މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި 📍 ހއ. ކެލާ

ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި

ހއ. ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކެލާ ޞިއްހީ މަރުކަޒާއި، ޝެއިޚް އިބްރާހީމް ސްކޫލާއި، އަދި އިންސްޓްރަކްޓަރ އަހްމަދު ޝާމް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިއްޔެ ފެށި މި ޕްރޮގްރާމްގައި ފުރަތަމަ ސެޝަންގައި ދުޅަހެޔޮ ސިއްހަތާއި ހެދި ބޮޑުވުމާއި ގުޅޭ މައުލޫމާތު ދެއްވީ ކެލާ ސިއްހީ މަރުކަޒުގެ ހެޑް ނާރސް ސިރްމީލާ މުހައްމަދުއެވެ. އަދި އިންޓޮރޮޑަކްޓަރީ ސެލްފް ޑިފެންސް [...

ޝިއުނާ އާދަމް
ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

މި ސަރުކާރާއެކު ތިބެ، ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ ކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އަންނަ މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީ ވަނީ ދެ ފަޅިވެފައެވެ. އެ އިންތިޚާބުގައި އެންމެ ވާދަ ވެރިކަން ބޮޑީ ޗެއާޕާސަންގެ މަޤާމެވެ. އެ ޕާޓީ ދެފަޅި ވެފައިވާއިރު އެއް ފަޅިއަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް […]

އަލީ އާދިލް
ކެލާ ބަނދަރުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރަނީ 📍 ހއ. ކެލާ

ކެލާ ބަނދަރުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރަނީ

ހއ. ކެލާ ބަނދަރު ހުޅަނގުކޮޅުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން ކެލާ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް 1500 އަކަފޫތުގެ ދެ ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ. މި ބިންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގައެވެ. […]

އިބްރާހިމް ޚަލީލް
އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ: އިބްރޭ 📍 ހއ. ކެލާ

އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ: އިބްރޭ

ބޯމަތިވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް މިނިވަންކަމާއެކު، ގަދަރާއެކު ވޯޓް ދެވެން ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީގެ ތެރޭގައި ވަނީ ވަރަށް ފޯރި ގަދަ ވެފައެވެ. ޕާޓީ ދެ އަތަށް ކަފިވެފައިވާއިރު، ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި “ފިނި ހޫނުމިން” އެކި ވަގުތު ހުރީ އެކި މިނުގައެވެ. މި ފޯރީގައި އެކަކު އަނެކަކަށް އިނގިލިދިއްކޮށް، އިލްޒާމް އެޅުވުމުގެ […]

އަލީ އާދިލް
"ގްރީން ޓެކްސްއިން ބައެއް ރަށްރަށަށް ޚަރަދުކުރެވޭ ގޮތަށް އޮތުން މުހިންމު" 📍 ހއ. ކެލާ

"ގްރީން ޓެކްސްއިން ބައެއް ރަށްރަށަށް ޚަރަދުކުރެވޭ ގޮތަށް އޮތުން މުހިންމު"

ފަތުރުވެރިކަން ގާއިމުވެފައިވާ ރަށްރަށުން ޚިދުމަތް ހޯދާ ފަތުރުވެރިންގެ އަތުން ނެގޭ ގްރީން ޓެކްސްއިން ބައެއް އެ ރަށްރަށުގެ ވޭސްޓް މެނޭޖްމެންޓާއި، ތިމާވެށްޓާއި، ފަރަށް ލިބޭ ގެއްލުންތަކާއި އަދި މިނޫން ވެސް ތިމާވެއްޓާއި ގުޅުން ހުރި ކަންކަމަށް ޚަރަދު ކުރެވޭ ގޮތަށް ޤާނޫނު އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވ...

އަލީ އާދިލް
އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ 📍 ހއ. ކެލާ

އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، އެ ޕާޓީން ރައްޔިތުންނާއި ހަމައަށް ގެނެސްދިން މެނިފެސްޓޯއާއެކީ ރައްޔިތުން އެދޭ، ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށެވެ. އޭނާ ފާހ...

އަލީ އާދިލް
ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފި 📍 ހއ. ކެލާ

ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފި

ހއ. ކެލާ ކައުންސިލްގެ ލޯގޯ އާއި މޯބައިލް އެޕްލިކޭޝަން އިފްތިތާޙް ކޮށްފިއެވެ. ކެލާ ކައުންސިލުން ބުނެފައިވާ ގޮތުގައި މިއެޕްލިކޭޝަން އިފްތިތާހް ކޮށްފައި މިވަނީ މިކަމަށްޓަކައި ކެލާ ފެހިބިން ސަރަހައްދުގެ ހިތްފަސޭހަ މާހައުލުގައި ރޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން މިރަސްމިއްޔާތުގައި މޯބައިލް އެޕްލިކޭޝަންގެ އިތުރުން ކެލާ ކައުންސިލްގެ ވެބްސައިޓާއި ލޯގޯ ގެ އިތުރުން އެކައުންސިލް މުވައްޒަފުންގެ ޔުނީފޯމް އާއި ސްޓާފުންގެ އައިޑީކާޑްވެސް މި ހަފްލާގައި ވަނީ ހަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތު...

އައިޝަތު ނަސާޔާ
ޖެއްސުންކޮށްގެން މައްސަލަ ހައްލެއްނުވާނެ، އިދިކޮޅުން ކަންކުރާގޮތުން ދަތިވޭ: އިބްރޭ 📍 ހއ. ކެލާ

ޖެއްސުންކޮށްގެން މައްސަލަ ހައްލެއްނުވާނެ، އިދިކޮޅުން ކަންކުރާގޮތުން ދަތިވޭ: އިބްރޭ

ސިއްހީ ދާއިރާގައި ކުރިމަތިވާ މައްސަލަތައް ހައްލުވާނީ ސަރުކާރަށް ޖެއްސުންނުކޮށް އެންމެންވެސް އެކަމާއި އުޅިގެންކަމަށާއި، އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން އެކަން ހައްލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ތަޅުމުގައި އިއްޔެ ވާހަކަ...

އަލީ އާދިލް
އަނބިމީހާއަށް އަނިޔާކުރި ކެލާ މީހަކު 9،000 އިން ޖޫރިމަނާ 📍 ހއ. ކެލާ

އަނބިމީހާއަށް އަނިޔާކުރި ކެލާ މީހަކު 9،000 އިން ޖޫރިމަނާ

އަނބިމީހާއަށް އަނިޔާކުރި ހއ. ކެލާ މީހަކު 9،000ރ. އިން ޖޫރިމަނާ ކުރަން ހައި ކޯޓުގެ އުތުރު ގޮފިން ހުކުމްކޮށްފި އެވެ. ކެލާއަށް ނިސްބަތްވާ އެ މީހާ އަނިޔާކުރީ އޭނާ 2015 ވަނަ އަހަރު ކައިވެނިކޮށްގެން އުޅުނު ހއ. ތަކަންދޫ އަންހެނަކަށެވެ. އެ މީހުންގެެ ކައިވެނި މިހާރު އޮތީ ރޫޅިފަ އެވެ. އޭނާ އަނބިމީހާގެ ގައިގައި އަތުން ޖަހައި، އަނިޔާކުރީ ދެ މީހުންގެ ދެމެދުގައި 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ޒުވާބަކަށްފަހު އެވެ. އެކަން ކުރުމަށްފަހު އެހެން […]

ހުސައިން ހަބީބް
ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ.ކެލާ ކައުންސިލްގެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އެ ރަށު ފުޓްސަލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ފުރުޞަތު ކުންފުނި ޕާޓްނަރޝިޕް ލޯކަލް އިންވެސްޓްމަންޓް، އަމިއ...

އިބްރާހިމް ޚަލީލް
ފަރަށް އެރި ކެލާ ސަވާރީ ބޯޓުގައި ތިބި 19 މީހަކު މާލެ ގެނެސްދީފި 📍 ހއ. ކެލާ

ފަރަށް އެރި ކެލާ ސަވާރީ ބޯޓުގައި ތިބި 19 މީހަކު މާލެ ގެނެސްދީފި

ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ކެލާ ސަވާރީ ބޯޓު ރޭ މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އަރާފައިވާއިރު، އެމްއެންޑީއެފުން އެ ބޯޓުގައި ތިބި 19 މީހަކު މިއަދު މާލެ ގެނެސްދީފިއެވެ. ސަވާރީ ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް […]

ޔުމްނާ ޢަލީ
ކެލާއިން 2000 ރުއް ނަގައި ބޭރުކުރާކަމަށް ބުނެ ފަތުރަނީ ދޮގެއް: ކައުންސިލް

ކެލާއިން 2000 ރުއް ނަގައި ބޭރުކުރާކަމަށް ބުނެ ފަތުރަނީ ދޮގެއް: ކައުންސިލް

ހއ. ކެލާއިން 2000 ރުއްނަގައި ބޭރުކުރާކަމަށް ބުނެ ބްލޫ ޕީސް ކިޔާ ޖަމިއްޔާއަކުން ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ޖަމިއްޔާގެ މިއަމަލު ކުށްވެރިކޮށް ކެލާ ކައުންސިލްގެ ރައީސްއާއި ނައިބްރައީސް ހިމެނޭހެން އެ ކައުންސިލްގެ ފަސް މެމްބަރުން ސޮއިކޮށް އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މިވަގުތު ޕޮލިސްޓޭޝަން އެޅުމަށް ބޭނުންވާ ބިން އަލިކުރުމުގެ މަސައްކަތާއި އެ ރަށުގެ ދަނޑުބިމުގެ ބައުންޑަރީ ސާފުކުރުމާއި އަދި ގެސްޓް […]

އިބްރާހިމް ޚަލީލް
މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ 📍 ހއ. ފިއްލަދޫ

މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ)، ކެލާ ދާއިރާގައި ހިމެނޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންނާއި މެމްބަރު އިބްރޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މާރިޗް މަހުގެ 5 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. ފިއްލަދޫ އެކައުންސިލުން ވަނީ މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި ބައްދަލު...

އައިޝަތު ނަސާޔާ
ކެލާއިން 33 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތަށް 262 ފޯމް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާއިން 33 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތަށް 262 ފޯމް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ހއ. ކެލާއިން ދޫކުރުމަށް ހަމަޖެހިފައިވާ 33 ބަންޑާރަ ގޯއްދަށް އެދުނު ފަރާތްތަކުގެ ނަންތައް އާއްމުކޮށްފިއެވެ. ކެލާ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ  އެކައުންސިލުން އާއްމުކޮށްފައިވާ ނަންތަކުގެ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ 08 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ހުށައެޅުމަށެވެ. އެރަށުން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި 33 ފުރުޞަތަށް އެދި ޖުމްލަ 262 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، […]

އައިޝަތު ނަސާޔާ
ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި 📍 ހއ. ކެލާ

ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި

ހއ. ކެލާގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަރަށް ފޯރިއާއިއެކު ކުރިއަށް ދިޔަ މި ހަރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ރަށުގެ ހުޅަނގު ފަރާތު( މަތިފަރާތް)ގެ 0.8 ކިލޯ މީޓަރު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެ ސަރައްދުން 1.5 ޖަމްބޯ ބޭގްގެ ކުނި ނަގާފައިވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ފުއްޓަރު ފަރާތުގެ […]

ޔުމްނާ ޢަލީ