މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި 📍 ށ. ކޮމަންޑޫ

މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ށ. މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިއަދު އއ. އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހު ގެ ސަރުކާރަކީ އިންތިޚާބަށް ކަޑަ ޖަހާ ސަރުކާރެއް ނޫންކަން މިފަދަ ޕްރޮޖކެްޓުތައް އިތުބާރާއެކި ނިންމަމުން ދާތީ ރައްޔިތުން ގަބޫލުކުރާ ކަމަށ...

އަޙްމަދު ވަހީދު
އިހަވަންދޫ ބިން ހިއްކައި ނިންމާލުމަށްފަހު، ޑްރެޖަރު ކޮމަންޑޫ ބިން ހިއްކަން! 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބިން ހިއްކައި ނިންމާލުމަށްފަހު، ޑްރެޖަރު ކޮމަންޑޫ ބިން ހިއްކަން!

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއްވެސް ސައިޓަށް ގެންދެވި އަންލޯޑް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ 75 އިންސައްތަ ނިމިފައިވާ ކ...

އަޙްމަދު ވަހީދު
ކޮމަންޑޫ ޖެޓީގައި ޖެހި ތޮޔޮ ބޯޓެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ޖެޓީގައި ޖެހި ތޮޔޮ ބޯޓެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ

ށ. ކޮމަންޑޫ ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، ތެޔޮ ބޯޓެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް އެރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ތެޔޮ ޕޯޓެއް ޖެހި އެ ބޯޓު އަޑިއަށް ދާތީ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ބޯޓަކީ އެރަށަށް ތެޔޮ ހިފައިގެން ގޮސްފައި އޮތް އެފްއެސްއެމްގެ ތެޔޮ ބޯޓެކެވެ. މި ހާދިސާގައި އެ ބޯޓު ވަނީ ފަޅައިގެން ގޮސްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ […]

ޔުމްނާ ޢަލީ
ދެވަނަ ދައުރުގައި މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅައިދޭނަން: ރައީސް 📍 ށ. ކޮމަންޑޫ

ދެވަނަ ދައުރުގައި މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅައިދޭނަން: ރައީސް

ދެވަނަ ދައުރުގައި ދެ ކޮމަންޑޫ ގުޅާލާއި، މަތިކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ސާލިހުގެ ދެވަނަ ދައުރެއްގައި ކޮމަންޑުއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާ، އެރަށުގެ ރައްޔިތުން އެދޭގޮތަށް ކޮމަންޑޫ ކައިރީ އޮންނަ ކުޑަފަރުގައި އެއަރޕޯޓެއް ތަ...

މުޙައްމަދު އަފްރާޙް
ކޮމަންޑޫ ރައްޔިތުން އެދުނު ގޮތަށް ކުޑަފަރުގައި އެއާޕޯޓް އަޅައިދޭނަން: ރައީސް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ރައްޔިތުން އެދުނު ގޮތަށް ކުޑަފަރުގައި އެއާޕޯޓް އަޅައިދޭނަން: ރައީސް

ށ. ކޮމަންޑޫ ރައްޔިތުން އެދިފައިވާ ގޮތަށް އެރަށް ކައިރީ އޮންނަ ކުޑަފަރުގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުގައި އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން ކޮމަންޑޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން...

ޔުމްނާ ޢަލީ
ރައީސް ކެމްޕޭން ފައްޓަވަން ށ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކޮމަންޑޫ 📍 ށ. ކޮމަންޑޫ

ރައީސް ކެމްޕޭން ފައްޓަވަން ށ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކޮމަންޑޫ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ކެމްޕޭނަށް ފުރަތަމަ ވަޑައިގަތީ ށ. ކޮމަންޑޫ އަށެވެ. ރައީސް މިއަދު އެރަށަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އ...

ޔުމްނާ ޢަލީ
ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ 📍 ށ. ކޮމަންޑޫ

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

ށ. ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް މިއަންނަ އޯގަސްޓު މަހު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކާ ދެރަށް ގުޅާލުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން މިހާރުވަނީ މަތި ކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ ތައްޔާރީތައް ވެސް ފަށާފައެވެ. އެމްޓީސީސީ އިން ބުނީ ހިއްކާ ސަރަޙައްދ...

މުޙައްމަދު އަފްރާޙް
ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީއާއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމްއެވެ. މި މަޝްރޫއު ހިންގުމަށް ހަރަދުކުރުމ...

އަޙްމަދު ވަހީދު
ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ކޮމަންޑޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަން މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީއާ ކިލޯމީޓަރ އިންޖިނިއަރިންގ ޕްރައިވެޓް ‏ލިމިޓެޑްއާއެކު މިއަދު ސޮއިކޮށްފައިވާއިރު، ިކަމަށް ބޭއްވި ބައްދަލުވުމުގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. ކޮމަންޑޫ ޞިއްޙީ މަ...

ޔުމްނާ ޢަލީ
ނަޝީދު އުޅުއްވަނީ އަމިއްލަ އެދުމާހެދި: ރާޝިދު

ނަޝީދު އުޅުއްވަނީ އަމިއްލަ އެދުމާހެދި: ރާޝިދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީގޮތުން ކުރިމަތިވެވަޑައިގެން ކަންކަމަކީ އަމިއްލަ އެދުމާހުރެ ކުރިމަތިވެވަޑައިގަތްކަންކަން ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ރާޝިދު މިހެން ވިދާޅުވީ، ‘’ހަސަން ކުރުސީ’’ ނަމުގައި ޓްވީޓާގައި ހަރަކާތްތެރިވާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ’’ހަސަން ކުރުސީ’’ އަކީ ރައީސް ނަޝީދު ކަމަށް ނުވަތަ ރައީސް ނަޝީދާއި ގާތްގުޅުމެއް އޮންނަ މީހެއްކަމަށް ބައ...

ޔުމްނާ ޢަލީ
ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރަން ކުނި މެނޭޖުކުރުމާ ބެހޭ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއެވެ. މި އިސްލާހު ހުށަހެޅުއްވީ ރާއްޖެއަށް ކުނި އެތެރެކުރުމާ ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކުރުމުގެ ގޮތުން، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުމަށް ކަމަށް އެ އިސްލާހުގައި ބުނެފަވެއެވެ. މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެ...

މުޙައްމަދު އަފްރާޙް
މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ޖިއޯ ޓެކްނިކަލް ސާވޭ ނިންމާލައިފި

މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ޖިއޯ ޓެކްނިކަލް ސާވޭ ނިންމާލައިފި

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ސާވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ބަލާފައިވާ ކަމަށެވެ. އަދި، ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަ...

އަޙްމަދު ވަހީދު
ކޮމަންޑޫ ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ށ. ކޮމަންޑޫގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

އަޙްމަދު ވަހީދު
ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއ...

މުޙައްމަދު އަފްރާޙް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް