މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ފިނޭ (116 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
116 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިނޭގެ އެންމެ ފަހުގެ ޚަބަރުތައް

116 ޚަބަރުގެ ތެރެއިން
ހަނިމާދޫގެ މައްޗަށް ފިނޭ ހޯދި މޮޅާއެކު ތިލަދެކުނު ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ފިނޭ

ހަނިމާދޫގެ މައްޗަށް ފިނޭ ހޯދި މޮޅާއެކު ތިލަދެކުނު ފުޓްސަލް މުބާރާތް ފަށައިފި

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025” އިއްޔެ ފަށައިފިއެވެ. ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުތައް ފަށާފައި ވަނީ އަންހެން ޑިވިޜަންގެ ބައިންނެވެ. މިގޮތުން ފުރަތަމަ ބައްދަލުކޮށްފައި ވަނީ ފިނޭގެ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) އާއި ހަނިމާދޫގެ ޓީމް ހަނިމާދޫއެވެ. މި މެޗު ފިނޭ ވަނީ 3-1 އިން ހަނިމާދޫގެ މައްޗަށް ކުރި ހޯދާފައެވެ. އަންހެން ޑިވިޜަންގެ ދެވަނަ މެޗެއް […]

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްސަލް މުބާރާތުގައި 14 ޓީމު، ހަނިމާދޫ-ފިނޭ މެޗުން މާދަމާ މުބާރާތް ފަށަނީ 📍 ހދ. ހަނިމާދޫ

ތިލަދެކުނު ފުޓްސަލް މުބާރާތުގައި 14 ޓީމު، ހަނިމާދޫ-ފިނޭ މެޗުން މާދަމާ މުބާރާތް ފަށަނީ

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ. ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ”ތިލަދުން” އަށް ވިދާޅުވީ، މި މުބާރާތަށް ނައިވާދޫ މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. މިގޮތުން މުބާރާތަށް ދަނޑު ތައްޔާރުކުރުމާއި، ޓީމުތަކަށް މަރުޙަބާ...

ޔުމްނާ ޢަލީ
ބޮޑުކުރި ފުލް މުސާރަ ލިބެން ފަށާނީ ޑިސެމްބަރު މުސާރައާއިއެކު: ފިނޭންސް

ބޮޑުކުރި ފުލް މުސާރަ ލިބެން ފަށާނީ ޑިސެމްބަރު މުސާރައާއިއެކު: ފިނޭންސް

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ (ޕޭ ހާމަނައިޒްކުރުމުގެ) ފުރިހަމަ ކުރިއެރުން ލިބެން ފަށާނީ މި އަހަރުގެ ޑިސެންބަރު މަހުގެ މުސާރައާއިއެކުގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ފިނޭނުންސުން ބުނެފައިވާއިރު، މިއީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާގޮތުގައި ނޮވެނ...

ޔުމްނާ ޢަލީ
ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ 📍 ހދ. ފިނޭ

ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ ފައިނަލު މެޗުތައް މިއަދު ކުޅޭނެއެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ދަނީ ނައިވާދޫގައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ […]

އިބްރާހިމް ޚަލީލް
ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ 📍 ހދ. ފިނޭ

ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ

އަންނަ 2026 އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފިނޭ ސްކޫލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ އެދުމަކީ ސްކޫލް ރީ-ލޮކޭޓްކުރުން ކަމަށާއި، މިއީ އަދި ސަރުކާރުން...

ޔުމްނާ ޢަލީ
ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ފިނޭ

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިރޭ  އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ފިނޭ ކައުންސިލްގެ ރައީސް އަދުނާން ޢަބުދުﷲ އެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ. ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި […]

ޔުމްނާ ޢަލީ
ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. ފިނޭ

ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ފިނޭގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއ...

ޔުމްނާ ޢަލީ
ފިނޭގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ފިނޭ

ފިނޭގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ފިނޭގައި އޭޓީއެމްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ބީއެމްއެލުން ބުނިގޮތުގައި ފިނޭގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާ...

