📍 ހއ. ދިއްދޫ
ދިއްދޫ އަށްސޭރި ބިމުގައިހުރި ޒަމާންވީ ނިކަ ގަހުން ބައެއް ވެއްޓިއްޖެ
ހއ. ދިއްދޫ އަށްސޭރި ބިމުގައިހުރި ނިކަ ގަހުން އޮފިގަނޑެއް އަނެއްކާ ވެސް ވެއްޓިއްޖެއެވެ. ގާތްގަޑަކަށް 300 ނުވަތަ 400 އަހަރުވެފައިވާ މި ގަހަކީ އެރަށު ސްކޫލު ބިމެއްގައި ހުރި ގަހެކެވެ. އަދި މި ގަހުން އޮފިގަނޑެއް އަނެއްކާ ވެސް ވެއްޓިފައި މިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިކަމުގެ މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މުސާ ޝަފީގު ‘ތިލަދުން’ އަށް ވިދާޅުވީ މިއީ އެގަހުން އޮފިގަނޑެއް ވެއްޓުނު ދެވަނަ ފަހަރު ކަމަށާއި ގަހަކީ ވަރަށް ޒަމާން ވެފައިވާ […]