މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ލައިފި

ހއ. ދިއްދޫގައި މިސްކިތެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަޠު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ޢަލުން ޢިއުލާންކޮށްފައި މިވަނީ ކުރިން މިކަމަށް ކުރި ޢިއުލާން ބާތިލު ކުރުމަށްފަހުއެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމު...

ޔުމްނާ ޢަލީ
ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބީލަމަށް 📍 ހއ. ދިއްދޫ

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބީލަމަށް

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ތެރެއިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގ...

ޝިއުނާ އާދަމް
ކޮމަންވެލްތު ގޭމްސްގެ ދަންމަރާއެކު ދިއްދޫއަށް އީދެއް 📍 ހއ. ދިއްދޫ

ކޮމަންވެލްތު ގޭމްސްގެ ދަންމަރާއެކު ދިއްދޫއަށް އީދެއް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހއ. ދިއްދޫއަށް ގެންދިޔުމާއެކު އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ދަންމަރަށް މަރުޙަބާ ކިޔުމަށް ދިއްދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ދިއްދޫއަކީ މި ދަންމަރު ގެންދިޔަ ތިން ވަނަ ރަށެވެ. އިއްޔެ ހދ. ގެ ދެރަށް ކަމަށްވާ ނޮޅިވަރަންފަރު އަދި ނޮޅިވަރަމަށް ވެސް ވަނީ ދަންމަރު ގެންގޮސްފައެވެ. ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ […]

ޙުސައިން ޝަހުދީ
ފުލުހުންގެ އެހީތެރިކަމާއެކު ދިއްދޫ ސްވިމިން ޓްރެކް ސާފުކޮށްފި 📍 ހއ. ދިއްދޫ

ފުލުހުންގެ އެހީތެރިކަމާއެކު ދިއްދޫ ސްވިމިން ޓްރެކް ސާފުކޮށްފި

ހއ. ދިއްދޫގައި ތިއްބަވާ ފުލުހުންނާއި އެރަށު ކައުންސިލުން ގުޅިގެން އެރަށު ސްވިމިންޓްރަކް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހަރަކާތަކީ މި ފެށޭ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫދު ކުޅިވަރުތަކަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ކުޅިވަރުތަކަށް ތައްޔާރު ވުމުގެ ގޮތުން ރަށުގެ އެހެނިހެން މުއައްސަސަތަކާއި ގުޅިގެން ރ...

އައިޝަތު ނަސާޔާ
ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ފަށަނީ 📍 ހއ. ދިއްދޫ

ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ފަށަނީ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ސްޕީޗް ތެރަފިސްޓެއް އެ ރަށަށް ގެނެސް އެ ޚިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް ހިލޭ ދެއްކުމުގެ ފުރުޞަތުލިބޭ ޕްރޮގްރާމެއް ފެށުމަށް އެ ކުލަބުން ތައްޔާރުވެއްޖެއެވެ. އެ ކުލަބުންވަނީ މީގެ މަހެއްހާ ދުވަސްކުރިން ސްޕީޗް ތެރަޕީ ބޭނުންވާ ފަރާތްތަކުގެ ނިސްބަތް ދެނެގަތުމުގެ ގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން ސާޅީހަށްވުރެ ގިނަފަރާތް ރަޖިސްޓަރީ ކުރި ނަމަވެސް އިތުރަށް އެ […]

އިބްރާހިމް ޚަލީލް
ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމަށް ކައުންސިލާއި ހަވާލު ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމަށް ކައުންސިލާއި ހަވާލު ކޮށްފި

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް އިއުލާންކޮށްގެން ކުރިޔަށް ގެންދިޔުމަށް ޔޫތް މިނިސްޓްރީއިން އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ. ޔޫތް މިނިސްޓްރީއިން މިހެން ބުނެފައިވަނީ މިއަދު އެ މިނިސްޓްރީއިން ކުރައްވާފައިވާ ޓްވީޓެއްގައެވެ. ދިއްދޫގެ އިތުރުން ކ. މާފުށީގެ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް ވެސް އިއުލާންކޮށްގެން ކުރިޔަށް ގެންދިޔުމަށް ޔޫތް މިނިސްޓްރީއިން ވަނީ އެރަށު ކައުންސިލާއި ހަވާލުކޮށްފައެވެ. ދިއްދޫ ޓާފް ދަނޑުގެ ޓާފް އަޅާ ނިމިފައިވަނީ މި އަހަރުގެ...

އައިޝަތު ނަސާޔާ
ދިއްދޫ ސާފްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫ ސާފްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހއ. ދިއްދޫ ކައުންސިލުގެ އިދާރާއިން އިސްނަގައިގެން އެ ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ ދިއްދޫގެ ކައުންސިލުގެ އިސްނެގުމާއިއެކު އެ ރަށުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ދިއްދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ގުޅިގެންނެވެ. 25 ޑިސެމްބަރ 2021 ވީ ހޮނިހިރު ދުވަހު (މިއަދު) ގެ ހެނދުނު 06:00 ފެށިގެން ކުރިއަށް ގެންދިޔަ ސާފް ކުރުމުގެ މި ޕްރޮގްރާމްގެ ދަށުން ވަނީ އެ ރަށުގެ ހުޅަނގުފަރާތާއި ތާރު އެޅިމަގުތަކުގެ […]

އިބްރާހިމް ޚަލީލް
ބީޒެޑްޑީ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދިއްދޫއަށް، ފިރިހެން ބައިގެ ޗެމްޕިއަންކަން ބާރަށު ސޫރިޔާ ސްޕޯޓްސްއަށް

ބީޒެޑްޑީ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދިއްދޫއަށް، ފިރިހެން ބައިގެ ޗެމްޕިއަންކަން ބާރަށު ސޫރިޔާ ސްޕޯޓްސްއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސްގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ބާރަށު ސޫރިއާ ސްޕޯޓްސް ހޯދިއިރު އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 17 ޑިސެމްބަރ 2021 ގައި ކުޅެފައިވާއިރު […]

އިބްރާހިމް ޚަލީލް
މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2021 ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ދިއްދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމަށް މަޤުޞަދުގައި ކުރިއަށް...

