މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
📍 ހއ. ކެލާ

ކެލާ ހިމެނޭހެން ހަ ރަށެއްގެ މަގު ހެދުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ހަވާލުކޮށްފި

ހއ. ކެލާ ހިމެނޭހެން ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް ކިޔާ ބަޔަކާއެވެ. މަގު ހެދުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ހަވާލުކުރި 6 ރަށް ހއ. ކެލާ ރ. އަލިފުށި ރ. ހުޅުދުއްފާރު މ. މުލި ލ. ގަން ތ. ގުރައިދޫ 3.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ […]

އަލީ އާދިލް
ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެ: ކެލާ ޝަރީފް 📍 ހއ. ކެލާ

ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެ: ކެލާ ޝަރީފް

ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ސާވިސް ޗާޖަކީ، ސާވިސް ޗާޖު ނަގާ ތަނެއްގެ މުވަށްޒަފުންގެ ހައްޤެއް، އެހައްޤު ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުން މަތިކޮށްފައިވާ ޒިންމާ އެއް، ސާވިސް ޗާޖުގެ މައްސަލަ ހޫނުވެ މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް  ރިސޯޓު މުވައްޒަފުން ގޮވަމުންދާ މިދަނޑިވަޅުގައި ޝަރީފް ޓުވީޓު ކުރައްވާ ބުނެފައިވެއެވެ. Service charge akee, se...

ޔުމްނާ ޢަލީ
ކެލާ ކަނޑޫފާ ސަރަޙައްދު ސާފުކޮށްފި 📍 ހއ. ކެލާ

ކެލާ ކަނޑޫފާ ސަރަޙައްދު ސާފުކޮށްފި

މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން އިސްނަގައިގެން ހއ.ކެލާ ކަނޑޫފާ ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހއ، ކެލާ ކައުންސިލްގެ އިދާރާއާއި ކެލާގައި އުފެދިފައިވާ ކްލަބު ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ. ހއ. ކެލާ ކަނޑޫފަލަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަނޑޫފާ ތަކުގެ ތެރެއިން ހަމައެކަނި ހއ. އަތޮޅުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ. ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މ...

އަލީ އާދިލް
📍 ހއ. ކެލާ

ކެލާ ސްޕަރލީގް 2019 ޗެންޕިއަން "ކެލާގެ ފެނަކަ"

ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެލާގެ ފެނަކަ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗްގައި ބައްދަލުކުރީ ކެލާ ފެނަކައާއި، އަތިރި އިން ކެލާއެވެ. މި މުބާރާތުގައި ހަތަރުޓީމެއް ވާދަކޮށްފައި ވެއެވެ. ފައިނަލް މެޗްގައި ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން 3 – 1 މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ފެނަކަ ޓީމުން ހޯދިއެވެ. އަހަރަކު އެއްފަހަރު ކުޅޭ މި މުބާރާތުގެ އެންމެ […]

އިބްރާހިމް އަސްވާޤް
ކެލާ ސްޕަރ ލީގް 2019 ފުޓްބޯޅަ މުބާރާތް ފަށަައިފި 📍 ހއ. ކެލާ

ކެލާ ސްޕަރ ލީގް 2019 ފުޓްބޯޅަ މުބާރާތް ފަށަައިފި

ކެލާ ސްޕަރލީގު 2019 ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ. ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގަވާ މި ބުރާތް ފެށުމުގެ ގޮތުން އިއްޔެ ކެލާ ބޯޅަދަނޑުގައި ކުޅެވުނު ފުރަތަމަ މެޗް ޝަރަފުވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މި މުބާރާތަކީ ކެލާގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކެލާގައި ވިޔަފާރި ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަވާ މުބާރާތެކެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ބައިވެރި ވެފައި ވެއެވެ. އެއީ ފެނަކަ ކެލާ ބްރާންޗް، ކެލާ […]

އިބްރާހިމް އަސްވާޤް
ޔޫ.އެން.ޑީ.ޕީ ހިލޭ އެހީގެ ދަށުން އައިޑިއާސް އިން ހއ ކެލާގައި ތަފާތުއެކި ޕްރޮޖެކްޓްތައް ހިންގަނީ 📍 ހއ. ކެލާ

ޔޫ.އެން.ޑީ.ޕީ ހިލޭ އެހީގެ ދަށުން އައިޑިއާސް އިން ހއ ކެލާގައި ތަފާތުއެކި ޕްރޮޖެކްޓްތައް ހިންގަނީ

  “ގުލޯބަލް އެންވިރަމަންޓް ފެސިލިޓީ ސުމޯލް ގްރާންޓްސް ޕްރޮގުރާމް މޯލްޑިވުސް” ދަށުން މަދަނީ ޖަމިއްޔާތަކަށް ފޯރުކޮށްދޭ ހިލޭއެހީ، އެންމެ ރަނގަޅު ޕުރޮޕޯސަލްތައް ހުށައެޅި ފަރާތްތަކާއި ހަވާލުކޮށްފިއެވެ. ހިލޭއެހީ ކަމިޔާބުކުރި ފަރާތްތަކަށް، ކާމިޔާބުކުރިކަމުގެ ލިޔުން ހަވާލުކުރުމަށް ހާއްސަ ހަފްލާއެއް ވަނީ މިމަހުގެ 28 ވަނަ ދުވަހު ސެންޓުރަލް ހޮޓެލްގައި ބާއްވަފައެވެ. މި ހަފްލާގައި ލިޔުންތައް ހަވާލުކޮށްދެއްވީ ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯރސަސް އެންޑް އެގު...

ތިލަދުން
📍 ހއ. ކެލާ

ކެލާއިން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

ހއ. ކެލާ އިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ. ކެލާ ކައުންސިލުން މިމަހުގެ 18 ވަނަ ދުވަހު ކުރި އިއުލާނެއްްގައި ބުނެފައިވަނީ ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މިފަހަރު ކެލާ އިން ދޫކުރަން ނިންމާފައިވަނީ 68 ގޯއްޗެވެ. ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 115 މީހަކު ކުރިމަތިލީކަމަށް ކެލާ ކައުންސިލުން ބުންފައިވެއެވެ. ކެލާގެ އާބާދީ އުޅެނީ 2600 އަށް ވުރެ […]

އިބްރާހިމް އަސްވާޤް
ޗައިނާގެ ސަފީރު ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފި 📍 ހއ. ބާރަށް

ޗައިނާގެ ސަފީރު ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފި

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފިއެވެ. ހއ އަތޮޅު ހޮސްޕިޓަލަށް ޗައިނާ ސަފީރު ޒަންގް ލިއޮން ވަނީ ޒިޔާރަތް ކުރައްވާފައި ވެއެވެ. އަދި އެ ހޮސްޕިޓަލުގެ ހާލަތު ސަފީރު ވަނީ ބައްލަވާ ލައްވާފައެވެ. ޗައިނާ ސަފީރު ޒަންގް ލިއޮން ހއ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވީ އެމަނިކުފާނު މިހާރު ހއ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައެވެ. މިދަތުރު ފުޅުގައި ސަފީރު […]

އަޙްމަދު މުޖުތަބާ
ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި 📍 ހއ. ބާރަށް

ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި

ހއ.ކެލާ، ހއ ބާރަށް އަދި ހދ.ވައިކަރަދޫގެ އިތުރުން 31 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން ކުރި ޓްވީޓެއްގައި ފެނާ ނަރުދަމާ ހެދުމަށް ހަމަޖެހިފައިވާ 34 ރަށެއް ކަނޑައަޅާފައިވާއިރު ހއ ކެލާ އަދި ބާރަށުގައި ފެންޕްލާޓެއް ގާއިމް ކުރުމަށް މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހދ.ވައިކަރަދޫގައި ފ...

