މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. މާފަރު (43 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
43 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މާފަރުގެ އެންމެ ފަހުގެ ޚަބަރުތައް

43 ޚަބަރުގެ ތެރެއިން
މާފަރު އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރަނީ 📍 ނ. މާފަރު

މާފަރު އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 4 ތަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ. އެ އެއާޕޯޓުގައި އަޅާ ޓްރާންސިޓް ހޮޓަލުގައި 47 ކޮޓަރި އަޅަން ވަނީ އެ ކުންފުނިން ނިންމާފައެވެ. އަދި މި ހޮޓާ ތަރައްގީކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށްވެސް މިހާރުވަނީ އިޢުލާންކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން އިތުރަށް ހާމަކުރެއްވިގޮތުގައި 4 ތަރީގެ ހޮޓަލެއްގެ ފެންވަރަށް ތަރައްގީ ކުރާ މި ޓްރާންސިޓް ހޮޓާގެ މަސަައްކަތް ކުރިއަށް...

އަޙްމަދު އަރުޝަމް
މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށްނަގައި 20000ރ ނެގި 2 މީހުން ދޫކޮށްލައިފި 📍 ނ. މާފަރު

މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށްނަގައި 20000ރ ނެގި 2 މީހުން ދޫކޮށްލައިފި

ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި ކެނދިކުޅުދޫ އޭ.ޓީ.އެމް އިން އެ ކާޑު ބޭނުންކޮށްގެން 20000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ގައި ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި އެވެ. މޯލްޑިވްސް ޕޮލިސް ސާރވިސް އިން މިމައްސަލަ އާއި ގުޅިގެން ވިދާޅުވީ މިމައްސަލަ މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 […]

އަލީ އާދިލް
މޯލްޑިވިއަން އިން މުމްބާއީ އާއި މާފަރާ ދެމެދު ޑައިރެކްޓް ފްލައިޓް ބާއްވަނީ 📍 ނ. މާފަރު

މޯލްޑިވިއަން އިން މުމްބާއީ އާއި މާފަރާ ދެމެދު ޑައިރެކްޓް ފްލައިޓް ބާއްވަނީ

މޯލްޑިވިއަން އިން އިންޑިއާގެ މުމްބާއީ އާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރުވެއްޖެއެވެ. އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މުމްބާއީ މާފަރުދަތުރުތައް ފަށާނީ އަންނަ މަހު 13ގައި ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މާފަރު އެއާޕޯޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރު ކުރާ އެއާޕޯޓެއް […]

އަޙްމަދު ވަހީދު
މާފަރު އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި 📍 ނ. މާފަރު

މާފަރު އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމް ގާއިމުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާރޕޯޓުގައި ބޯޑާ ކޮންޓްރޯލް ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މާފަރު ވައިގެ ބަނދަރުގައި މި ނިޒާމު ގާއިމުކުރުމާއިއެކު ރާއްޖޭގެ އިންޓަނޭޝަނަލް ފެންވަރުގެ ހުރިހާ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރުތަކުގައި މި ޚިދުމަތް ގާއިމް ކުރެވުނީ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައިވެއެވެ. މާފަރުގައި ތަރައްޤީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ނިޒާމް ޤާއިމް ކުރުމުގެ މަސައް...

އިބްރާހިމް ޚަލީލް
މާފަރު އެއާޕޯޓު ކޯވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި 📍 ނ. މާފަރު

މާފަރު އެއާޕޯޓު ކޯވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި

ނ. މާފަރުގައި ތަރައްޤީކޮށް ފައިވާ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޯވިޑް ޓެސްޓް ސެންޓަރު މިއަދު ހުޅުވައިފިއެވެ. އެ ސެންޓަރު ހުޅުވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރު ވެރިކަމަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މާފަރު އެއާޕޯޓު އޮތް ސަރަހައްދަކ...

ޔުމްނާ ޢަލީ
މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި 📍 ނ. މާފަރު

މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިނިސްޓްރީ އޮފް ފިނޭންސްއިން އިތުރުކޮށްފިއެވެ. މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކުރުމަށް ނިންމާފައިވަނީ އެ މަޝްރޫޢު ޑިޒައިންކޮށް، އިންޖިނިއަރިންގެ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަންގެ މަސައްކަތާއި، އަދި ޕްރޮކިއުމަންޓުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރ އަމިއްލައަށް ކުރާ ގޮތަށެވެ. މި މަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވ...