އިބްރާހިމް ޚަލީލް
ކޯވިޑް ބަލީގައި ދިއްދޫން މީހަކު ނިޔާވެއްޖެ 📍 ހއ. ދިއްދޫ

ކޯވިޑް ބަލީގައި ދިއްދޫން މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ހއ. ދިއްދޫއިން މީހަކު ނިޔާވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން މިއަދު ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެއީ ކަަރަންޓީނުގައި ހުރި މީހެއްކަމަށް ވެސް ވިދާޅުވިއެވެ. މިއަދު ހެނދުނު 10:30 ހާއިރު އެރަށުން ނިޔާވެފައި ވަނީ، 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. “ކުރިންވެސް ބަލިކޮށް އުޅުނު މީހެއް ނިޔާވީ” ރަޝީދު ވިދާޅުވިއެވެ. އެރަށުން ވަނީ މިއަހަރުގެ މެއި 15 ވަނަ ދުވަހު ވެސް މީހަކު ނިޔާވެފައެވެ. […]

ޙުސައިން ޝަހުދީ
ދިއްދޫ ބަނދަރަށް ވަންނަން ދިޔަ ދޯންޏެއް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރަށް ވަންނަން ދިޔަ ދޯންޏެއް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހއ. ދިއްދޫ ބަނދަރަށް ވަންނަން ދިޔަ ދޯންޏެއް ބަނދަރު ނެރުކައިރި ހިލަތަކުގެ މައްޗަށް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ދޯނި ނެރު ހިލަތަކުގެ މައްޗަށް އުރުނީ އައި ރާޅެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯންޏަކީ އެ އަތޮޅު އުތީމު ދޯންޏެކެވެ. އެ ދޯނީގައި 6 މީހަކު ދަތުރު ކުރިއެވެ. “އެއްވެސް މީހަކަށް ގެއްލުންވި […]

ތިލަދުން
ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް 📍 ހއ. ދިއްދޫ

ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހއ. ދިއްދޫ، ރޯޝަނީހިޔާ، އިބްރާހީމް ލުޔޫންއަކީ އެ އާއިލާގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ފުރަތަމަ ސިއްހީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ލުޔޫންގެ އުމުރުން ތިން އަހަރު ފުރުނު ތަނާއެވެ. އެއީ މި އަަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު މާލެ ގޮސް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލުޔޫންގެ ސީދާ ބައްޔެއް ދެނެގަތުމަށާއި، ހާލަތު ބެލުމަށް މާލޭގައި މަޑުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދިޔުމަށް ޑޮކްޓަރު ލަފާދިނެވެ. […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދިއްދޫ ބަނދަރުގެ އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ތިލަދުންމަތީ ދިއްދޫ ބަނދަރުގެ އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެ...

އަޙްމަދު ވަހީދު
ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމްޢިއްޔާގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމްޢިއްޔާގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ދިއްދޫ އަމިއްލަ ޖަމްޢިއްޔާ އެއް ކަމަށްވާ “ދިއްދޫ އެކުވެރިކަމުގެ ޗޭނު” ޖަމްއިއްޔާއިން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޤުރުއާން މުބާރަތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ޗޭނު ޖަމްޢިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޖަމްޢިއްޔާގެ 09 ވަނަ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޖަމްޢިއްޔާގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމު...

އައިޝަތު ނަސާޔާ
ސަރުކާރަށް މަރުހަބާ ކިޔުމުގެ ހިތްވަރު އެބަހުރި: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ސަރުކާރަށް މަރުހަބާ ކިޔުމުގެ ހިތްވަރު އެބަހުރި: ދިއްދޫ ރައީސް

މި ސަރުކާރަށް 3 އަހަރު ފުރިގެން މަރުހަބާ ކިޔުމުގެ ހިތްވަރު އޭނާއާއި، ކައުންސިލް މެންބަރު މޫސާ ލަތީފްގެ ކިބައިގައި ހުރިކަން ސާބިތުކޮށްދީފި ކަމަށާއި، ނަމަވެސް އެމްޑީއެންއިން އިސްލާމް ދީނަށް ކުރި ފުރައްސާރައާއި ދެކޮޅަށް ބަޔާނެއް ނެރެންކުރި މަސައްކަތް ދިއްދޫ ކައުންސިލްގެ އެމްއެންޑީޕީ މެންބަރުން ނާކާމިޔާބުކޮށްލާފައި ވާތީ ހިތާމަކުރާކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުން ތެރެއިން ރައީސް، ރަޝީދުގެ އިތުރުން މެންބަރު މޫސާ ލަތީފަކީ އިދ...

އަލީ އާދިލް