މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި 📍 ހއ. ކެލާ

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ހއ. ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި އެވެ. އައިޑިއާސް ޖަމިއްޔާގެ ފަރާތުން ޑަސްބިން ބަހައްޓާފައިވަނީ ކެލާ ޔޫތު ސެންޓަރު، ބަނދަރު އަދި އޭ.ޓީ.އެމް ސަރަހައްދުގައެވެ. މިއީ އައިޑިއާސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް ގުޅިގެން ކެލާގައި ހިންގާ “ޓާރޓަލް  އެކްސްޕެޑިޝަން” ޕްރޮގުރާމްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން، ކެލާގެ އާންމު ސަރަހައްދުތަށް ސާފްތާހިރުކޮށް ބެހެއްޓުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި ޑަސްބިންތައް ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ ކެލާ ކައުންސ...

އިބްރާހިމް އަސްވާޤް
އެމްޓީސީސީއިން ކެލާ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމާލައިފި 📍 ހއ. ކެލާ

އެމްޓީސީސީއިން ކެލާ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމާލައިފި

ހއ.ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހި މަސައްކަތްތައް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. ޒަމާނީ ފެންވަރުގެ ބަނދަރެއް ކެލާގައި ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން، 30 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއިއެކު 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ސަރުކާރުން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ....

ޖަލްވާން ޖާދުﷲ
ކެލާގައި ގާއިމުކުރާ ކުނިކޮށީގެ މަސައްކަތްތައް ނިންމަން ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާގައި ގާއިމުކުރާ ކުނިކޮށީގެ މަސައްކަތްތައް ނިންމަން ހަވާލުކޮށްފި

ހއ. ކެލާގައި ގާއިމްކުރަން ހަމަޖެހިފައިވާ، ކުނި މެނޭޖުކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފައާއިއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ބީލަން އުސޫލުން ހަވާލުކޮށްފައިވަނީ “މަންގަނޑު” ކުންފުންޏާކަމަށާއި އަދި މި މަސައްކަތަކީ އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި އެންވަޔަރަންމެންޓް މިނިސްޓްރީން މަޢުލޫމާތު...

އިބްރާހިމް ޚަލީލް
ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް 📍 ހއ. ކެލާ

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ. މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، […]

ޝިއުނާ އާދަމް
ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއިން ފަށައިފި 📍 ހއ. ކެލާ

ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއިން ފަށައިފި

ހއ. ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. އެކުންފުނިން ތަރައްޤީކުރަމުން ދާ ކެލާ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ ދަށުން 12،768 ކިއުބިކް މީޓަރު ޑްރެޖްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 30 މީޓަރުގެ ބްރޭކްވޯޓާ އާއި 220 މީޓަރުގެ ރިވެޓްމެންޓް މަސައްކަތް ކުރިއަށްދާއިރު 1،445 ސްކުއެއާ މީޓަރުގެ ޕޭވް އޭރިއާއެއްގެ މަސައްކަތްވެސް ކުރާނެއެވެ. Work is well un...

ޔުމްނާ ޢަލީ
ހަފުތާއެއްގެ މަސައްކަތުގެ ވަގުތު 40 ގަޑިއިރަށްވުރެ އިތުރު ކުރަންޖެހޭ: ކެލާ ޝަރީފް 📍 ހއ. ކެލާ

ހަފުތާއެއްގެ މަސައްކަތުގެ ވަގުތު 40 ގަޑިއިރަށްވުރެ އިތުރު ކުރަންޖެހޭ: ކެލާ ޝަރީފް

ދިވެހިރާއްޖޭގައި މިހާރު ހަފުތާއަކު މަސައްކަތް މިކުރަނީ 40 ގަޑިއިރު ކަމަށާއި، ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި ރާއްޖޭގެ ހަފުތާއެއްގެ މަސައްކަތުގެ ވަގުތު 40 ގަޑިއިރަށްވުރެ އިތުރުކުރަން ޖެހޭ ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. މެމްބަރު އިބްރޭ މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލިސްގައި ބަހުސްކުރެވުނު ސަރުކާރުގެ ފަރާތުން ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖެގެ ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގ...

ޔުމްނާ ޢަލީ
ކެލާގެ ޔޫތު ފޯރަމްގެ ފަރާތުން ޓާސްކް ފޯރސްއަށް އެހީއެއް 📍 ހއ. ކެލާ

ކެލާގެ ޔޫތު ފޯރަމްގެ ފަރާތުން ޓާސްކް ފޯރސްއަށް އެހީއެއް

ހއ. ކެލާގެ ކެލާ ޔޫތް ފޯރަމްގެ ފަރާތުން ކޯވިޑް19 އާއި ގުޅިގެން އެރަށުގައި އެކުލަވާލާފައިވާ ޓާރސްކް ފޯރސްއަށް ގިނަ ބާވަތްތަކެއް ހަދިޔާކޮށްފިއެވެ. އެޖަމިއްޔާގެ ރައީސް އަހުމަދު އާމިރު އުސްމާން “ތިލަދުން” އަށް މައުލޫމަތު ދެމުން ބުނީ ނުރައްކާތެރި ކޯވިޑް19 އިން ރައްޔިތުން ރައްކަތެރިކަން ހޯދައި ދިނުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތުގައި އެޖަމިއްޔާގެ ފަރާތުން ބައިވެރި ވުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނީކަމަށެވެ. ފޯރުކޮށްދެވުނު ތަކެތީގެ ތެރޭގައި މާސްކާއި އަންގިއާއި އަތް ދޮންނަ ތަކެތި އަދި ސެނިޓައިޒ...

ޝިއުނާ އާދަމް
އައިޑިއާސް އާއި ހެޔޮއެދޭ ފަރާތްތަކުން ކެލާ ސިއްހީ މަރުކަޒަށް އެހީއެއް 📍 ހއ. ކެލާ

އައިޑިއާސް އާއި ހެޔޮއެދޭ ފަރާތްތަކުން ކެލާ ސިއްހީ މަރުކަޒަށް އެހީއެއް

އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވިރަމަންޓަލް އެވެއަރނެސް ސޮސައިޓީ (އައިޑިއާސް) އާއި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއެއް ހއ. ކެލާ ސިއްހީ މަރުކަޒަށް ފޯރުކޮށްދީފިއެވެ. އައިޑިއާސް ގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓޭޝަން އަލީ ފިރާޒް މައުލޫމާތު ދެއްވި ގޮތުގައި މިތަކެއްޗަކީ މެންބަރުންނާއި ހެޔޮއެދޭ ފަރާތް ތަކުގެ އެހީތެރިކަމާއި އެކު ހޯދިފައިވާ ތަކެތިކަމަށެވެ. އަދި އެފަރާތް ތަކުން ޖަމްޢިއްޔާގެ އެކި ކަންކަމުގައި ވަމުން އަންނަ އެހީތައް ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ކެލާ ސިއްހީމަ...

އިބްރާހިމް އަސްވާޤް
ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި 📍 ހއ. ކެލާ

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު 30 އަހަރުފެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. ޕޮލިސް އިންޓެލިޖެންސްއާއި ހއ ކެލާ ޕޮލިސް ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް މިރޭ އިރާކޮޅު 19:45 ހާއިރު ހިންގި އޮޕަރޭޝަންއެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބުލެޓް ސައިޒް ޕެކެޓްއަކާއި އެކު 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށާއި އެމައްސަލަ އިތުރަށް ތަޙްޤީގު ކު...

އަލީ އާދިލް
ކެލާގައިވެސް ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެއްޖެ 📍 ހއ. ކެލާ

ކެލާގައިވެސް ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުން ހއ. ކެލާއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވެއެޖެއެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އިއްޔެ ސުރެ އެރަށަށް ވެހެން ފެށިވާރޭ އަދިވެސް ދޭތެރެ ދޭތެރެއިން ވެހެމުން ދާ ކަމަށެވެ. ގުފްރާން ވިދާޅުވީ ފެން ވަދެފައި ވަނީ އެރަށުގެ ދެ ގެއަކަށް ކަމަށާއި، 10 ވަރަކަށް ގެއަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖައްސާފައި ވާނޭ […]

ޔުމްނާ ޢަލީ
ކެލާ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދެނީ 📍 ހއ. ކެލާ

ކެލާ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދެނީ

ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު، ހާލު ބޮޑުވެ އިތުރު ފަރުވާއަށް އެމްއެންޑީއެފް ނޯތު އޭރިއާގެ އެހީތެރިކަމާއި އެކު މާލެ ގެނައުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިހާރު ދަތުރު ފަށާފައިވާކަމަށެވެ. އެ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ...

ޝިއުނާ އާދަމް
ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި 📍 ހއ. ކެލާ

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި އެވެ. ޕޮލިސް އިންޓެލިޖެންސްއާއި ހއ ކެލާ ޕޮލިސް ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް މިއަދު މެންދުރު 11:15 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންއެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކުއް ހައްޔަރުކޮއްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން  ކެލާ ބަންދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން...

ޔުމްނާ ޢަލީ
ޕްރައިމަރީގެ ތިން ރަށެއްގެ ނަތީޖާ ޤަބޫލެއް ނުކުރަން: ކެލާ ނިޒާމް 📍 ހއ. ކެލާ

ޕްރައިމަރީގެ ތިން ރަށެއްގެ ނަތީޖާ ޤަބޫލެއް ނުކުރަން: ކެލާ ނިޒާމް

ލޯކަލް ކައުންސިލް 2020 އަށް ޕީޕީއެމްގެ ކެނޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގެ ހއ. އަތޮޅުގެ ތިން ރަށެއްގެ ނަތިޖާ ޤަބޫލު ނުކުރައްވާކަމަށް ހއ. ކައުންސިލްގެ ޓިކެޓް ހޯއްދެވުމަށް ވާދަ ކުރެއްވި އެއް ކެނޑިޑޭޓް އަޙްމަދު ނިޒާމް (ކެލާ ނިޒާމް) ބުނެފިއެވެ. ނިޒާމްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމް ޕްރައިމަރީ ހއ. އަތޮޅުގެ ދިއްދޫ، އުތީމު އަދި އިހަވަންދޫގެ ނަތީޖާ ޤަބޫލެއް ނުކުރައްވާ ކަމަށެވެ. މި އިންތިހާބުގައި ނާޒިމް އާއި ވާދަކޮށްފައިވަނީ ހއ […]

ޔުމްނާ ޢަލީ
📍 ހއ. ކެލާ

ހއ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ކެލާގައި ބާއްވައިފި

ހއ. އަތޮޅު (ތިލަދުންމަތީ އުތުރު ބުރީ) ގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ހއ. ކެލާގައި ބާއްވައިފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުން އިއްޔެ ކެލާގައި ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނާއި، އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަސައްކަތު ބައްދަލުވުމުގެ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ބޮޑުތިލަދުންމަތ...

އަލީ އާދިލް
2025 ފެށިގެން ރާއްޖޭގައި "ފްލައިން ޓެކްސީ" ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް: ކެލާ ޝަރީފް 📍 ހއ. ކެލާ

2025 ފެށިގެން ރާއްޖޭގައި "ފްލައިން ޓެކްސީ" ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް: ކެލާ ޝަރީފް

2025 ފެށިގެން ރާއްޖޭގައި ފްލައިން ޓްކްސީ ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. އިންޑިޕެންޑެންޓުގެ އާޓިކަލް އެއް ޝެއަރ ކުރައްވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެ އަކީ އަލަށް އުފަންވާ ޓެކްނޮލޮޖީ ވަރަށް އަވަހަށް ބޭނުން ކުރަން ފަށާ ގައުމެއްކަމަށާއި އެކަން އެހެން އޮތުމުން، 2025 ފެށިގެން ރާއްޖޭގައި އާންމުގޮތެއްގައި ފުލައިން ޓްކްސީ ބޭނުން ކުރުމަކީ އެކަށީގެން ވާކަމެއްކަމަށް ބުނެފައިވެއެވެ. https://t.co/CypYSIm9T8 Rajje akee ala...

ޔުމްނާ ޢަލީ