މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޯކައިދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޯކައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫ އުސްފަސްގަނޑާއި ނޭޗަރ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ފޯކައިދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް ގެޒެޓް ލިންކުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 އޯގަސްޓް 17 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން info@foakaidhoo.gov.mv އަށް މެއިލްކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށެވެ. އެގޮތުން މިކަމަށް ހުށަހަޅާ ބި...

އައިޝަތު އައިނީ އާމިރު
ފޯކައިދޫ ކައުންސިލްގެ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިތުރު ހަރަކާތެއް 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލްގެ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިތުރު ހަރަކާތެއް

ށ. ފޯކައިދޫ ކައުންސިލުގެ 5 އަހަރު ދުވަހުގެ ޕްލޭނުގައި ހިމެނޭ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެ ރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތާއި ގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމަކީ ކައުންސިލުގެ 5 އަހަރު ދުވަހުގެ ޕްލޭނުގައި ހިމެނޭ 10000 ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ގަސް އިންދުމުގެ އެކްޓިވިޓީގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ. އެގޮތުން މި […]

އައިޝަތު އައިނީ އާމިރު
ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި 📍 ށ. ފޯކައިދޫ

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ. މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކ...

ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި 📍 ށ. ފޯކައިދޫ

ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ދެ ޖަމިއްޔާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ޖަމިއްޔާތަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އަހަރު ހޮވާފައިވާ ދެ ޖަމިއްޔާއަކީ ފޯކައިދޫ ބްލަޑް ބްރަދާސް އާއި ނަރުދޫ ރަމްޒު ޖަމިއްޔާއެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ނަރުދޫ ރަމްޒް ޖަމިއްޔާއިން ޕްރޮޕޯސަލް ކާމިޔާބުކ...

އިބްރާހިމް ޚަލީލް
ފޯކައިދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕްކޮށް، ނޭޗަރ ޕާކާއި އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިންކުރަން ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕްކޮށް، ނޭޗަރ ޕާކާއި އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިންކުރަން ހަވާލުކޮށްފި

ށ. ފޯކައިދޫ ކައުންސިލުން ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމާއި، ނޭޗަރ ޕާކް ކޮންސެޕްޓް ޑިޒައިނިންގ އަދި އެ ރަށު އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކުރެވުނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް ‘ތިލަދުން’ އަށް މައުލޫމާތުދީ ވިދާޅުވެފައިވަނީ މި އެއްބަސްވުންތަކުގެ ދަށުން...

އައިޝަތު އައިނީ އާމިރު
ފޯކައިދޫ އިސްލާމީ ސެންޓަރު އެޅުމަށް ބިން ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އިސްލާމީ ސެންޓަރު އެޅުމަށް ބިން ހަވާލުކޮށްފި

ށ. ފޯކައިދޫގައި އިސްލާމީ ސެންޓަރެއް ތަރައްޤީކުރުމަށް ހަމަޖައްސާފައިވާ ބިން ފެނަކަ އާއި ހަވާލުކޮށްފިއެވެ. ފޯކައިދޫ ކައުންސިލުން ބުނީ އެރަށުގައި އިސްލާމިކް ސެންޓަަރެއް އެޅުމަށްޓަކައި ކަނޑައަޅާފައިވާ ބިމާއި 19 މެއި 2025 ވީ ހޯމަ ދުވަހު ފެނަކައިން ވަނީ ހަވާލުވެފައިކަމަށެވެ. އެގޮތުން މި ބިމާއި ހަވާލުވެލައްވާފައިވަނީ ފެނަކަ ފޯކައިދޫ ބްރާންޗުގެ ސްޓޭޝަން އިންޗާޖު އަބްދުالله މާހިދު އެވެ. މި މަޝްރޫޢު ތަރައްޤީކުރުމުގެ ގޮތުން ނަމާދުކުރާ ބަޔަކާއި ހޯލަކާއި ލައިބްރަރީއެއްގެ އިތުރުން ކްލާސްރޫމްތައް ޤާއިމްކުރުމަށ...