އަލީ އާދިލް
އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ: އެމްޕީ ހާރޫން 📍 ނ. މާފަރު

އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ: އެމްޕީ ހާރޫން

މާފަރު އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ދިން ލަފަޔާމެދު މަނަދޫ ދާއިރާގެ މެންބަރުގެ އަހުމަދު ހާރޫން ހިތްގަމަނުޖެހުން ފާޅުކުރައްވައިފިއެވެ. ނ. މާފަރު އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމާގުޅޭ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމާމެދު އީޕީއޭއިން ދިން ލަފަޔާމެދު ހިތްހަމަ ޖެހިވަޑައިނުގެން ޝުއޫރު ފާޅު ކުރައްވާ މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ނ.މާފަރު ފަޅުން ވެލި ނެގުން ނުހުއްޓުވުނު ކަމަށެވެ. އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ ކަމަށް ވާކަމަށާއި، މާލެ ކައިރީ ރި...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓު ބޮޑުކުރަން އީޕީއޭއިން ހުއްދައެއް ނުދިން 📍 ނ. މާފަރު

މާފަރު އެއާޕޯޓު ބޮޑުކުރަން އީޕީއޭއިން ހުއްދައެއް ނުދިން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަނުދޭން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން  ނިންމައިފިއެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ނުފެންނަކަމަށް އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ […]

އަލީ އާދިލް
މާފަރު އެއަރޕޯޓު ވެގެންދާނީ ނ އަތޮޅުގެ "ރަންބިސް އަޅާ ކުކުޅަށް": ކައުންސިލް ރައީސް 📍 ނ. މާފަރު

މާފަރު އެއަރޕޯޓު ވެގެންދާނީ ނ އަތޮޅުގެ "ރަންބިސް އަޅާ ކުކުޅަށް": ކައުންސިލް ރައީސް

މާފަރު އެއަރޕޯޓް ވެގެންދާނީ ނ އަތޮޅުގެ ރަންބިސް އަޅާ ކުކުޅަށް ކަމަށް މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވެއްޖެއެވެ. ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ “ތިލަދުން” އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. މާޖިދު އިތުރަށް ވިދާޅުވީ މިއެއަރޕޯޓަކީ މިރަށު ރައްޔިތުންގެ އިތުރުން ނ އަތޮޅުގެ ރައްޔިތުންވެސް ވަރަށް ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއްކަމަށާއި މިހުވަފެން ހަގީގަތަކަށް ވެގެންދާއިރު މިހުވަފެނުގެ ހަގީގީ ކުލަ ޖެހިގެން ދާތީ މާފަރު ރައްޔިތުންނާއި ނ އަތޮޅު ރައްޔިތުން މިކަމަށް ނ...

ހުސައިން ހަބީބް
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވައިފި 📍 ނ. މާފަރު

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވައިފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ނުވަތަ “މިއާ” ރަސްމީކޮށް ހުޅުވައިފި އެވެ. މިއަދު މިއެއާޕޯޓް ހުޅުވައިދެއްވީ މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މާފަރު އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެސްވެފަ އެވެ. ނ އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ނ އަތޮޅު ރިސޯޓް ތަކުގެ މެނޭޖަރުންވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިރަސް...

ޔުމްނާ ޢަލީ
މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި 📍 ނ. މާފަރު

މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި

މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. މިއަދު 09:00 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މޯލްޑިވިއަންގެ ޝެޑިއުލް ފުލައިޓް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދުގެ 09:40 ގައެވެ. މާލެއިން މާފަރަށް ދިއުމަށް ނަގަނީ 40 މިނެޓެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް މާފަރަށް މިއަދު ހެނދުނު ފެށިފައިވާއިރު އެކަން...

ޔުމްނާ ޢަލީ
މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ 📍 ނ. މާފަރު

މާފަރު އެއަރޕޯޓްގެ އޮޕަރޭޝަން 1 ޑިސެމްބަރުގައި ފަށަނީ

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްގީ ކުރި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސް، ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަންނަމަހު އެއްވަނަ ދުވަހު އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓުން ފަށާނެކަމަށްވެސް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި...

ފާތިމަތު ސިނާޒާ
ނ. މާފަރުން މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި 📍 ނ. މާފަރު

ނ. މާފަރުން މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ނ.އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 14 ވަނަ ދުވަހުގެ 10:33 އެހައިކަންހާއިރު މާފަރު ބަނދަރު ސަރަޙައްދުންނެވެ...

އިބްރާހިމް އަސްވާޤް