މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދި ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު 📍 ހއ. ދިއްދޫ

ދި ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދ ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” އަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލި ފުރުސަތުގެ ދަށުން ބައިވެރިވި ފަރާތްތަކުގެ މެދުގައި އޮޑިޝަން ބާއްވައި މިހާރު ވަނީ މުބާރާތަށް 20 ބައިވެރިން ހޮވާފައެވެ. އިނާމް ހުށަހަޅަން ހުޅުވާލާފައި ވަނީ ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެ ހަތަރު ބަޔަށް އިނާމް […]

އިބްރާހިމް ޚަލީލް
ނަޝްވާން ބޭނުންވީ ބައްޕަ ކަހަލަ ޚިދުމަތްތެރިއަކަށްވުމަށް، މިއަދު އެއީ ނަމޫނާ ޒުވާނެއް! 📍 ހއ. ދިއްދޫ

ނަޝްވާން ބޭނުންވީ ބައްޕަ ކަހަލަ ޚިދުމަތްތެރިއަކަށްވުމަށް، މިއަދު އެއީ ނަމޫނާ ޒުވާނެއް!

އިޖްތިމާޢީގޮތުން ރަށަށް ކުރިއެރުން ލިބުމަކީ ރަށުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް އުއްމީދަކަށް ވާނެކަން ޔަޤީނެވެ. އަދި  ފަސޭހަ، ފަހި ދިރިއުޅުމަކަށް އެދޭ ކޮންމެ ރައްޔިތަކުވެސް އެ ހުވަފެން ދެކޭނެކަން ގައިމެވެ. ހަމައެފަދައިން އިޖްތިމާޢީ މަސައްކަތްތަކަށް ލޯބިކުރާ ޒުވާނުން އިތުރުވެއްޖެނަމަ، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލްތައް ރަށުގެ ތަރައްޤީއަށް އަންނާނެކަން ޤަބޫލު ކުރާ މީހުން ނުހަނު ގިނައެވެ. ބޭނުންވަނީ ހިތްވަރާއި ސާބިތުކަމެވެ. އަދި ކެރުންތެރިކަމާއި ނުގުޑާފަދަ ޢަޒުމެކެވެ. ހއ ދިއްދޫ، ނަވަރަން، ނަޝ...

ސަލާމާ ޢަބްދުލް ޢަލީމް
ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޓީމް ބައިވެރި ކުރެވޭނީ އެ ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަޖިސްޓަރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާތަކަށެވެ. ފެބްރުއަރީ 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދު...

އިބްރާހިމް ޚަލީލް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވާތީ ދިއްދޫގައި ހާއްސަ ހަރަކާތެއް 📍 ހއ. ދިއްދޫ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވާތީ ދިއްދޫގައި ހާއްސަ ހަރަކާތެއް

ތިލަދުންމަތީ އުތުރުބުރީ ވެރިކަންކުރާ ދިއްދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން އަންނާތީ އެކަން ދެނެގަތުމަށް ހާއްސަ ހަރަކާތެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނީ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމަށް ދައުލަތުން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ދިރިއުޅެމުންދާކަން ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ބުނީ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ގެންގުޅެންވާނީ ކައު...

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގޯލްޑް ސްޕޮންސަރަކަށް "އައިމޯ އެންޓަޕްރައިސް" 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގޯލްޑް ސްޕޮންސަރަކަށް "އައިމޯ އެންޓަޕްރައިސް"

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ގޯލްޑް ސްޕޮންސަރަކަށް “އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް” ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ މޫސާ ރަޝީދެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކްލަބްގެ ސެކްރެޓަރީ ޖެނެރަލް އަލީ މިފްރާޒްއެވެ. […]

އިބްރާހިމް ޚަލީލް
ވިޔާފާރި ކުރުމަށް ދިއްދޫއިން ބިން ކުއްޔަށް ދޫކުރަނީ 📍 ހއ. ދިއްދޫ

ވިޔާފާރި ކުރުމަށް ދިއްދޫއިން ބިން ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރަން ނިންމައި ބިޑް ހިށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިއްދޫގައި ވިޔަފާރި ކުރުމަށް 2500 (ދެހާސް ފަސްސަތޭކަ) އަކަފޫޓުގެ ހަތަރު ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިންތަކަކީ އެ ރަށު އުތުރުފަރާތުގައި ހިއްކާފައިވާ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި އިންވެގެން އޮތް ވައިލެޓް 18، 19، 20، 21 ބިމެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް "ދި ފައުންޑޭޝަން" 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް "ދި ފައުންޑޭޝަން"

