މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ފިނޭ (116 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
116 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިނޭގެ އެންމެ ފަހުގެ ޚަބަރުތައް

116 ޚަބަރުގެ ތެރެއިން
ފިޗުން ކްރެޑިޓް ރޭޓިން ދައްކުރީ ކުރީ ސަރުކާރުން ޚަރަދު ކުޑަނުކުރުމުން: ފިނޭންސް މިނިސްޓްރީ

ފިޗުން ކްރެޑިޓް ރޭޓިން ދައްކުރީ ކުރީ ސަރުކާރުން ޚަރަދު ކުޑަނުކުރުމުން: ފިނޭންސް މިނިސްޓްރީ

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރީ ކުރީ ސަރުކާރުން ވެރިކަމުގެ ދައުރު ނިމުނު އިރުވެސް ޚަރަދުކުޑަކުރުމަށް އަޅަންޖެހުނު މުހިއްމު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނީ ދައުލަތުގެ މާލީ ހާލަތާއި ފިސްކަލް ހިރާސްތަކާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ފިނޭންސުން ވަނީ އަމީރު މާލީ ވުޒާރާ ބަދުނާމުވާގޮތަށް ދައްކަވާފައިވާ ވާހަކަތަކާމެދު ހިތާމަކުރާކަމަށް...

އަޙްމަދު ވަހީދު
ފިނޭ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ފިނޭ

ފިނޭ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ފިނޭ ކައުންސިލް ޤުރުއާން މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ޤުރުއާން ހިތުދަސްކުރުމާއި ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ޤުރުއާނާ މެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި އާލާކުރުމެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރަހްމަތްތެރިކަން އުފެއްދުމަކީ ވެސް މި މުބ...

އިބްރާހިމް ޚަލީލް
ފިނޭގެ ޓޫރިޒަމް ޒޯނުން ބިމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި 📍 ހދ. ފިނޭ

ފިނޭގެ ޓޫރިޒަމް ޒޯނުން ބިމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ފިނޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް އަށް ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި ބިޑް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން ނިންމާފައި ވަނީ ގެސްޓް ހައުސް ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 6 ބިމެއް ކުއްޔަށް ދޫކޮށްލުމަށެވެ. އަދި 10000 (ދިހަހާސް) އަކަފޫޓުގެ 2 ބިމެއް ސިޓީހޮޓާ ވިޔަފާރިއަށް ދޫކުރުމަށެވެ. މި ބިންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 12:00 […]

އިބްރާހިމް ޚަލީލް
ފިނޭންސްގެ ފުރަތަމަ ފަންގިފިލާ މަރްޙޫމް މުޖުތަބާގެ ހަނދާނަށް ހާއްސަކޮށްފި

ފިނޭންސްގެ ފުރަތަމަ ފަންގިފިލާ މަރްޙޫމް މުޖުތަބާގެ ހަނދާނަށް ހާއްސަކޮށްފި

މިނިސްޓްރީ އޮފް ފިނޭންސްގެ ފުރަތަމަ ފަންގިފިލާ އެ މިނިސްޓްރީގެކުރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަލްމަރްޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނަށް ޙާއްޞަ ކޮށްފިއެވެ. މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވީ 29 ޖުލައި 2022 ގައެވެ. އޭނާ ނިޔާވީ އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީ ހޭދަކުރެއްވުމަށް ހުންނަވަނިކޮށް ކުއްލި ގޮތަކަށް ބަލިވެ، ހާލު ދެރަވުމާގުޅިގެން ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލްމަރުޙޫމް އަޙްމަދު މުޖުތަބާ އެ މިނިސްޓްރ...

