📍 ހއ. ދިއްދޫ
ހާޝިމްގެ ރައްދު ރައީސް ޔާމީނަށް: "ދިއްދޫގެ ފަޅު ހިއްކައިގެން އެއަރޕޯޓް އަޅައިގެން ނުވާނެ"
ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރަޓަރީގެ މަގާމުގައި ހުންނެވި ހއ ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް ދީދީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ރައްދު ދެއްވައިފި އެވެ. ހާޝިމް ރައްދު ދެއްވާފައިވަނީ، ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ، އިތުރު ދައުރެއް ލިބި...