މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ކެލާ ކަނޑޫފަލުގެ ހާލަތު ރަނގަޅު ކުރުމަށް އައު ގަސް އިންދުމުގެ ޕްރޮގްރާމެއް 📍 ހއ. ކެލާ

ކެލާ ކަނޑޫފަލުގެ ހާލަތު ރަނގަޅު ކުރުމަށް އައު ގަސް އިންދުމުގެ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ކެލާގައި އޮންނަ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ ކަނޑޫފާގެ ހާލަތު ރަނގަޅު ކުރުމަށް އެތަނުގައި އަލުން ގަސް އިންދުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ކެލާ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު މިދިޔަ ހުކުރު ދުވަހު ވަނީ އައު ގަސް އިންދުމުގެ ކުރިއަށް އެތަނުގައިހުރި މަރުވެ ހިކިފައިވާ ގަސްތައްނަގައި ސާފު ކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށ...

އިބްރާހިމް ޚަލީލް
ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާ ރައީސުންގެ އިންތިޚާބު: ކެލާ ދާއިރާއަށް ވާދަކުރާ މަންޗި ގެ ތާއީދު ޣާލިބަށް 📍 ހއ. ކެލާ

ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާ ރައީސުންގެ އިންތިޚާބު: ކެލާ ދާއިރާއަށް ވާދަކުރާ މަންޗި ގެ ތާއީދު ޣާލިބަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ކުރިއަށް އޮތް ދާއިރާ ރައީސުންގެ އިންތިޚާބުގައި، ކެލާ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ މުޙައްމަދު ވަހީދު (މަންޗި)، އެ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ އަޙްމަދު ޣާލިބަށް ތާއީދު ކުރަން ނިންމައިފިއެވެ. ފިއްލަދޫ އަށް ނިސްބަތްވާ މަންޗި، ވަށަފަރަށް ނިސްބަތްވާ، އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ސެނެޓް ގައި ހިމެނޭ ޣާލިބަށް ތާއީދުކުރިކަން ހާމަކޮށް ބުނެފައި ވަނީ، ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަން ދާއިރާތަކުގެ އިންތިހާބުގައި ކެލާ ދާއިރާގެ ހާލަތަށް ވިސްނައި، ރައީސް ޔާމީން 2023...

އަލީ އާދިލް
ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ކެލާ ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ އިން ކުރައްވާފައިވާ އިއުލާނު ގައި ވިދާޅުވެފައިވަނީ އެރަށު ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އ...

މުޙައްމަދު އަފްރާޙް
ޔާމީން، މަސްވެރިންނަށް ވީ ވައުދު ނުފުއްދަވާ ކަމަށް ވިދާޅުވެ، އިބްރޭގެ ފާޑުކިޔުން

ޔާމީން، މަސްވެރިންނަށް ވީ ވައުދު ނުފުއްދަވާ ކަމަށް ވިދާޅުވެ، އިބްރޭގެ ފާޑުކިޔުން

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި މަސްވެރިންނަށް ވީ ވައުދު ފުއްދެވުނުތޯއާއި، އަލުން ވެރިކަން ދޭންވީތޯ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ސުވާލު އުފައްދަވައިފިއެވެ. ރައީސް ޔާމީން މިހާރު ބޮޑު ތިލަދުން މައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ހއ. ކެލާ އަށް ވަޑައިގެންފައެވެ. އަދި ރޭ ވަނީ އެ ރަށުގައި ޖަލްސާ އެއް ބާއްވާފައެވެ. ”ކެލާ ވެސް ޕީޕީއެމް” ނަމުގައި ބޭއްވި މި ޖަލްސާގައި ޔާމީން ވަނީ ސަރުކާރުން މަސްވެރިންނަށް އިޙްމާލް […]

އަލީ އާދިލް
ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއ...

މުޙައްމަދު އަފްރާޙް
ކެލާ، އިނގުރައިދޫ އަދި މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާ، އިނގުރައިދޫ އަދި މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި

ހއ. ކެލާ، ރ. އިނގުރައިދޫ އަދި ނ. މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 11 އޮކްޓޫބަރު އިން 19 އޮކްޓޫބަރު އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު ދޭއް ޖެހުމާއި ހަމައަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ  https://bandeyripay.finance.gov.mv މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް […]

މުޙައްމަދު އަފްރާޙް
''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' ފަށައިފި 📍 ހއ. ކެލާ

''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' ފަށައިފި

ހއ. ކެލާ ޔޫތު ފޯރަމުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށެވެ. އެއީ އަންހެން ބަޔާއި ފިރިހެން ބަޔެވެ. މިއީ އެ ޖަމިއްޔާއިން އަންހެން ބޭފުޅުންނަށް ބާއްވާ 4 ވަނަ މުބާރާތެވެ. ފިރިހެން ބޭފުޅުންނަށް ބާއްވާ 6 ވަނަ މުބާރާތެވެ. މި މުބާރާތުގެ އަންހެން ބައިގައި އިއްޔެ ބައްދަލުކުރީ ވަށަފަރު ޓީމާއި ދިއްދޫ ރިއަލް ޓީ ސްޕޯޓްސް ކްލަބެވެ. މި […]

