މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
އިބްރޭގެ މައްޗަށް ކުރި ހޯދައި ޣާލިބް ކެލާ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފި 📍 ހއ. ކެލާ

އިބްރޭގެ މައްޗަށް ކުރި ހޯދައި ޣާލިބް ކެލާ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފި

މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ކެލާ ދާއިރާގެ ޓިކެޓް ވަށަފަރަށް ނިސްބަތްވާ އަހްމަދު ޣާލިބް ކާމިޔާބުކޮށްފިއެވެ. ޣާލިބް ޓިކެޓް ކާމިޔާބު ކުރީ އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ދާއިރާގެ ފޮށިތަކުން އިބްރޭ އަށް ލިބުނީ 140 ވޯޓެވެ. އަދި ޣާލިބް ވަނީ 165 ވޯޓު ހޯދާފައެވެ. މި ދާއިރާގެ ހަތަރު […]

ޔުމްނާ ޢަލީ
ރިޝްވާން ނަން ނެގުމުން ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ 📍 ހއ. ކެލާ

ރިޝްވާން ނަން ނެގުމުން ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ

ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހަޅާފައިވާ އަޙްމަދު ރިޝްވާން / ޢާލަމް ، ހއ. ދިއްދޫ، ނަން އަނބުރާ ގެންދިޔުމުން އެ ދާއިރާގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. ހޮނިހިރު ދުވަހު އޮންނަ މި ޕްރައިމަރީގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިޝްވާން އޭނާގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އެމްޑީޕީން މިއަދު ބުންޏެވެ. ރިޝްވާން ނަން ނެގީ ވޯޓު ކަރުދާސް ވެސް ޕްރިންޓްކުރި ފަހުން ނެވެ. އެހެންކަމުން މިއިންތިޚާބުގައި ރިޝްވާންގެ ނަމާއި ދިމާލުގައި ފާހަގަޖަހާ ވޯޓުތައް […]

ޔުމްނާ ޢަލީ
ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެ: އިބުރޭ

ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެ: އިބުރޭ

ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އިބްރޭ މިހެން ވިދާޅުވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ހޮވުމުން، އިބްރޭ ސަރުކާރަށް ”ވައްބަހުން ޖެއްސެވީ” އަންނަ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށް ބ...

ޔުމްނާ ޢަލީ
ކެލާ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީ އަަކަށް އަރުޝަތު 📍 ހއ. ކެލާ

ކެލާ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީ އަަކަށް އަރުޝަތު

ހއ. ކެލާ ކައުންސިލްގެ، ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަރުޝަތު އައްބާސް ހަމަޖައްސައިފިއެވެ. ތިލަދުންމަތީގެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީއެމް ހަމަޖެއްސިކަން އެ ކުންފުނީގެ ބަލަދުވެރިފަރާތް، ކެލާ ކައުންސިލުން ހާމަކުރީ އިއްޔެއެވެ. އަރުޝަތަކީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެއްދެވުމުގެ އިތުރުން އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީ އިން ބެޗްލާސް އޮފް ކޮމާސް، ސްޕެސެލައިޒް އިން ޓްރެވަލް އެންޑް ޓޫރިޒަމް ހައްދަވާފައިވާ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބަކަށް ކެލާ ދާއިރާ މެންބަރު އިބްރޭ 📍 ހއ. ކެލާ

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބަކަށް ކެލާ ދާއިރާ މެންބަރު އިބްރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު ހޮވައިފިއެވެ. އިބްރޭ އެ މަގާމަށް ހޮވުނީ މިއަދު އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު ހޮވުމުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި ވާދަކުރައްވައެވެ. މިއަދުގެ އެ އިންތިޚާބުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 50 މެންބަރަކު ވޯޓުލާފައި ވެއެވެ. މިއަދު މެންދުރުފަހު 14:00ގައި ފެށި އެ އިންތިޚާބުގައި، އިބްރޭ […]

ޙުސައިން ޝަހުދީ
އުތީމުގައި ސްޓޭޓް ހައުސްއެއް އަޅައި، ކެލާގެ ބަނދަރު އަޕްގްރޭޑް ކުރުން ބަޖެޓުގައި 📍 ހއ. ކެލާ

އުތީމުގައި ސްޓޭޓް ހައުސްއެއް އަޅައި، ކެލާގެ ބަނދަރު އަޕްގްރޭޑް ކުރުން ބަޖެޓުގައި

ހއ. އުތީމުގައި ސްޓޭޓް ހައުސްއެއް އަޅައި، އެ އަތޮޅު ކެލާގެ ބަނދަރު އަޕްގްރޭޑް ކުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެ ދެރަށުގައި މުޅިން އަލަށް ފަށާ މަޝްރޫޢުތަކުގެ ގޮތުގައި ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢު ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު، މީގެ ތެރ...

ޔުމްނާ ޢަލީ
ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް ރިޝްވާން ވާދަކުރަނީ 📍 ހއ. ކެލާ

ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް ރިޝްވާން ވާދަކުރަނީ

އަންނައަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އަހްމަދު ރިޝްވާން ވާދަކުރައްވަން ނިންމަވައިފިއެވެ. އެގޮތުން އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި އޭނާ ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އޭނާއަކީ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެކެވެ. ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ތައާރަފްވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވި ފުރަތަމަ ފަހަރުހއ އަތޮޅު ކައުންސިލް ރައީސްކަން ވެސް ކުރައްވާފައިވާ ރިޝްވާން، ސިޔާސީ މައިދާ...

މުޙައްމަދު އަފްރާޙް
ފެނިގެންދަނީ ތިމާގެކަމުގެ ތެރެއިން ރާވައިގެން މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަން: އިބްރޭ

ފެނިގެންދަނީ ތިމާގެކަމުގެ ތެރެއިން ރާވައިގެން މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަން: އިބްރޭ

ފެނިގެންދަނީ ޑިމޮކްރަސީގެ ނަމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ރާވައިގެން ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތަންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ”ތާށިވެފައި” ވަނިކޮށް އެކްސްގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. ނަޝީދުގެ މައްސަލަ އިއްޔެއާއި މިއަދަށ...

ޔުމްނާ ޢަލީ
ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތު ކުރުމަށް އިބުރޭ އައު ދައުރަކަށް ކެލާ ގޮނޑިއަށް ވާދަކުރައްވަނީ 📍 ހއ. ކެލާ

ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތު ކުރުމަށް އިބުރޭ އައު ދައުރަކަށް ކެލާ ގޮނޑިއަށް ވާދަކުރައްވަނީ

ކެލާ ދާއިރާގައި ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތުކޮށް، ޒިންމާދާރު އިދިކޮޅު މަޖިލިސްމެމްބަރެއްގެ ގޮތުގައި ހުރުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީ 2024 ގައި ވާދަކުރަން ނިންމަވައިފިއެވެ. އައު ދައުރަކަށް ގޮނޑި ކާމިޔާބު ކުރުމުގެ މަސައްކަތަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިބްރޭ ހާމަކުރެއްވީ މީސް މީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ. އިބްރޭގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ކެލާ...

ޔުމްނާ ޢަލީ
ޣާލިބު ކެލާ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ 📍 ހއ. ކެލާ

ޣާލިބު ކެލާ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ކެލާ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާ އެކަން ޢިއުލާންކޮށްފިއެވެ. ޣާލިބާއެކު އޭނާ އަށް ތާއީދުކުރާ ޕިޕީއެމްގެ މެމްބަރުންތަކެއް މިހާރުގެ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާ ގުޅުނީ މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި […]

ޔުމްނާ ޢަލީ
ކެލާ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ: އިބުރޭ 📍 ހއ. ކެލާ

ކެލާ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ: އިބުރޭ

ހއ. ކެލާ ދާއިރާގެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެކަމުގެ އިހުސާސް ކުރެއްވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކެލާ ދާއިރާގެ ތިން ރަށުގެ ތަރައްގީއަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވި އަދި އެކަމުގެ ސަބަބުން އެރަށް ރަށުގެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށާއި އުންމިދުތަކަށް ހެޔޮބަދަލުތަކެއް އައިސްފައިކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ. ކެލާ ދާއިރާގައި އެރަށުގެ އިތުރުން...

މުޙައްމަދު އަފްރާޙް
ކެލާ ޝައިޚް އިބްރާހީމް ސްކޫލުގެ ތިން ބުރީގެ އިމާރާތް އަޅަން ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާ ޝައިޚް އިބްރާހީމް ސްކޫލުގެ ތިން ބުރީގެ އިމާރާތް އަޅަން ހަވާލުކޮށްފި

ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލުގެ 03 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ހަވާކުކޮށްފައިވަނީ ވޭވްލެންތް ޕަރައިވެޓް ލިމިޓެޑާއެވެ. މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓާ ނައުޝާދު އިބްރާހީމް އެވެ. ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިސްމާއިލް ޖަލީލް އެވެ. އެޑިއުކޭޝަން މިނިސްޓް...

މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމައްޗަށް ގެންނަ "ބޮޑުބަދަލުގެ" ކުރީ ސަފުގައި ކެލާ ހިމެނޭނެ: ރައީސް 📍 ހއ. ކެލާ

ބޮޑު ތިލަދުންމައްޗަށް ގެންނަ "ބޮޑުބަދަލުގެ" ކުރީ ސަފުގައި ކެލާ ހިމެނޭނެ: ރައީސް

ބޮޑު ތިލަދުންމައްޗަށް ގެންނަ “ބޮޑުބަދަލުގެ” ކުރީ ސަފުގައި ކެލާ ހިމެނޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް މިހާތުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެލައަށް ވަޑައިގެންބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެރަށް މިއަދާއި ހަމައަށް ކުރިނާރާ އޮތް ސަބަބު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރަކުން ކުރަން ޖެހޭ ކަންތައްތައް ނުކޮށް...

މުޙައްމަދު އަފްރާޙް
ހޯރަފުށި، ކެލާ އަދި ކޭއާރުއެޗު ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި، ކެލާ އަދި ކޭއާރުއެޗު ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފި

ހއ. ހޯރަފުށި ހެލްތު ސެންޓަރާއި ކެލާ ހެލްތު ސެންޓަރު އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީ “ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރިއެމްބިއުލާންސެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ އެ ތިންތަބުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސ...

މުޙައްމަދު އަފްރާޙް
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ކެލާ މީހަކު ނިޔާވެއްޖެ 📍 ހއ. ކެލާ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ކެލާ މީހަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހއ. ކެލައަަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހއ. ކެލާ، ސީސާންގެ އަލީ ގާސިމް ކަމަށެވެ. އަދި އެއީ އުމުރުން 81 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަދީނާގައި ހުންނަ ހޮޓަލުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހައިތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ނ. ހޮޅުދޫ، […]

މުޙައްމަދު އަފްރާޙް