މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ހއ. އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ވޮލަންޓިއަރުން ހޯދަނީ 📍 ހއ. ދިއްދޫ

ހއ. އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ވޮލަންޓިއަރުން ހޯދަނީ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ވޮލަންޓިއަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަހަރު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ހިންގުމުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ އެކަމަށް ބައެއް ފަރާތްތަކުން އެދެމުން އައުމާއިއެކު، ހަމަހަމަ ގޮތެ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ކުރިއަށް ގެންދިޔުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ، އެ ކުލަބުގެ ފަރާތުން މުބާރާތަށް ކަނޑައަޅާފައިވާ އިންޗާޖް މުހައްމަދު ސައީދުއެވެ. އަތޮޅު ކައުންސިލުގެ ފަރާތުން މ...

އިބްރާހިމް ޚަލީލް
ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

ހއ. ދިއްދޫ ފަހއ. ދިއްދޫ ފަރަށް ބާޖާއި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. “ޓީބީ މުތާ ޕްރިންސަސް” ޓަގު ބޯޓާއި “މުތާ ޕްރައިޑް” ބާޖު އެރަށު ފަރަށް އަރާފައިވަނީ މި 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި […]

މުޙައްމަދު އަފްރާޙް
ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ "ރަންތަރި" ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބާއްވާ “ރަންތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އެ ރަށު އުދަރެސް، އަލްމަރްހޫމާ ހަދީޖާ މުހައްމަދާއި އަލްމަރްހޫމް އިސްމާއިލް މުހައްމަދުގެ ހަނދާނުގައި، އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ދިއްދޫ އެކުވެރިކަމުގެ ޗޭން، ޖަމިއްޔާއިންނެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި...

އިބްރާހިމް ޚަލީލް
ދިއްދޫ މީހަކު ހުޅުމާލެއިން ގެއްލިގެން ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ މީހަކު ހުޅުމާލެއިން ގެއްލިގެން ހޯދަނީ

ހއ. ދިއްދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ . ދިއްދޫ ގުލްފާމްގެ، އިސްމާއީލް މާހިރު ކަމަށާއި އޭނާމިހާރު ދިރިއުޅެނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ސްޓެލްކޯ ޓަވަރު ގައި ކަމަށެވެ. އުމުރުން 50 އަހަރުގެ މާހިރުގެ ޚަބަރެއް އާއިލާއަށް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މި ސެޕްޓެމްބަރ 16 ވަނަ ދުވަހު ދަންވަރު 1:08 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ހޯދުމުގެ […]

މުޙައްމަދު އަފްރާޙް
ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ޚިދުމަތް ފެށީ އިއްޔެއެވެ. ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކުރާނެއެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި، 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ. އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލެއެވެ. އެ […]

އަޙްމަދު ވަހީދު
އާރްޓީއެލް ބަހުގެ ހިދުމަތް ދިއްދޫ ގައި މާދަމާ ފަށަނީ 📍 ހއ. ދިއްދޫ

އާރްޓީއެލް ބަހުގެ ހިދުމަތް ދިއްދޫ ގައި މާދަމާ ފަށަނީ

މާލެއިން އުތުރުގައި މިސަރުކާރުން އެންމެ ފުރަތަމަ ފަށާ އާރްޓީއެލް ބަހުގެ ޚިދުމަތް މާދަމާ ހއ. ދިއްދޫއިން ފެށިގެންދާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއާއެކު މިހާރު ބަސް ދަތުރުތައްކުރާ ރޫޓްތައް ފައިނަލް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިބަހުގެ ޚިދުމަތާއެކު ދިއްދޫގެ ރައްޔިތުންނާއި ވަކިން ހާއްސަކޮށް ސުކޫލްގެ ދަރިވަރުންނަށް ބޮޑުތަނުން ލުއިފަސޭހަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މެމްބަރު ވަހީދު...

މުޙައްމަދު އަފްރާޙް
ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅާފައެއް ނޯންނާނެ: ދިއްދޫ ކައުންސިލް 📍 ހއ. ދިއްދޫ

ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅާފައެއް ނޯންނާނެ: ދިއްދޫ ކައުންސިލް

ހއ. ދިއްދޫ ކައުންސިލައި ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފިއެވެ. އެރަށު ކައުންސިލުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކައުންސިލާއި ކައުންސިލުގެ މެމްބަރުންނަކީ ސަރުކާރަށް އެއްބާރުލުން ނުދޭ ބައެއްކަން ސިފަވާގޮތަށް ކައުންސިލުގެ އަގު ވައްޓާލައި، ކައުންސިލާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަަމަށެވެ. އަދި މިގޮތަށް ވާހަކަތައް ފަތުރަމުން ގެންދަނީ ދިއްދޫ...