އައިޝަތު އައިނީ އާމިރު
ފޯކައިދޫ މަގުތަކުގައި އުނދަގޫވާގޮތަށް އިންދާފައިވާ ގަސްތަކާއި ބަހައްޓާފަައިވާ ހުރި ތަކެތި ނެގުމަށް އެދިއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫ މަގުތަކުގައި އުނދަގޫވާގޮތަށް އިންދާފައިވާ ގަސްތަކާއި ބަހައްޓާފަައިވާ ހުރި ތަކެތި ނެގުމަށް އެދިއްޖެ

ށ. ފޯކައިދޫ މަގުތަކުގައާއި ގޯޅިތަކުގައި އާންމުންނަށް އުނދަގޫވާގޮތަށް ހެދިފައިވާ ގަސްތަކާއި ގަހުގެ ގޮފިތަކާއި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ. ފޯކައިދޫ މަގުތަކުގައި އުނދަގޫވާގޮތަށް އިންދާފައިވާ ގަސްތަކާއި ބަހައްޓާފަައިވާ ހުރި ތަކެތި ނެގުމަށް އެދިއްޖެ ފޯކައިދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަށުގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އުނދަގޫވާގޮތަށް މަގުތަކާއި ގޯޅިތަކުގައި ހެދިފައިވާ ގަސްތަކާއި ގަހުގެ ގޮފިތައް ވަކި މުއްދަތެއް ތެރޭގ...

އައިޝަތު އައިނީ އާމިރު
ށ.އަތޮޅު ކައުންސިލްގެ މިއަހަރުގެ ގްރާންޓް ފޯކައިދޫ އާއި ނަރުދޫ އަންހެނުންގެ ކޮމެޓީއަށް 📍 ށ. ފޯކައިދޫ

ށ.އަތޮޅު ކައުންސިލްގެ މިއަހަރުގެ ގްރާންޓް ފޯކައިދޫ އާއި ނަރުދޫ އަންހެނުންގެ ކޮމެޓީއަށް

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ ކޮމިޓީ) ތަކަށް ދޭ ގްރާންޓަށް ކުރިމަތިލުމަށް މިއަހަރު ހުޅުވާލި ފުރުސަތުގެ ތެރެއިން ޕްރޮޕޯސަލް ހުށަހެޅި އތމ ކޮމެޓީތަކުގެ ތެރެއިން މިއަރުގެ ގްރާންޓް ލިބޭ ދެ ކޮމެޓީ ހޮވައިފިއެވެ. މި ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އަތޮޅު ކައުންސިލުގެ ބަޖެޓުން އތމ ކޮމިޓީތަކުން ޕްރޮޕޯސްކޮށްފައިވާ މަޝްރޫޢުތައް ހިންގުމަށެވެ. ށ.އަތޮޅު ކައުންސިލުން ބުނިގޮތުގައި މި ފުރުސަތުގެ ދަށުން އެންމެ މަތިން ޕޮއިންޓް ލިބިގެން މި ގްރާންޓް މިއަހަރު ކާމިޔާ...

އައިޝަތު އައިނީ އާމިރު
ށ.އަތޮޅު ކައުންސިލްގެ ''ޖަމިއްޔާ ގްރާންޓް 2025'' ލިބޭ ދެ ޖަމިއްޔާ ހޮވައިފި 📍 ށ. ފޯކައިދޫ

ށ.އަތޮޅު ކައުންސިލްގެ ''ޖަމިއްޔާ ގްރާންޓް 2025'' ލިބޭ ދެ ޖަމިއްޔާ ހޮވައިފި

ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ ފަންޑް މިއަހަރު ލިބޭ ދެ ޖަމިއްޔާ ހޮވައިފިއެވެ. މިގޮތުން ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބި ގްރާންޓް ކާމިޔާބުކޮށްފައި ވަނީ ށ. ފޯކައިދޫ “ބްލަޑް ބްރަދާރސް” އާއި ށ. ނަރުދޫ “ރަމްޒު ސްޕޯޓްސް އެކަޑަމީ” އިންނެވެ. މީގެ ތެރެއިން 67 ޕޮއިންޓާއެކު ޖަމިއްޔާ ގްރާންޓް ކާމިޔ...

އައިޝަތު އައިނީ އާމިރު
ފޯކައިދޫ ކައުންސިލުން އެރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލުން އެރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފި

ށ. ފޯކައިދޫ ކައުންސިލުން، އެރަށު ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ފަހިކޮށްދިނުމުގެ ގޮތުން އެ ރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ކުށުގެ ރެކޯޑް ސެޓްޕިކެޓް ޕްރިންޓް ކުރުމާއި، ރައްޔިތުން ގާތަށް ގޮސް ނަގަންޖެހޭ ބަޔާން ނެގުންފަދަ ކަންކަން ކުރުމަށް ބޭނުންވާ ލެޕްޓޮޕާއި، ކުލަ ޕްރިންޓަރ އެއް ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް އެ ކައުންސިލްގެ ފަރާތުން ހަދިޔާކޮށްފައެވެ. އަދި ކައުންސިލުން ސްޓޭޝަންގެ މަސައްކަތްތައް ހަރުދަނ...