ޙުސައިން ޝަހުދީ
ފިނޭގެ ޓޫރިޒަމް ޒޯނުން ބިމަށް ކުރިމަތިލާން ހުޅުވާލައިފި 📍 ހދ. ފިނޭ

ފިނޭގެ ޓޫރިޒަމް ޒޯނުން ބިމަށް ކުރިމަތިލާން ހުޅުވާލައިފި

ހދ. ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އެރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ނިންމާފައި ވަނީ 02 ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 106 ވަނަ ޖަލްސާގައެވެ. ފިނޭ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލައި މިއަދު އެރަށުގެ ކައުންސިލުން ކުރި ޢިއުލާންގައިވާގޮތުން އެ ރަށުން މިފަހަރު ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓޫގެ 7 ބިމާއި 10000 އަކަފޫޓޫގެ […]

ޔުމްނާ ޢަލީ
ނައިވާދޫ ބިން ހިއްކުމާއި ފިނޭ މަގު ހެދުން ބަޖެޓްގައި ހިމަނައިފި 📍 ހދ. ފިނޭ

ނައިވާދޫ ބިން ހިއްކުމާއި ފިނޭ މަގު ހެދުން ބަޖެޓްގައި ހިމަނައިފި

ހދ. ނައިވާދޫގެ ބިން ހިއްކުމާއި، އެ އަތޮޅު ފިނޭގެ މަގު ހެދުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައި ވެއެވެ. މި ގޮތުން ބޮޑު ތިލަދުންމަތިން ހދ. އަތޮޅުގެ ނައިވާދޫގެ ބިން ހިއްކުން މުޅިން […]

ޔުމްނާ ޢަލީ
ފިނޭ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކޮށްފި 📍 ހދ. ފިނޭ

ފިނޭ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކޮށްފި

މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސްތަކުގެ ތެރެއިން ހދ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕްރެގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބު ކޮށްފިއެވެ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބޭއްވީ އެ ކޮމެޓީއަށް އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރު ރަމްލާ އާދަމް އިސްތިއުފާ ދީފައިވާތީއެވެ. އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ޕީޕީއެމު...

ޔުމްނާ ޢަލީ
ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (2) 📍 ހދ. ފިނޭ

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (2)

ކުރީ އަދަދާއި ގުޅޭ:  މިހާލުކޮޅުގައި ކަތީބު ކަލޭފާނު އުޅުއްވިއިރު ވެސް ނަމާދަށް ޖަމާޢަތަށް ވަޑައިގަންނަވައެވެ. އެއްދުވަހަކު މެންދުރު ނަމާދަށް މިސްކިތަށް ވަޑައިގެންނެވުމަށް ގެއިން ނުކުންނަވާފައި ހިތްޕުޅަށް އަރާވަޑައިގަތެވެ. މިއަދު މެންދުރު ނަމާދަށް ވަޑައިގަންނަވާނީ ކުޑަ މިސްކިތަށެވެ. އެ މިސްކިތާ ވަރަށް ކައިރިއަށް ވަޑައިގެންނެވިތަނުން ގެއެއްގެ ގިފިލިތެރެއިން މީހަކު ހަނޑޫ ދޮންނަ އަޑުއިވިވަޑައިގެންފިއެވެ. އެ އަޑު ޖެހުމާއެކު ހީވީ ކަތީބު ކަލޭފާނުގެ ދެފައި ބިމުގައި ހައްޔަރު ވީ ހެންނެވެ. ދެކޮޅުންކުރެ ކޮޅ...

ޢަބްދުﷲ ސަޢީދު
ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (1) 📍 ހދ. ފިނޭ

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (1)

ފިނޭ ފަގީރު ކޮއި ނުވަތަ ލަންކާ ކަލޭފާނާ ބެހޭގޮތުން ކިޔާ އުޅެނީ އެއީ ހދ. ފިނޭއަށް އުރުނު ކަސަބުލަންކާގެ ނަވަކުން ވަޑައިގެންނެވި ވަލީވެރި ބޭކަލެއްކަމަށެވެ. ކަސަބުލަންކާއަކީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ކަމަށްބުނެވޭ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ނިސްބަތްވެ ވަޑައިގަންނަވާ މަޣުރިބުކަރަ (މޮރޮކޯ) ގެ އައްސޭރިފަށުގައި އޮންނަ ބޮޑު ސިޓީއެކެވެ. ލަންކާ ކަލޭފާނު ނުވަތަ ފިނޭ ފަގީރުކޮޔަކީ ކަނޑުމަތީގައި ކަޅުހިލަދައިގައި ދަތުރުކުރައްވައި، މަގުމަތީގައި ހެދިފައި ހުންނަ ވާރޭފެންކޯރުން ކަޅުބިލަ މަސްބޭނުންފަދަ...