މުޙައްމަދު އަފްރާޙް
ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ރަޖިސްޓަރީ ކުރުމަށް ފުރިހަމަ ކުރަނެޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 13:00 ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ […]

އިބްރާހިމް ޚަލީލް
ދިއްދޫ ބިން ހިއްކާ، އެއާޕޯޓެއް އަޅައިދޭނަން: މުއިއްޒު 📍 ހއ. ދިއްދޫ

ދިއްދޫ ބިން ހިއްކާ، އެއާޕޯޓެއް އަޅައިދޭނަން: މުއިއްޒު

ހއ. ދިއްދޫގައި ބިން ހިއްކާ އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ. އޭނާ މިހެން ވިދާޅުވީި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަގަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށާއި އެއީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ދިއްދޫގައ...

މުޙައްމަދު އަފްރާޙް
ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަނީ

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަނީ

ހއ. ދިއްްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް ދޭން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ އެ ރަށުގައި ބަހުގެ ހިދުމަތް ފެށުމަށް ވަޒީފާތަކަށް މިހާރު އިއުލާންކޮށްފައެވެ. އެގޮތުން ހަ ބަސް ޑްރައިވަރުންނާއި ދެ މޭކޭނިކުން ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ. މިއީ މާލެ ސިޓީ އާއި އައްޑޫ، ފުވައްމުލަކު ސިޓީގެ އިތުރުން އާރުޓީއެލްގެ ބަހުގެ ހިދުމަތް ދޭން ފަށާނެ ފުރަތަމަ ރަށެވެ. ދިއްދޫގައި ހުޅުވާލި ފުރުސަތުގެ […]

އަޙްމަދު ވަހީދު
ހޯރަފުށީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާއަށް 📍 ހއ. ދިއްދޫ

ހޯރަފުށީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާއަށް

ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހޯރަފުށީ ކުޅިފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 19-11 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ބާރަލާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބ...

އިބްރާހިމް ޚަލީލް
އުމްރާއަށް ގޮސް އުޅުނު ދިއްދޫ މީހަކު ނިޔާވެއްޖެ 📍 ހއ. ދިއްދޫ

އުމްރާއަށް ގޮސް އުޅުނު ދިއްދޫ މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިހާރު އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އެރަށު ހިމާލިޔާ ފާތިމަތު ސޮބިއްޔާއެވެ. އޭނާ އަކީ އުމުރުން 43 އަހަރުގެ މީހެކެވެ. އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑާއެކު އުމްރާއަށް ގޮސް އުޅުނު ސޮބިއްޔާ އުމްރާއަށް ގޮސް އުޅުނީ ފިރިމީހާއާއި މަންމަ އާއެކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ގުރޫޕުގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިނެއްގައި ރިޕޯޓުކޮށްފައިވަނީ ސޮބިއްޔާ ނިޔާވީ މިއަދު 11:45 އެހާކަންހާއިރު ކަމަށެވެ. އަދި […]

މުޙައްމަދު އަފްރާޙް
ދިއްދޫގައި ނާސިން ކޯހެއް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ނާސިން ކޯހެއް ފަށަނީ

ހއ. ދިއްދޫ ގައި ފައުންޑޭޝަން އިން ނާސިން ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލު އިދާރާ އިން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، އެކައުންސިލްގެ އެހީތެރިކަމާއެކު ވިލާ ކޮލެޖުން ސެޓްފިކެޓް 4 އިން ނާސިން ކޯހެއް އެރަށުގައި ގެންދަން ނިންމާފައިވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހު އެވެ. މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ދިވެހި އަދި އިސްލާމް މާއްދާ...

މުޙައްމަދު އަފްރާޙް
ދިއްދޫ ބަނދަރު މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 76 އިންސައްތަ މަސައްކަތް މިހާރު ވަނޫ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް […]

އަޙްމަދު ވަހީދު