މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި

ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ. ދިއްދޫގެ ކޯވިޑްގެ އަޕްޑޭޓް އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކުރެއްވީ މިއަދު 14:50 ގައެވެ. އެވަގުތާއި ހަމައަށް އެރަށުން 106 މީހަކު ޕޮޒިޓިވްވެފައިވާއިރު އަލަށް ޕޮޒިޓިވްވީ 4 މީހެކެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ޕޮޒިޓިވްވި 3 މީހެކެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި އިތުރު މީހެއް […]

ޙުސައިން ޝަހުދީ
ދިއްދޫގައި ފެރީ ގިމަތަ އަޅާ ބިން އެހެންތަނަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ފެރީ ގިމަތަ އަޅާ ބިން އެހެންތަނަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ހއ. ދިއްދޫ ފެރީ ގިމަތަ އަޅާ ބިން އެހެންތަނަކަށް ބަދަލުކުރުމަށް ދިއްދޫ ރައްޔިތުންގެ ހިޔާލު ކައުންސިލަށް ބޭނުންވާތީ، އެރައްޔިތުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ ދިއްދޫގައި އެޅުމަށް ހަމަޖައްސާފައިވާ ފެރީ ގިމަތަ އަޅާ ބިމުގެ ކުރިމަތީގައި ބަނދަރުގެ މަގު އޮންނާތީ ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލައި، އެ ސަރަޙައްދުގެ ބަނދަރުގެ މަގު ބަދަލުކޮށް، ގިމަތަ މާޓަރު ތޮއްޓާ ކައިރިއަށް ޖެއްސުމަށް، ދިއްދޫގެ ފެރީ ގިމަތަ އަޅާ ބިނ...

އަޙްމަދު އަރުޝަމް
ދިއްދޫގެ ހާލަތު ގޯސް، 10 ދުވަސްތެރޭ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ޕޮޒިޓިވް! 📍 ހއ. ދިއްދޫ

ދިއްދޫގެ ހާލަތު ގޯސް، 10 ދުވަސްތެރޭ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ޕޮޒިޓިވް!

ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއި ވިސްނައި ސަމާލުވުމަށް ހއ. އަތޮޅު ހޮސްޕިޓަލުން އެދިއްޖެއެވެ. ދިއްދޫ ފްލޫ ކްލިނިކުން މިދިޔަ ޖޫން މަހުގެ 24 އިން މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 35 ސާމްޕަލްއެއް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު އިއްޔެގެ […]

އަޙްމަދު އަރުޝަމް
ދިއްދޫ ކްލަސްޓާ: 249 ގެއެއް ކަރަންޓީނުގައި، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކްލަސްޓާ: 249 ގެއެއް ކަރަންޓީނުގައި، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފި

ޖޫން 24 ހއ. ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް ދިއްދޫއިން ވަނީ ޖޫން 24 ދިއްދޫ ކްލަސްޓާއާއި ގުޅިގެން 93 މީހަކު ޕޮޒިޓިވްވެފައެވެ. އިއްޔެވެސް ވަނީ 4 މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އެއީ ފްލޫ ކްލިނިކުން ނެގި 2 ސާމްޕަލަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ނެގި 2 ސާމްޕަލެކެވެ. ފްލޫ ކްލިނިކުން […]

ޝިއުނާ އާދަމް
ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް

ހއ. ދިއްދޫ ކައުންސިލްގެ ރައީސްއަށް ކައުންސިލުން ނިންމާ ނިންމުންތަކުގެ ވޯޓުގައި ބައިވެރި ނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ޤަވާއިދަށް އިސްލާހެއް ގެނެސް ފާސްކޮށްފައިވާ ކަމަށާއި، އެއީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް ހިންގާ ޤަވައިދަށް ގެނެވުނު އިސްލާހާ އ...

އަލީ އާދިލް
ދިއްދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އަންގައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އަންގައިފި

ކޮވިޑް-19 ބަލި ފެތުރެމުންދާތީ ހއ. ދިއްދޫގައި މިދުވަސްކޮޅު އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އަންގައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު ހާމަކުރެއްވިގޮތުގައި، މިގޮތަށް މިކަން ނިންމީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވުމުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އަދި އެޗްޕީއޭގެ މި އެންގުމާއި ގުޅިގެން އެ ރަށުގައި މި އަހަރުގެ އަޟްޙާޢީދުގައި ބޭއްވުމަށް ނިންމާފައިވާ އަޟްޙާ ކަޕް 4 ވަ...

އަޙްމަދު އަރުޝަމް
ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ދިއްދޫން ޕޮޒިޓީވްވެފައިވާ 22 މީހުންގެ ތެރޭގައި ހިމެނެނީ އަލާމާތްތައް ހުރެގެން ފްލޫ ކުލިނިކަށް ދެއްކި 10 މީހަކާއި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި 11 މީހުންނެވެ. މީގެ އިތުރުން އެރަށުގައި ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައެވެ. މިމަހުގެ 24 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ. […]

އަލީ އާދިލް
ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތް: ދިއްދޫ ކައުންސިލް ރައީސް 📍 ހއ. ދިއްދޫ

ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތް: ދިއްދޫ ކައުންސިލް ރައީސް

ރައްޔިތުންގެ އަޑޭކިޔައިގެން މޮޅު ވާހަކަ ދައްކާނެކަމެއް ނެތްކަމަށް ވިދާޅުވެ، “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ހަރަކާތުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 7 ވަނަ އާންމު ބައްދަލުވުމުގައި، ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފީ ނެގުމާ ބެހޭ ގޮތުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާ...