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ޓައިޓަލް ސްޕޮންސަރަކަށް ދިއްދޫ “ދި ފައުންޑޭޝަން” ހަމަޖައްސައި، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ ބާއްވާފައި ވަނީ ހައިޑަވޭ ރިސޯޓްގައެވެ. މި އެއްބަސްވުމުގައި ދި ފައުންޑޭޝަންގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ފައުންޑޭޝަންގެ ޗެއާމަން މޫސާ ރަޝީދެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ މުބާރާތުގެ […]

އިބްރާހިމް ޚަލީލް
ވަޒީރު މާރިޔާ، ދިއްދޫގައި އަޅާ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ބައްލަވައިލައްވައިފި 📍 ހއ. ދިއްދޫ

ވަޒީރު މާރިޔާ، ދިއްދޫގައި އަޅާ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ބައްލަވައިލައްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ހއ. ދިއްދޫގައި އަޅަމުން އަންނަ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްވައިފިއެވެ. ކުރީ ސަރުކާރުގައި ޖޫނިއާ ކޮލެޖެއްގެ ނަމުގައި އަޅަންފެށި މިތަން ވަޒީރު މާރިއާ ބައްލަވައިލެއްވީ އެކަމަނާ މިހާރު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މިތަން އަޅަން 12 މެއި 2022 ގައި ހަވާލުކޮށްފައި ވަނީ، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވީ އަވަ...

ޔުމްނާ ޢަލީ
ދިއްދޫ ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ މަޖިލީހަށް 📍 ހއ. ދިއްދޫ

ދިއްދޫ ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ މަޖިލީހަށް

ހއ. ދިއްދޫގައި ފެނަކަ ބްރާންޗަށް ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާއިރު، އެކަން ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ. ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކޮށްފަ...

ޔުމްނާ ޢަލީ
ދިއްދޫގައި މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން: މުއާޒު

ދިއްދޫގައި މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން: މުއާޒު

ހއ. ދިއްދޫގައި ފެނަކައިން ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމީ އެ ރަށު އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކޮށްފައެވެ. މިކަމާ […]

އަޙްމަދު ވަހީދު
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން" 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ތިލަދުން"

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ މީޑިއާ ޕާޓްނަރަކަށް “ތިލަދުން” ހަމަޖައްސައި، ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ މުބާރާތުގެ އިންޗާޖް މުހައްމަދު ޝައީދުއެވެ. ތިލަދުން މިޑީއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ  ސީނިއަރ ޖާނަލިސްޓް އިބްރާހީމް ޚަލީލްއެވެ. މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަ...

ޝިއުނާ އާދަމް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަށް ބައިވެރިން ހޮވައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ އޮޑިޝަން ނިންމައި މުބާރާތަށް ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން ފޯމް ހުށަހެޅި ފަރާތްތަކުގެ މެދުގައި އޮޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި ހަފްތާ ބަންދުގައެވެ. މުބާރާތަށް ހޮވޭ ބައިވެރިންނަށް ޓިކެޓް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ހއ.އަތޮޅު ކައުންސިލް ހޯލުގައި ބާއްވާފައިވާއިރު، އެ ރަސްމިއަޔާތ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ އޮޑިޝަން މިއަދު ފަށާނެއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މި އަހަރު މި މުބާރާތުގައި […]

އިބްރާހިމް ޚަލީލް
ހާޝިމް ދިއްދޫ ގޮނޑިއަށް ވާދަކުރަނީ 📍 ހއ. ދިއްދޫ

ހާޝިމް ދިއްދޫ ގޮނޑިއަށް ވާދަކުރަނީ

ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކުރީގެ ސެކަންޑް ސެކްރަޓަރީ، ހއ. ދިއްދޫ، އަލީ ހާޝިމް ދީދީ، ދިއްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމައިފިއެވެ. ހާޝިމް މިއަދު ވަނީ އެކަން ‘’އެކްސް’’ މެދުވެރިކޮށް ޢިއުލާން ކޮށްފައެވެ. ނަމަވެސް އޭނާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލަނީ މިނިވަން ކެންޑިޑޭޓެއް ގޮތުގައި ކަމެއް ނުވަތަ ޕާޓީއެއްގެ ޓިކެޓްގައި ކަމެއް ބުނެފައެއް ނުވެއެވެ. އެމްޑީޕީގެ މެންބަރެއް ގޮތުގައި ކުރިން ހުރި ހާޝިމް ވަނީ...

ޔުމްނާ ޢަލީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަނީ 📍 ހއ. ދިއްދޫ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ހާޟިރުކުރަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޟިރު ކުރަން ބޭނުންވެ، ހާޟިރު ކުރެވިފައިނުވާތީ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހީމް ޝަފީޤް ކަމަށެވެ. އަދި އެއީ އުމުރުން 40 […]

މުޙައްމަދު އަފްރާޙް