📍 ށ. ކޮމަންޑޫ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ބުރާސްފަތި ދުވަހުގެ ރޭ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 21:00 ގައިކަމަށެވެ. އެކަން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އިންތިޚާބާބެހޭ ޤައުމީ...