ފާތިމަތު ސިނާޒާ
ހއ. ކެލާ ކަނޑޫފާ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް 📍 ހއ. ކެލާ

ހއ. ކެލާ ކަނޑޫފާ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ކެލާ ސްޕަރ ލީގު ޑިސެމްބަރ 1 ގައި، ބައިވެރިވެވޭނެ ފަހު ދުވަހަކީ ނޮވެމްބަރ 12 📍 ހއ. ކެލާ

ކެލާ ސްޕަރ ލީގު ޑިސެމްބަރ 1 ގައި، ބައިވެރިވެވޭނެ ފަހު ދުވަހަކީ ނޮވެމްބަރ 12

ހއ ކެލާގެ އެންމެހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ވިޔަފާރިތަކަށް ހުޅުވައިލައިގެން ބާއްވާ ”ކެލާ ސުޕަރ ލީގު 2019“ ގައި ބައިވެރިވުމުގެ ފުރުޞަތު ކެލާ ކައުންސިލުން ވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ހުޅުވާލައިފައެވެ. ކެލާ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ފުޓުބޯޅަ ލީގު 2019 ޑިސެމްބަރ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިމުބަރާތުގެ ޤަވާޢިދާއި ބައިވެރިވުމަށްއެދޭ ފޯމް ކެލާ ކައުންސިލް އިދާރާގެ ރިސެޕްސަނުންނާއި ކެލާ ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެކައު...

އަޙްމަދު މުޖުތަބާ
📍 ހއ. ކެލާ

ކެލާގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހއ. ކެލާ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކެލައަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހއ. އަތޮޅު ރަށަކުން ފުރައިގެން ކެލައަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ލޯންޗުގައި ކެލައަށް އައި މީހާ ފުލ...

ފާތިމަތު ސިނާޒާ
ކެލާ އަދި އިތުރު 4 ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް އީއައިއޭ ހަދާނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ އަދި އިތުރު 4 ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް އީއައިއޭ ހަދާނެ ފަރާތެއް ހޯދަނީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 05 ރަށުގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓެ އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ބާތިލްކޮށް އަނެއްކާ ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން 02 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރި އިޢުލާންނާއި ގުޅިގެން މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ލިބިފައިނުވާތީ ހއ.ކެލާގެ އ...

ފާތިމަތު ސިނާޒާ
ކެލާ ހުކުރު މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދަނީ 📍 ހއ. ކެލާ

ކެލާ ހުކުރު މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދަނީ

ހއ.ކެލާ ހުކުރު މިސްކިތުގައި ލަކުޑިން ހަދާފައިވާ ބައި މަރާމާތު ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފްކުރުމަށްފަހު 04 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހު 13:00 އަށް އެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެފަރާތުގެ އިޢުލާނުގައި ވަނީބުނެފައެވެ. މީގެ އިތުރުން  މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް ، ފަރުދީ ވިޔ...

ފާތިމަތު ސިނާޒާ
ޖޭޕީގެ އެސްޖީއަކަށް ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް 📍 ހއ. ކެލާ

ޖޭޕީގެ އެސްޖީއަކަށް ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ރޭ އައްޔަންކުރައްވައިފި އެވެ. އަލީ އާރިފަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ލީޑަރު ގާސިމް އިބްރާހީމެވެ. އަލީ އާރިފް ޖޭޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އޯގަސްޓް މަހުއެވެ. ޖޭޕީގެ ހިންގުން ކުރިއަށް ވުރެ ވަރުގަދަކޮށް، ޖޭޕީގެ ކުރިމަގަށް ތަފާތު ޕްލޭންތައް ހަދަން ފަށާ ޕާޓީގެ އެކިމަގާމުތަކަށް އާބޭފުޅުން އައްޔަން ކުރަމުން ދާއިރު އިތުރު މެންބަރުންނާއި ކުރީގެ މެންބަރުންވެސް […]

ޔުމްނާ ޢަލީ