ޢަބްދުﷲ ސަޢީދު
ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ފިނޭ

ފިނޭގައި ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައި ވަނީ މި ހިނގާ މެއި މަހުގެ ތެރޭގައެވެ. މި ކޯހުގައި ކޮންމެ ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ އެންމެ މަދުވެގެން ދިހަ ބައިވެރިން ހަމަވާ ނަމައެވެ....

އިބްރާހިމް ޚަލީލް
ސިޔާސީ ފަސް ޕާޓީއަކަށް 36 މިލިއަން ރުފިޔާ، ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވައިފި

ސިޔާސީ ފަސް ޕާޓީއަކަށް 36 މިލިއަން ރުފިޔާ، ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވައިފި

ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި ޝަރުތުރު ހަމަވާ 5 ޕާޓީއަށް ފައިސާ ދޫކުރުމަށް އެދިފައިވާ ކަމަށެވެ. އެމްއެންޕީ އަށް ފައިސާ ދޫކުރަން ފޮނުވިފައި ނުވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް އީސީ އިން ބުނެއެވެ. އެހެންނަމަވެސް އެއީ ކޮން މައުލޫމާތުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ. ސިޔާސީ ޕާޓީތައް ހިނ...

މުޙައްމަދު އަފްރާޙް
ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލަރ މުހައްމަދު އަހްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ. މި މަގާމަަށް، މުހައްމަދު އަހްމަދު ހަމަޖައްސާފައިވާއިރު، އޭނާ އެމްއެންޕީ އަށް ސޮއި ކުރައްވައި، ޕާޓީގެ މެންބަރޝިޕް ފޯމު ވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ހަވާލު ކޮށްފައެވެ. މުހައްމަދު އަހުމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދިސަރުކާރާއި އެކި ކ...

މުޙައްމަދު އަފްރާޙް
ފިނޭ ސްކޫލް ހިމެނޭހެން އިތުރު ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ހަވާލުކޮށްފި 📍 ހދ. ފިނޭ

ފިނޭ ސްކޫލް ހިމެނޭހެން އިތުރު ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ހަވާލުކޮށްފި

ހދ. ފިނޭ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ހިމެނޭހެން އިތުރު ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިގޮތުގައި ފިނޭ ސްކޫލް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 12,567,225.89 ރުފިޔާއެވެ. މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބ. ފުޅަދޫ ސްކޫލާއި، ސ. ހިތަދޫ ނޫރާނީ ސްކޫލްގައި އިމާރާތްތަކެއް އަޅަން ވެސް ހަވާލުކޮށްފައެވެ. މި...

ޔުމްނާ ޢަލީ
ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފިނޭގައި ބާއްވަނީ 📍 ހދ. ފިނޭ

ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފިނޭގައި ބާއްވަނީ

ތިލަދުންމަތީ ދެކުނުބުރީ ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޑިސެމްބަރ 1 ވަނަ ދުވަހުގެ ކުރިން ފިނޭ ކައުންސިލަށް ވަޑައިގެން ނުވަތަ އެ ކައުންސިލަށް ގުޅުއްވައި (6520027) ނަން ނޯޓް ކުރެއްވުމަށް އެ ފަރާތުން އެދިލައްވައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އީމެއިލް ކުރައް...

އިބްރާހިމް ޚަލީލް
ފިނޭ އާއި މުލީ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ފިނޭ

ފިނޭ އާއި މުލީ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ފިނޭ އާއި މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި […]

އަޙްމަދު ވަހީދު