މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
އެސްޓީއޯއިން ކޮމަންޑޫ ސިއްހީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފި 📍 ށ. ކޮމަންޑޫ

އެސްޓީއޯއިން ކޮމަންޑޫ ސިއްހީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ސީީއެސްއާރު ގެ ދަށުން ށ. ކޮމަންޑޫ ސިއްޙީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފިއެވެ. އެ މަރުކަޒުން “ތިލަދުން” އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމަރުކަޒުގެ އެތެރެއާއި ބޭރުގެ ކުލަ އައު ކުރުމަށް ބޭނުންވާ ކުލައާއި ދޮރުތަކާއި ދޮރުފަތްތަކުގައި ލުމަށް ބޭނުންވާ ދަވާދު އިއްޔެ އެމަރުކަޒަށް ވަނީ ލިބިފައެވެ. އެގޮތުން އަންނަ މާރޗް މަސް ތެރޭގައި ކުލަ ލުމުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށްވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ. އެސްޓީއޯއާއި އާއި […]

އައިޝަތު ނަސާޔާ
ރާޝިދުގެ ކެމްޕޭނަށް ދެ ރައީސުން ކޮމަންޑޫ ދާއިރާއަށް 📍 ށ. ކޮމަންޑޫ

ރާޝިދުގެ ކެމްޕޭނަށް ދެ ރައީސުން ކޮމަންޑޫ ދާއިރާއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި އެވެ. މިގޮތުން ދެ ރައީސުން މިއަދު ފުރަތަމަ ވަޑައިގެންފަނީ ކޮމަންޑޫ ދާއިރާގެ ކޮމަންޑޫއަށެވެ. ދެ ރައީސުންނަށް އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެ ދާއިރާގެ ފޯކައިދޫ ވެސް ވަނީ ދެ ރައީސުންނަށް މަރުޙަބާ ކިޔުމ...

ޝިއުނާ އާދަމް
ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހިންގަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް، ފަތުރަނީ ދޮގު މައުލޫމާތެއް: ކޮމަންޑޫ ކައުންސިލުން 📍 ށ. ކޮމަންޑޫ

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހިންގަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް، ފަތުރަނީ ދޮގު މައުލޫމާތެއް: ކޮމަންޑޫ ކައުންސިލުން

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހިންގަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށާއި، އެ މަސައްކަތާއި ގުޅުވައިގެން ފަތުރަނީ ސައްހަނޫން މައުލޫމާތެއް ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފިއެވެ. މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެ ކައުންސިލްގެ 4 މެންބަރުން ސޮއިކޮށް މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާއަ...

ޔުމްނާ ޢަލީ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: 3349 ވޯޓު ކަރުދާސް ޗާޕުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: 3349 ވޯޓު ކަރުދާސް ޗާޕުކޮށްފި

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް 3349 ވޯޓް ކަރުދާސް ޗާޕް ކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފައިވާ ގޮތުގައި ވޯޓް ކަރުދާސް ޗާޕް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޗާޕްހާނާއެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އީސީން އާންމުކޮށްފައިވާއިރު، ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރ...

އައިޝަތު ނަސާޔާ
ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އިގްތިސޯދީގޮތުން ފުދުންތެރި ބަޔަކަށް ހަދައިދޭނަން: ނާޒިމް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އިގްތިސޯދީގޮތުން ފުދުންތެރި ބަޔަކަށް ހަދައިދޭނަން: ނާޒިމް

ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރަށްޔިތުންނަކީ އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ހަދައިދެއްވާނެ ކަމަށާއި، އެކަން ކޮށްދޭނީ ވެސް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަމަށް އެ ޕާޓީގެ ރައީސް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕޭން ޖަގަހާގައި ރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުން ނާޒިމް ވިދާޅ...

އަލީ އާދިލް
ފަތުހީ، ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތް ކުރަންޖެހޭ: މޫކޭ 📍 ށ. ކޮމަންޑޫ

ފަތުހީ، ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތް ކުރަންޖެހޭ: މޫކޭ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ މޫސާ ފަތުހީ އާދަމް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް “އަނިޔާއިން” ސަލާމަތްކުރަންޖެހޭ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް އެމްޑީޕީގެ ފ...

އަލީ އާދިލް
ކޮމަންޑޫ ދާއިރާގައި އެމްޑީޕީން ދަނީ ވައުދު ފުއްދާނެކަން ދައްކަމުން، ހޮވަންވީ ރާޝިދު: އަލީ ހަމީދު 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގައި އެމްޑީޕީން ދަނީ ވައުދު ފުއްދާނެކަން ދައްކަމުން، ހޮވަންވީ ރާޝިދު: އަލީ ހަމީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ)އިން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަމުންދާތަން މިއަދު ފެންނަމުންދާއިރު، އެ ޕާޓީން އެ ދާއިރާގެ ރައްޔިތުންނަށް އެ ޔަގީން ކޮށްދެނީ ވައުދެއްވެއްޖެނަމަ ފުއްދާނެކަން ކަމަށާއި، އެހެންކަމުން އެ ވައުދުތައް ފުއްދުމަށް އެހީތެރިވުމަށް ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި އެ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ހޮވަންޖެހޭކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މަޖިލިސް މެންބަރު، ރައްޔިތުންގެ މަޖިލީހު...

އަލީ އާދިލް
މެޖޯރިޓީ ދިނާމަ "ކުޅުނީ ބަތްކަކާ"، އިތުރު ގޮނޑިއެއް ދޭންޖެހޭ ސަބަބެއްނެތް: ސިދާތާ 📍 ށ. ކޮމަންޑޫ

މެޖޯރިޓީ ދިނާމަ "ކުޅުނީ ބަތްކަކާ"، އިތުރު ގޮނޑިއެއް ދޭންޖެހޭ ސަބަބެއްނެތް: ސިދާތާ

ރައްޔިތުންގެ މަޖިލީހުގެ ސްޕާ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން “ކުޅުނީ ބަތްކައްކާ” ކަމަށާއި، އިތުރު ގޮނޑިއެއް އެޕާޓީއަށް ދޭންޖެހޭ ސަބަބެއް ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ނައިބު ރައީސް، މި ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕެއިން ޖަގަހައިގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ސިދާތާ ވިދާޅުވީ، ހަންނާނަކ...

ޝިއުނާ އާދަމް
ކޯވިޑްގެ ސަބަބުން ފާއިތުވި އަހަރު ހިންގަން ރޭވި ގިނަ ހަރަކާތްތަކަކަށް ހުރަސް އެޅުނު: ކޮމަންޑޫ ޑަބްލިއުޑީސީ 📍 ށ. ކޮމަންޑޫ

ކޯވިޑްގެ ސަބަބުން ފާއިތުވި އަހަރު ހިންގަން ރޭވި ގިނަ ހަރަކާތްތަކަކަށް ހުރަސް އެޅުނު: ކޮމަންޑޫ ޑަބްލިއުޑީސީ

ފާއިތުވި 2021 ވަނަ އަހަރު ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކެއް ހިންގިފައި ނުވަނީ އެ ރަށުގައި ކޯވިޑްގެ ހާލަތު ގޯސްވެ މޮނީޓަރިންގެ ހާލަތުގައި ގިނަ ދުވަސްތަކެއް އޮންނަން ޖެހުމުން ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރުގެ ލަނޑުދަނޑުތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަކޮށްފިއެވެ. އެ ކޮމެޓީން ފާއިތުވި އަހަރު ހިންގުމަށް ގިނަ ހަރަކާތްތަކެއް ރާވާފައި ވީ ނަމަވެސް، އެ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ ހަ ހަރަކާތެއް...

އިބްރާހިމް ޚަލީލް
ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫ ސިއްޚީ މަރުކަޒަށް އޭސީއާއި، ޓީވީއެއް ހަދިޔާކޮށްފި 📍 ށ. ކޮމަންޑޫ

ފެނަކައިގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫ ސިއްޚީ މަރުކަޒަށް އޭސީއާއި، ޓީވީއެއް ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ ސިއްޚީ މަރުކަޒަށް 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފިއެވެ. މިއީ އެ މަރުކަޒުގެ ވާޑް އަޕްގުރޭޑް ކުރުމަށް ބޭނުން އެހީތެރިކަމެކެވެ. އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި ފެނަކައިން އެމަރުކަޒާއި ހަވާލުކޮށްފައި ވަނީ އިއްޔެއެވެ. އަދި އެކަމަށްޓަކައި އެމަރުކަޒުން ވަނީ ދިވެހި ސަރުކާރަށާއި ފެނަކާގެ އިސްވެރިންނަށް އެމަރުކަޒާއި އެރަށުގެ ރައްޔިތުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން ވަނީ...

އައިޝަތު ނަސާޔާ
ރާޝިދުގެ ކެމްޕޭން ޖަލްސާއެއް މިރޭ ކުނޫޒްގައި 📍 ށ. ކޮމަންޑޫ

ރާޝިދުގެ ކެމްޕޭން ޖަލްސާއެއް މިރޭ ކުނޫޒްގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް ބާއްވާ ކެމްޕޭން ޖަލްސާއެއް މިރޭ މާލޭގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މި ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ މިރޭ 21:00 ގައެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު “ތިލަދުން”އަށް ވިދާޅުވީ މި ޖަލްސާއަކީ ރާޝިދަށް ތާއީދު ހޯދައިދިނުމުގެ ގޮތުން ޖޭޕީން އިސްނަގައިގެން ބާއްވާ ޖަލްސާއެކެވ...

އަލީ އާދިލް
ދެ ކޮމަންޑޫ ގުޅުވާލަން މަހާ ޖައްރާފު ގެންގޮސްފި، މިރޭ މަސައްކަތް ފަށާނެ 📍 ށ. ކޮމަންޑޫ

ދެ ކޮމަންޑޫ ގުޅުވާލަން މަހާ ޖައްރާފު ގެންގޮސްފި، މިރޭ މަސައްކަތް ފަށާނެ

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު، މަހާ ޖައްރާފު ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ލިބިފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން […]

އަޙްމަދު ވަހީދު
ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ހަވާލު ކޮށްފި

ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ހަވާލު ކޮށްފި

ށ.ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. ފެނަކައާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ހަ މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލު ކުރި އަގު މިނިސްޓްރީން ހާމަ ކޮށްފައި ނުވެއެވެ. މަ...

އަޙްމަދު ވަހީދު
މަރްޙޫމް ޙުސައިންގެ ޚިދުމަތަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ: ސައުދު 📍 ށ. ކޮމަންޑޫ

މަރްޙޫމް ޙުސައިންގެ ޚިދުމަތަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ: ސައުދު

އަވަހާރަވެފައިވާ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަކީ ކޮމަންޑޫ ދާއިރާއަށާއި، އެމްޑީޕީއަށް ވަރަށް ބޮޑު ޚިދުމަތެއް ކުރަށްވާފައިވާ ހުންނެވި ގިނަ ބަޔެއްގެ ލޯތްބާއި އިޚްތިރާމް ހޯއްދެވި ބޭފުޅެއް ކަމަށާއި، މަރްޙޫމް ޙުސައިން ޚިދުމަތް އަގުވަޒަންކޮށް، ޙުސައިންގެ ޝަރަފަށްޓަކައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށް ވެރިކަންކުރާ އިއްތިހާދުގެ ދެވަނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީން ރޭ ގެނެސްދިން “ފަލަ ސުރުޚީ” ޕްރޮގްރާމްގައި...

އަލީ އާދިލް
ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަން: ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަން: ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި

އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ)އިން އާންމު ކޮށްފިއެވެ. ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ ކޮމަންޑޫ ދާއިރާގެ މީހުންނާއެކު، އެ ދާއިރާގައި 3،309 މީހަކަށް މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާކަމަށް މި ލިސްޓުން ދައްކައެވެ. އީސީން ވަނީ މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި […]

ޔުމްނާ ޢަލީ