📍 ހދ. ފިނޭ
ފިނޭ އަންހެނުން ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ހދ. ފިނޭ ކަނބަލުންނަށް ހާއްސަކޮށް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ނައިބު ރައީސް ޝަކީބާ އަލީ ވިދާޅުވީ މި ޕްރޮގްރާމަކީ “ހަށިހެޔޮ ދުޅަހެޔޮ” ހަރަކާތުގެ ތެރެއިން 30 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް ކަމަށެވެ. ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 60 ބައިވެރިންނާއި އެކު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވ...