📍 ހއ. ދިއްދޫ
ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައަޅައިފި
ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގެ އަގު އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ. މިގޮތުން އެ ކައުންސިލުން ވަނީ އެއްފަހަރާ ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (50) ރުފިޔާ ކަމަށް ކަނޑަ އަޅާފައެވެ. މީގެއިތުރުން އެކިފަހަރުމަތީން ދިގު މުއްދަތުގައި ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (60) ފަސްދޮޅަސް ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ “ބަންޑާރަ ގޯތި އަމިއްލަ ކު...