ޔުމްނާ ޢަލީ
ކެލާގައި އަލަށް ހެދި ކުނިކޮށި ބޭނުންކުރަން ފަށައިފި 📍 ހއ. ކެލާ

ކެލާގައި އަލަށް ހެދި ކުނިކޮށި ބޭނުންކުރަން ފަށައިފި

ހއ.ކެލާ އިރުމަތި ފަރާތުގައި އަލަށް ހެދި ކުނިކޮށި (ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރ) މިއަދު ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. އަލަށް ހެދި ކުނިކޮށި މިއަދު ބޭނުން ކުރަން ފެށުމާއިއެކު، ކުރިން ބޭނުން ކުރަމުން ދިޔަ ކުނިކޮށްޓައް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުން މިހާރު ވަނީ ކެލާ ކައުންސިލުން މަނާ ކޮށްފައެވެ. ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް ބާވަތެއްގެ އެއްޗެއް މިއަދުން ފެށިގެން ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ފިޔަވައި އެހެން […]

އިބްރާހިމް ޚަލީލް
ކެލާގައި ބާއްވާ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާގައި ބާއްވާ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ ކުރިއަށް އޮތް އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ދާރުލް ޤުރުއާން ގުޅިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކޮންމެ ހަފްތާއަކު (ބްރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ކިޔަވައި ދިނުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑް ކޮޕ...

އިބްރާހިމް ޚަލީލް
ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ 📍 ހއ. ކެލާ

ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ

ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައިފިއެވެ. މިކަމާއި ގުޅިގެން އެމްއެންޑިއެފް އިން ވިދާޅުވީ ނޮޅިވަރަންފަރު ނެރުމައްޗަށް “ސަވާރީ” ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން 19:34 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެ ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށް ވެސް ވިދާޅުވި އެވެ. މި ހާދިސާއާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ނޮޅިވަ...

އިބްރާހިމް ޚަލީލް
"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ 📍 ހއ. ކެލާ

"ސަމާޒް ކެލާ ސްޕަރ ލީގު 2022" މިއަދު ފަށަނީ، ޗެމްޕިއަން ޓީމަށް 30000 ރުފިޔާ

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ސަމާޒް ކެލާ ސްޕަރ ލީގު 2022” ފުޓްބޯޅަ މުބާރާތް މިއަދު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތް މިއަދު ހަވީރު ކެލާ ފުޓްބޯޅަ ދަނޑުގައި ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިސެންޑޯ ޑި ސިންކޫއާއި ޓީއޯ ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމް ތަކަކީ ކިހައްޑިހަ އެފްސީ، ވިސެންޑޯ ޑި ސިންކޫ، ކެލާ ވެޓެރަންސް […]

އިބްރާހިމް ޚަލީލް
ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، މޮނިއުމެންޓް ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވާނެ ޖެހޭނެކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށ...

އިބްރާހިމް ޚަލީލް
ކެލާގައި ގެސްޓް ހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ބިން ލިބުނު ފަރާތްތަކަށް އެގާރަ ބިމެއް ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާގައި ގެސްޓް ހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ބިން ލިބުނު ފަރާތްތަކަށް އެގާރަ ބިމެއް ހަވާލުކޮށްފި

ހއ. ކެލާގައި ޓްއަރިސްޓް ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހއ. ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި މި ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް […]

ސަނިއްޔާ އަބޫބަކުރު
އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ: ކެލާ ކައުންސިލް 📍 ހއ. ކެލާ

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކުރުން ބަލައެއް ނުގަނެވޭނެ: ކެލާ ކައުންސިލް

ކީރިތި ރަސޫލާ ﷺ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ހއ. ކެލާ ކައުންސިލުން ކުށްވެރިކޮށްފިއެވެ. އެކަން ކުށްވެރިކޮށް ކެލާ ކައުންސިލްގެ ފަސް މެންބަރުން އިއްތިފާގުވެ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މާތްވެގެންވާ އިސްލާމްދީނާއި، މާތް ރަސޫލާ އަށް ފުރައްސާރަކޮށް ހިންގާ އެއްވެސް ޢަމަލެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ޚިލާފަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ ﷺ  ގެ...

މުޙައްމަދު ވަސީމް
ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް!

ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް!

ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބުރޭ) ކިޔައިދެއްވައިފި އެވެ. އިބުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖްލިސް އިންތިހާބަށްފަހު މިސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަމަށާއި ކޯވިޑް19ގެ ދަތި އުނދަގޫ ތަކާ އަދި މިޑް ޓާމް ތެރޭ އޮތް ސަރުކާރަކާ ބަލާ މިލިބުނު ކާމިޔާބީއަކީ ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމުގަ އެވެ. މިއީ، މިސަރުކާރު ވަކިން ހާއްސަކޮށް ޕާޓީގެ […]

އަލީ އާދިލް