ޝިއުނާ އާދަމް
ދިއްދޫގައި "ދޮރުން ދޮރަށް" މިނަމުގައި ކޮންޓެކްޓް ޓެރޭސިންގއެއް ކުރިއަށްގެންދަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި "ދޮރުން ދޮރަށް" މިނަމުގައި ކޮންޓެކްޓް ޓެރޭސިންގއެއް ކުރިއަށްގެންދަނީ

ހއ. ދިއްދޫ ގައި ” ދޮރުން ދޮރަށް ” މިނަމުގައި ކޮވިޑް-19 ގެ ކޮންޓެކްޓް ޓެރޭސިންގ ކުރިއަށް ގެންދަންފަށައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ މިމަހު 24 ވަނަ ދުވަހު، ބަލީގެ އަލާމާތް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެއް އަނެއްކާވެސް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލަންޖެހޭ އިތުރު ކަންކަން ބެލުމުގެ ގޮތުން އިއްޔެ ހެނދުނު 11:10އިން ފެށިގެން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. ހުސްވި […]

އަޙްމަދު އަރުޝަމް
ހއ. އަތޮޅު ހޮސްޕިޓަލުގައި ކުއްލިގޮތަކަށް ނިޔާވި ބިދޭސީއެއް، ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލުގައި ކުއްލިގޮތަކަށް ނިޔާވި ބިދޭސީއެއް، ޕޮޒިޓިވް ވެއްޖެ

ހއ. އަތޮޅު ހޮސްޕިޓަލުގައި ކުއްލިގޮތަކަށް ނިޔާވި ބިދޭސީއެއް، ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އުމުރުން 51 އަހަރުގެ ބަނގުލަދޭސް ރައްޔިތަކު މިއަދު 11:30 ގައި ނިޔާވެފައިވާކަމަށެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް ނިޔާވި ބަންގުލަދޭޝް މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިމީހާއަކީ ހއ. ދިއްދޫގަ ހުންނަ “އެކުވެރި ޓެއިލާސް” ނަމަކަށް ކިޔާ ފަހާ ތަނެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ. “މި ޖޫން […]

އިބްރާހިމް އަސްވާޤް
ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ އަނެއްކާ ވެސް ދިއްދޫ މޮނިޓަރިންނަށް 📍 ހއ. ދިއްދޫ

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ އަނެއްކާ ވެސް ދިއްދޫ މޮނިޓަރިންނަށް

ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެފަހަރު އެރަށް މޮނިޓަރިން ހާލަތުގައި 34 ދުވަހު އޮތެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހެއް އަނެއްކާވެސް ޕޮޒިޓިވްވިއިރު، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން” ވިދާޅުވީ މިއަދު ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތް ހުރެގެން […]

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލުން، ބޮޑު އީދުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުން، ބޮޑު އީދުގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލްގެ “4 ވަނަ އަޟްޙާ ޢީދު ފުޓްބޯޅަ މުބާރާތް 2021” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން މި މުބާރާތުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީކުރާ ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެ ސުން ގަޑިއަކީ، 2021 ޖޫން 29 ވާ އަންގާރަ ދުވަހުގެ 13:00 ކަމަށެވެ. ދިއްދޫ ކައުންސިލާއި ދިއްދޫ އިޖުތިމާއީ މަރުކަޒު ގުޅިގެން ކުރިއަށްގެން ދާ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ދިއްދޫގައި ރަޖިސްޓްރީކޮށް […]

ޔުމްނާ ޢަލީ
42 އަހަރުގެ އަގުހުރި ހިދުމަތަށްފަހު ދިއްދޫ މުހައްމަދު ނަޞީރު ރިޓަޔާ ކުރައްވައިފި 📍 ހއ. ދިއްދޫ

42 އަހަރުގެ އަގުހުރި ހިދުމަތަށްފަހު ދިއްދޫ މުހައްމަދު ނަޞީރު ރިޓަޔާ ކުރައްވައިފި

42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށް ދެއްވި ހއ. ދިއްދޫ  “ތިލަދޫ” މުޙައްމަދު ނަޞީރު އިއްުޔެ ރިޓަޔާ ކުރަށްވައިފިއެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ތިލަދުންމަތީ އުތުރުބުރީ (ހއ) އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައެވެ. މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ. އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވ...

ޝިއުނާ އާދަމް
ދިއްދޫ ހިއްކި ސަރަހައްދުގައި ޖަހާފައިހުރި ހިލަތަކުގެ ތެރެއަށް ކުނި ނޭޅުމަށް އެދެފި 📍 ހއ. ދިއްދޫ

ދިއްދޫ ހިއްކި ސަރަހައްދުގައި ޖަހާފައިހުރި ހިލަތަކުގެ ތެރެއަށް ކުނި ނޭޅުމަށް އެދެފި

ހއ. ދިއްދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ހިލަތަކުގެ ތެރެއަށް އެއްވެސް ޒާތެއްގެ ކުންޏެއް ނޭޅުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އެދެފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދިއްދޫ ހިއްކި ސަރަގައްދުގެ މޫދަށާއި ހިލަތަކުގެ ތެރެއަށް ކުނީގެ އިތުރުން ކެއިން ބުއިމަށް ބޭނުންކުރާ ކުނިވާޒާތުގެ ތަކެތި އަޅަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. ކުނިވާޒާތުގެ ތަކެތި އެޅުމުގެ ސަބަބުން އެ ސަރަހައްދުގައި ވަސްނުބައިވެ ބުޅަލާއި އަދި އެ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. ދިއްދޫ

ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުނންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 3...

އަޙްމަދު ވަހީދު