ޔުމްނާ ޢަލީ
ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް 📍 ހދ. ފިނޭ

ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް

ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމައިދޭނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދުނު ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފިނޭ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފިނޭގައި މިވަގުތު...

ޔުމްނާ ޢަލީ
ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކުރުމަށް ފިނޭންސް އާއި ސިޓީސް މިނިސްޓްރީގެ މަޝްވަރާތަކެއް

ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކުރުމަށް ފިނޭންސް އާއި ސިޓީސް މިނިސްޓްރީގެ މަޝްވަރާތަކެއް

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގުޅިގެންނެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައިވަނީ ކައުންސިލުތަކަށް ބޭންކިންގ ސިސްޓަމްގެ ތެރެއިން ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. މީގެ އިތުރުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއް...

އަލީ އާދިލް
ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަަށް 📍 ހދ. ފިނޭ

ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަަށް

ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ފަހުގެ އަޕްޑޭޓް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ދީފިއެވެ. އެމްޓީސީސީއިން މައުލޫމާތު ދިންގޮތުގައި ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކުއޭ ވޯލް ބްލޮކް ލައިން އަދި ބަނދަރުގެ ބެސިން ހިއްކުމުގެ މަސައްކަތްތަކެވެ. އެގޮތުން ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ...

އައިޝަތު އައިނީ އާމިރު
ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ފިނޭންސްގެ ދަށަށް ބަދަލުކުރަށްވައިފި

ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ފިނޭންސްގެ ދަށަށް ބަދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށަށް ބަދަލުކުރައްވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. ރައީސް އޮފީހުން ބުނީ، މި ބަދަލު ގެނެވުނީ ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކުރެވުނު ދިރާސާތަކުގެ އަލީގައި ކަމަށެވެ. މި ދިރާސާތަކުން ދައްކާގޮތުގައި އިންޓަރނޭޝަނަލް ފައ...

ޔުމްނާ ޢަލީ
މުދާ ހިފައިގެން ދިޔަ ދޯންޏެއް ފިނޭ ނެރުމައްޗަށް އަރައިފި 📍 ހދ. ފިނޭ

މުދާ ހިފައިގެން ދިޔަ ދޯންޏެއް ފިނޭ ނެރުމައްޗަށް އަރައިފި

ހދ.ފިނެއަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް އެ ރަށު ނެރުމައްޗަށް އަރައިފިއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ފިނޭ ކައުންސިލްގެ ނައިބް ރައީސް ޖަވާޒާ ހުސެއިން ބުނީ އެ ރަށުގައި އަޅާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހިފައިގެން، އައި މުދާ އުފުލާ ދޯންޏެއް އެ ރަށުގެ ނެރުމައްޗަށް އަރައި ބީހިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި، ދޯނި ނެރުމައްޗަށް ބީހުނީ ހިކިދިޔައިގައި […]

އިބްރާހިމް ޚަލީލް
ފިނޭ ކައުންސިލް ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ފިނޭ

ފިނޭ ކައުންސިލް ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގެ ލޯގޯ ފައުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. ފިނޭ ކައުންސިލްގެ ލޯގޯއާއި ޔުނީފޯމް ކިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ޖޫންމަހު ވެސް އެ ކައުންސިލުން ވަނީ އުއުލާންކޮށްފައެވެ. އެ ކައުންސިލުން ބުނީ އަލުން ލޯގޯ ފަރުމާކުރަން ހުޅުވާލީ ފުރަތަމަ ކުރެވުނު އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ. މި ފުރުސަތުގެ ދަށުން ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއެއް ހުށަހަޅާ […]

އިބްރާހިމް ޚަލީލް
ފިނޭ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ 📍 ހދ. ފިނޭ

ފިނޭ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ހދ. ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ މި މަހުގެ 3 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 35,484.26 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 5,848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 219 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު