މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
ރާޝިދު ހުވާ ކުރައްވައިފި 📍 ށ. ކޮމަންޑޫ

ރާޝިދު ހުވާ ކުރައްވައިފި

މިމަހުގެ 5 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، މުހައްމަދު ރާޝިދު، މެންބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ. އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާޝިދަށް މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. މިިރަސްމިއްޔާތުގައި ރައްޔި...

ޔުމްނާ ޢަލީ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވި: ޝިޔާމް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވި: ޝިޔާމް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވިކަން ވަރަށް ސާފުކަން އެނގެން އެބައޮތްކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ. ފަނޑ...

އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ޢިއުލާން ކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީއިން ވަނީ ހަމަ އެރޭ ރޭޢިއުލާން ކޮށްފައެވެ. މިއަދު ޢިއުލާންކުރި ދާއިމީ ނަތީޖާއާއި، ވަގުތީ ނަތީޖާގެ ތަފާތެއް ނެތެވެ. މިގޮތުން އީސީން މިއަދު ޢިއުލާން ކުރި ދާއިމީ ނަތީޖާގައި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، […]

ޝިއުނާ އާދަމް
ކޮމަންޑޫ ދާއިރާ ކާމިޔާބުކުރީ ރާޝިދު 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ކާމިޔާބުކުރީ ރާޝިދު

މިއަދު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑީޑޭޓް މުހަމަދު ރާޝިދު އެވެ. ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަން އާއި ވާދަ ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. ނަތީޖާ އެންމެ ވާދަ ވެރިކޮން ދިޔައީ މިދެކެނޑިޑޭޓުންގެ މެދުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ. މިހާތަނަށް ނަތީޖާ ނުލިބި […]

އަލީ އާދިލް
ކޮމަންޑޫ ދާއިރާ ވަގުތީ ނަތީޖާ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ވަގުތީ ނަތީޖާ

ރާޝިދު ފަތުހީ ހަންނާން ރަށް ފޮށި # 161 95 41 މަރޮށި C9.1 1 144 152 37 ކޮމަންޑޫ -1 C11.1 2 159 92 64 ކޮމަންޑޫ -2 C11.2 3 225 200 12 ފޯކައިދޫ -1 C7.2 4 195 201 13 ފޯކައިދޫ -2 C7.1 5 280 242 88 މާލެ – 1 T0.1 6 237 179 68 މާލެ – 2 T0.2 […]

ތިލަދުން
ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަން: ވޯޓުލުން ކުރިއަށް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަން: ވޯޓުލުން ކުރިއަށް

ފޯރިގަދަ ކެމްޕޭނަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކުރިއަށް ދާނެއެވެ. މީގެތެރެއިން 15:00 އިން 16:00 ޚާއްޞަކޮށްފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށާއި، ކަރަންޓީނު ކުރެވިފައިވާ މީހުން ވޯޓު ލުމަށެވެ. ކޮމަންޑޫގެ 1 ނަމްބަރު ވޯޓު ފޮށީގައި ވޯޓުލުން ފަށާފައި ވަނީ 8:03 އެވެ. 2 ނަންބަރު ފޮށީގައި ވޯޓުލުން ފެށީ 8:02 ގައެވެ. ފޯކައިދޫ 1 އަދި […]

ޔުމްނާ ޢަލީ
ސިޔާސީ ތަޖުރިބާ އެންމެ ބޮޑީ ރާޑޯ، އެއީ އެންމެ ރަނގަޅު ޗޮއިސް: ހުސައިން އަރީފް 📍 ށ. ކޮމަންޑޫ

ސިޔާސީ ތަޖުރިބާ އެންމެ ބޮޑީ ރާޑޯ، އެއީ އެންމެ ރަނގަޅު ޗޮއިސް: ހުސައިން އަރީފް

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ކުރެ އެންމެ ސިޔާސީ ތަޖުރިބާ ބޮޑީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ހުސައިން އަރީފް (ހުސެންބެ) ވިދާޅުވެއްޖެއެވެ. ރާޑޯއަށް ތާއިދުކުރާކަން ހާމަކޮށް ހުސެންބެ ކުރެއްވި ޓްވީޓެއްގައި ވަނީ ރާޑޯއަކީ އެ ގޮނޑިއަށް އެންމެ ރަނގަޅު ޗޮއިސް ކަމަށް ވިދާޅުވެފައެވެ. ހުސައިންބެ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެ...

އަލީ އާދިލް
އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލުހޯދައިދޭނަން: ހަންނާން 📍 ށ. ކޮމަންޑޫ

އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލުހޯދައިދޭނަން: ހަންނާން

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދީފިނަމަ، އެ ދާއިރާގެ އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދިނުމަކީ އެންމެ އިސްކަންދޭނެ އެއްކަންތައް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ހަންނާން ނުކުމެހުންނެވީ ކޮމަންޑޫ ދާއިރާއަށް ތަސައްވުރެ އެކުލަވާލައި، އެކަން ޕްލޭން ވެސް ކުރަށްވައިގެންކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާގެ ތަސައްވުރ...

ޝިއުނާ އާދަމް
ހެޔޮވެރިކަމަށް ޖާގަދިނުމަށް ވޯޓު އަޅަންވީ ރާޝިދަށް: ނަޝީދު 📍 ށ. ކޮމަންޑޫ

ހެޔޮވެރިކަމަށް ޖާގަދިނުމަށް ވޯޓު އަޅަންވީ ރާޝިދަށް: ނަޝީދު

ހެޔޮވެރިކަމަށް ޖާގަދިނުމަށް ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށްޔިތުންނަށް ވެސް ވޯޓު އަޅަންވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް އިއްޔެ ފޯކައިދޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވާދަވެރިން ފާހަގަވާ...

އަލީ އާދިލް
ކޮމަންޑޫ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި

ށ. ކޮމަންޑޫ ބޭރުގައި އޮންނަ “ދޮށިމަސްކަނދު” އަލުން އަޅައިފި އެވެ. މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ކަނދުފަތި އަލުން އަޅާފައިވާ ކަަމަށް ވިދާޅުވެފައެވެ. ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން އެ މަސައްކަތް ނިންމާލާފައި ވަނީ މިއަދު ހެނދުނުއެވެ. މި ކަނދުފަތި އޮންނަނީ ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ދުރުމިނުގައިވާ ސަރަހައްދެއްގައެވެ. ކެނޑިފައިވާ ކޮމަންޑޫ #ދޮށިމަސްކަނދު، (ކ...

ޔުމްނާ ޢަލީ
ކޮމަންޑޫ ދާއިރާގެ ނިންމުން ވަނީ އަޅުވެތިކަމާއި، ވަތަންގެ ހިމާޔަތާއި ގުޅިފައި: ލަތީފް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ނިންމުން ވަނީ އަޅުވެތިކަމާއި، ވަތަންގެ ހިމާޔަތާއި ގުޅިފައި: ލަތީފް

ކޮމަންޑޫ ދާއިރާއިން މާދަމާ ނިންމާ ނިންމުން ވަނީ ރާއްޖޭގެ އަޅުވެތިކަމާއި، ވަތަނާއި، ދީނުގެ ހިމާޔަތާއި ގުޅިފައިވާ ނިންމުމެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ޓްވީޓާ މެދުވެރިކޮށް ޝުއޫރުފާޅު ކުރައްވަމުން މިހާރު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރަށްވާ ލަތީފް ވިދާޅުވީ، މާދަމާ ކޮމަންޑޫ ދާއިރާ ރައްޔިތުންގެ ނިންމުން ވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އުންމީދާ ގުޅިފައިކަމަށެވެ. “އެއީ އަޅުވެތިކަމާ، ވަތަނާއި، އިސްލާމް ދީނުގެ ހިމާޔަތާ ގުޅިފައިވާ ނިންމުމެއް،...

އަލީ އާދިލް
ރައްޔިތުން އެދެނީ ފުދުންތެރި ދިރިއުޅުމަކަށް، މިހިރީ އެކަން ކޮށްދޭން: ހަންނާން 📍 ށ. ކޮމަންޑޫ

ރައްޔިތުން އެދެނީ ފުދުންތެރި ދިރިއުޅުމަކަށް، މިހިރީ އެކަން ކޮށްދޭން: ހަންނާން

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ ފުދުންތެރި ދިރިއުޅުމަކަށް އެދިއެދިކަމަށާއި، އޭނާ ނުކުންނެވީ އެ ރައްޔިތުންގެ އަޑު އެހުމަށްފަހު އެކަންކޮށްދޭން ކަަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ޙަންނާނުގެ މާލޭ ކެމްޕޭން ޖަގަހާގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާނު ވިދާޅުވީ، އޭނާ ނުކުމެ ހުންނެވީ ކޮމަންޑޫ ދާއިރާއަށް އަދި ޚާއްޞަކޮށް...

ޝިއުނާ އާދަމް
ބައި އިލެކްޝަން ނައިނަމަ، ކޮމަންޑޫ އޮތް ދިމާލަަށް މިސަރުކާރުން ބަލާވެސް ނުލާނެ: ފަތުހީ 📍 ށ. ކޮމަންޑޫ

ބައި އިލެކްޝަން ނައިނަމަ، ކޮމަންޑޫ އޮތް ދިމާލަަށް މިސަރުކާރުން ބަލާވެސް ނުލާނެ: ފަތުހީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނައިނަމަ، ކޮމަންޑޫ އޮތް ދިމާލަަށް މިސަރުކާރުން ބަލާވެސް ނުލާނެކަމަށް އެދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަހްތީ އާދަމް ވިދާޅުވެއްޖެ އެވެ. ފަތުހީ މިމޭރުމުން ވިދާޅުބީ އިއްޔެ ކޮމަންޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާ ވާހަކަ ދައްކަވަމުން ނެވެ. ކޯލިޝަންގެ އިސް ލީޑަރުން ކޮމަންޑު ދާއިރާގައި ކެންޕެއިން ކުރައްވަމުން ގެންދަވަނިކޮން ޕީޕީއެމްއިން ބޭއްވި އެ ޖަލްސާގައި ފަތުހީ ވިދާޅުވީ މަރުހޫމް ހުސެއިން ވަހީދުގެ އަވަހާރަވުމާ ގުޅިގެން ކޮމަންޑޫ ދާއިރާގެ ބައި އި...

އަލީ އާދިލް
ރާޝިދަށް ވޯޓު ދޭންޖެހެނީ ކޮމަންޑޫ ދާއިރާއާއި، މުޅި ގައުމުގެ ލާބައަށްޓަކައި: ޤާސިމް 📍 ށ. ކޮމަންޑޫ

ރާޝިދަށް ވޯޓު ދޭންޖެހެނީ ކޮމަންޑޫ ދާއިރާއާއި، މުޅި ގައުމުގެ ލާބައަށްޓަކައި: ޤާސިމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓު ދޭންޖެހެނީ ކޮމަންޑޫ ދާއިރާއާއި، މުޅި ގައުމުގެ ލާބައަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް މިއަދު ކޮމަންޑޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސީމް ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައ...

އަލީ އާދިލް
ކުރިއަށް ދާންވީ ރާޝިދާއެކު، ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއްނެތް: ރައީސް 📍 ށ. ކޮމަންޑޫ

ކުރިއަށް ދާންވީ ރާޝިދާއެކު، ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއްނެތް: ރައީސް

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށާއި، ކުރިއަށް ދާންވީ ކުރިން ވެސް ޚިޔާރުކުރި އެމްޑީޕީގެ ފިކުރުގައި ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް މިއަދު ކޮމަންޑޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، 2019 ވަނަ އަހަރު ކޮމަންޑޫ ދާއިރާގެ...

އަލީ އާދިލް