އައިޝަތު އައިނީ އާމިރު
ފޯކައިދޫ އިސްލާމީ މަރުކަޒުގެ އިތުރުން ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އިސްލާމީ މަރުކަޒުގެ އިތުރުން ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

ށ.ފޯކައިދޫގައި އިސްލާމީ މަރުކަޒެއް، އަދި ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފިއެވެ. ފޯކައިދޫ އިސްލާމީ މަރުކަޒު ހިމެނޭހެން 12 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށާއި 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ދެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތިލަދުންމަތީގައި މިސްކިތް ބިނާކުރާ ރަށްތަކަކީ ށ. ނޫމަރާ، ހދ. ނެ...

އިބްރާހިމް ޚަލީލް
ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި 📍 ށ. ފޯކައިދޫ

ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި

ށ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް ފޯކައިދޫ ކައުންސިލްގެ ރައީސް، އަހްމަދު އާސިފް އިންތިހާބު ކޮށްފިއެވެ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު މީގެކުރިން ހުންނެވީ  އެ އަތޮޅު ފޭދޫ ކައުންސިލްގެ ރައީސް، އަހްމަދު ރައިޝަމްއެވެ. ނަމަވެސް އެ މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވާކަމަށް ބުނެ އިސްތިއުފާ ސިޓީ އަތޮޅު ކައުންސިލަށް ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާގައި ނައިބް ރައީސް […]

އިބްރާހިމް ޚަލީލް
ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ 📍 ށ. ފޯކައިދޫ

ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ

ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ބައެއް ލޯންޗުތައް ބަނދަރު ތޮށިގަނޑުގައި ޖެހި ގެއްލުންވެއްޖެއެވެ. ށ. އަތޮޅު ޕޮލިހުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބާރު ވަޔާއެކު އައި ވިލާގަނޑެއްގެ ސަބަބުން ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުގެ ފަހަތު ވައު ކެނޑި، ބައެއް ލޯންޗު ބަނދަރު ތޮށިގަނޑުގައި ޖެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ލޯންޗުތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި ފޯކައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ލޯން...

ޔުމްނާ ޢަލީ
ފޯކައިދޫ ބަނދަރު ސަރަހައްދުގައި އިންދުމަށް 500 ކްރިސްޓީނާ ގަސް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރު ސަރަހައްދުގައި އިންދުމަށް 500 ކްރިސްޓީނާ ގަސް ހޯދަނީ

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގެ ބަނދަރު ސަރަހައްދު ރީތިކުރުމަށް 500 ބަގީޗާގަސް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ބަނދަރު ސަރަހައްދުގައި ޕޮޓުހަދައި ޕޮޓުގައި އިންދުމަށް އެ ކައުންސިލުން ހޯދަން އިއުލާން ކޮށްފައި ވަނީ ކްރިސްޓީނާ ގެ މެރޫން ކުލައިގެ ގަހެވެ. ގަސްތައް ހުންނަންވާނީ ބޮނބިކުނޑީގައި އިންދައި މޫލައްވާފައެވެ. ގަސްތަކުގައި ހުންނަންޖެހެ ދިގުމިނެއް ގޮތުގައި އެ ކައުންސިލުން ކަނޑައަޅާފައިވަނީ 1 ފޫޓާއި 3 ފޫޓާއި ދެމެދެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފޯކައިދޫ ކައުންސިލު...

އިބްރާހިމް ޚަލީލް
ދީނީއިލްމުވެރިންނަށް ފޯކައިދޫއިން ކީ ރަތްދޫލައިގެ މަރުހަބާ، ގިނަބައެއްގެ ސަމާލުކަމަށް 📍 ށ. ފޯކައިދޫ

ދީނީއިލްމުވެރިންނަށް ފޯކައިދޫއިން ކީ ރަތްދޫލައިގެ މަރުހަބާ، ގިނަބައެއްގެ ސަމާލުކަމަށް

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ށ.ފޯކައިދޫގައި ދަރުސް ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ވަޑައިގެން ދީނީ އިލްމުވެރިންނަށް، އެ ރަށުގެ ވަރަށް ގިނަބަޔަކު ނުކުމެ ކީ ރަތްދޫލައިގެ މަރުހަބާ ގިނަބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ދަރުސް ދެއްވުމަށް އެ ރަށަށް ވަޑައިގެންފައި ވަނީ ދެ އިލްމުވެރިއެކެވެ. އެ އިލްމުވެރިންނަކީ ފޯކައިދުއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ އިލްމުވެރިޔާ ޝެއިހް އަހުމަދު ސަމީރާއި ލެންޓާން ޖަމިއްޔާގެ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ރާފ...

އިބްރާހިމް ޚަލީލް