📍 ނ. މާފަރު
''މާފަރުން ފެނުނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން''
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުން ޖަނަވާރެއް ފެނިގެން އިއްޔެ އާންމުވި ވީޑިއޯއިން ފެންނަނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން ކަމަށް މާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. މާފަރު ކައުންސިލުން މިއަދު ވިދާޅުވީ، އެރަށު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއްކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިން ބެލިބެލުމުން މިހާތަނަށް މިނިކާވަގެއްފަދަ ޖަނަވާރެއް ފެނިފައެއް ނުވެއެވެ. އަދި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް ސިފައިނ...