މިއަދު ބަަދަލުކޮށްފި އެވެ. ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރީ، ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި، ކުދިން ބެލެހެއްޓުމުގައި އެހީތެރިވާ ދެ މުވައްޒަފެކެވެ. ހއ. އަތޮޅު ހޮސްޕިތަލްގެ މެނޭޖަރު އުޘްމާން އަސްރަފް ”ތިލަދުން”އަށް ވިދާޅުވީ އެ ދެމީހުންގެ ހާލު ގޯސް ނޫންކަމަށެވެ. ”މިވަގުތު އެމީހުންގެ ހާލު ރަނގަޅު، އެކަމަކު […]

ޙުސައިން ޝަހުދީ
ހއ. އަމާންވެށިން އިތުރު ޕޮޒިޓިވްވި ކޭހެއް، އަދަދު 16 އަށް! 📍 ހއ. ދިއްދޫ

ހއ. އަމާންވެށިން އިތުރު ޕޮޒިޓިވްވި ކޭހެއް، އަދަދު 16 އަށް!

ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވްވެ ވެއްޖެއެވެ. އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 5 މީހަކު މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން އިތުރު މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ އެތަނުގައި ކުދިން ބަލަހައްޓާ މީހެއްކަމަށް ވެސް އޭނާ […]

ޙުސައިން ޝަހުދީ