📍 ށ. ކޮމަންޑޫ
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާ ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ކޮމަން...