މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ކެނދިކުޅުދޫ (30 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
30 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެނދިކުޅުދޫގެ އެންމެ ފަހުގެ ޚަބަރުތައް

30 ޚަބަރުގެ ތެރެއިން
ރައީސް ޔާމީން މިއަދު ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކެނދިކުޅުދޫ 📍 ނ. ކެނދިކުޅުދޫ

ރައީސް ޔާމީން މިއަދު ނ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކެނދިކުޅުދޫ

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވާނެ އެވެ. ޕީޕީއެމް އިން ބުނީ އެމަނިކުފާނު ނ. އަތޮޅަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު ކަމަށެވެ. އަދި އެ އަތޮޅުގެ 5 ރަށަށް ކުރައްވާ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ކެނދިކުޅުދޫ އަށް ކަމަށެވެ. މީގެ އިތުރުން އެ އަތޮޅު ހުޅުދޫ އަށް މިއަދު […]

މުޙައްމަދު އަފްރާޙް
ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް އުތުރުގެ ހަތަރު ރަށެއްގައި 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް އުތުރުގެ ހަތަރު ރަށެއްގައި

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް ރާއްޖޭގެ 4 ރަށެއްގައި ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ. އުތީމުގައި ކަމަށެވެ. މި ޕެރޭޑުގެ ހަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދ...

މުޙައްމަދު އަފްރާޙް
ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު މި ދެބޭފުޅުން ވަނީ ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައެވެ. އެ ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
ސުޕަނެޓް ހިދުމަތް ކެނދިކުޅުދޫ އާއި އަލިފުއްޓަށް 📍 ނ. ކެނދިކުޅުދޫ

ސުޕަނެޓް ހިދުމަތް ކެނދިކުޅުދޫ އާއި އަލިފުއްޓަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ކެނދިކުޅުދޫ އާއި ރ.އަލިފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، މި ހިދުމަތް އެ ދެ ރަށަށް ތައާރަފްކޮށްފައިވާއިރު، މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފައިބަ ސުޕަނެޓްގެ ހިދުމަތް […]

އަޙްމަދު ވަހީދު
ދިގު އިންތިޒާރަކަށްފަހު ކެނދިކުޅުދޫއިން ގޯތި ދޫކޮށްފި

ދިގު އިންތިޒާރަކަށްފަހު ކެނދިކުޅުދޫއިން ގޯތި ދޫކޮށްފި

ނ. ކެނދިކުޅުދޫއިން ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. ކެނދިކުޅުދޫ ކައުންސިލުން ބުނީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރުކުރިއަށް ދާކަމަށާއި މިހާތަނަށް 7 ގޯއްޗެއް ވެރިފަރާތާއި ހަވާލުކޮށްފައި ވާކަމަށެވެ. އެހެން ފަހަރުތަކާ ޚިލާފަށް ކެނދިކުޅުދޫއިން މިފަހަރު ގޯތި ދޫކުރަނީ ކައުންސިލުން ގޯތިތައް ސާފުކުރުމަށްފަހު ކަންމުޑިވެސް އަޅައިދިނުމަށް ފަހުގައެވެ. ކެނދިކުޅުދޫއިން މިފަހަރު ތިންހާސް އަކަފޫޓުގެ 227 ގޯތި ދޫކުރާއިރު، ކެނދިކޮޅުން 151 ގޯތި...

ސަނިއްޔާ އަބޫބަކުރު
ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން  ކެނދިކުޅުދޫގައި “މާޒިޔާ އެކަޑަމީ” އިފްތިތާހް ކުރުމުގައި އުރީދޫ ބައިވެރިވެއްޖެ

ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކެނދިކުޅުދޫގައި “މާޒިޔާ އެކަޑަމީ” އިފްތިތާހް ކުރުމުގައި އުރީދޫ ބައިވެރިވެއްޖެ

ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން  ކެނދިކުޅުދޫގައި “މާޒިޔާ އެކަޑަމީ” އިފްތިތާހް ކުރުމުގައި އުރީދޫ ބައިވެރިވެއްޖެ އެވެ. މިއީ ކުރިއަރަމުން އަންނަ ކުޑަ ފުޓުބޯޅަ ތަރިންގެ ހުނަރު ތަރައްގީކުރުމަށް ހުޅުވި އެކެޑެމީއެކެވެ. މި އެކެޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނިޔާޒުގއ އިތުރުން މާޒިޔާގެ އިސް ބޭފުޅުންނާއި ކެނދިކުޅިދޫ ކައުންސިލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. “We wish all the participants the...

އަޙްމަދު ވަހީދު
 ދިއްދޫ އާއި ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ދިއްދޫ

 ދިއްދޫ އާއި ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫ އާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ. އެ ދެ ރަށުގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ބުނެފަވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އެދިލެއްވުމުގެ ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަމިއްލަ ހަރަދުގައި އެ ތަންތަން ހ...

ޔުމްނާ ޢަލީ
ކެނދިކުޅުދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

ކެނދިކުޅުދޫގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ނ.ކެނދިކުޅުދޫގައި އޭޓީއެމްއެއް ޤާއިމްކޮށް ޚިދުމަތް ދޭންފަށައިފިއެވެ. މިކަމާއި ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެ ރަށުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ އޭ.ޓީ.އެމްގެ  ސަބަބުން ކެނދިކުޅުދޫގެ ރައްޔިތުންނަށާއި، އެ ރަށުގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ. އަދި ކެނދިކުޅުދޫގެ ކައުނ...

އިބްރާހިމް ޚަލީލް

ތޮޅެންދޫ މީހުން ކެނދިކުޅުދޫއަށް ބަދަލުކުރުން

ދިވެހިރާއްޖޭގައި ރަށްރަށް ފަޅުކޮށް، އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އަންޒަމާނުއްސުރެ ހިގަމުންދާ ކަމެކެވެ. އެހެންނަމަވެސް ދިރިއުޅެން ދަތި އުދަނގޫ ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުން ސަރުކާރުން ދިރިއުޅުން ފަސޭހަ ރަށްރަށް ބަދަލުކޮށް “އެއްފަސް” ކުރުމުގެ ސިޔާސަތު އުފަންވެގެންއައީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެ މަސައްކަތް ފެށިގެން އައިދުވަސްވަރު އެއީ ވަރަށް މަޑުމަޑުން ކުރިއަށްދާ ގިނަ ދުވަސްތަކެއް ނަގާ “ބޮޑު” މަސައްކަތެކެވެ. އެގޮތ...

ޢަބްދުﷲ ސަޢީދު
ކެނދިކުޅުދޫ ހިމެނޭހެން ބީއެމްއެލްގެ އޭޓީއެމް 4 ރަށެއްގައި ބަހައްޓަން ނިންމައިފި 📍 ނ. ކެނދިކުޅުދޫ

ކެނދިކުޅުދޫ ހިމެނޭހެން ބީއެމްއެލްގެ އޭޓީއެމް 4 ރަށެއްގައި ބަހައްޓަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަތޮޅުތެރޭގައި ކުރަމުންދާ ވިއުގަ އިތުރަށް ފުޅާ ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައި އޭޓީއެމް ބެހެއްޓުމަށް ނިންމައިފިއެވެ. ބީއެމްއެލްގެ  އޭޓީއެމްތައް ހުޅުވުމަށް އެ ބޭންކުން ނިންމައިފައިވަނީ އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއް ކަމަށާއި މިއޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވި...

ޝިއުނާ އާދަމް
ނ. ކެނދިކުޅުދޫ "މަސްޖިދުއްރަޙްމަތު" ރަސްމީކޮށް ހުޅުވައިފި 📍 ނ. ކެނދިކުޅުދޫ

ނ. ކެނދިކުޅުދޫ "މަސްޖިދުއްރަޙްމަތު" ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އަލަށް ޢިމާރާތްކޮށްފައިވާ “މަސްޖިދުއްރަޙްމަތު” މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ކެނދިކުޅުދޫގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 550 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވާފައިވާ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައް...

އަލީ އާދިލް
މިލަދޫ އާއި ކެނދިކުޅުދޫގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބިންގާ އަޅައިފި 📍 ނ. މިލަދޫ

މިލަދޫ އާއި ކެނދިކުޅުދޫގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބިންގާ އަޅައިފި

މިލަދޫ އާއި ކެނދިކުޅުދޫގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބިންގާ އަޅައިފި އެވެ. އެގޮތުން ކެނދިކުޅުދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއެވެ. މި މަސައްކަތް ޓޫއެލް ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 7.5 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ދިހަ މަސްދުވަހެވެ. N. Ken’dhikulhudhoo gai alah imaaraiy kuraa engine geyge bingaa miadhu alhaifi. #TeamFenaka pic.twitter.com/Tm9bQiBeHa — Fenaka Corporation Ltd (@TeamFenaka) December...

ޔުމްނާ ޢަލީ
ކެނދިކުޅުދޫގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ކެނދިކުޅުދޫގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތްކުރުމަށް 2އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ފެނަކައާއި، 2އެލް ކޮންސްޓްރަކްޝަންއާއި ދެމެދު ސޮއި ކޮށްފައިވަނީ މިއަދު ހަވީރު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެެވެ. 2އެލް ކޮންސްޓްރަކްޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ...

އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި 📍 ނ. ކެނދިކުޅުދޫ

ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށ...

ޔުމްނާ ޢަލީ
ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި އަންހެނަކު ނިޔާވެއްޖެ 📍 ނ. ކެނދިކުޅުދޫ

ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި އަންހެނަކު ނިޔާވެއްޖެ

ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި އަންހެނަކު ނިޔާވެއްޖެ އެވެ. މިއަދު އިރުއޮއްސި ހައެއް ޖަހާކަންހާއިރު ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ނިޔާވެފައިވަނީ އެ ރަށު ސަމްސިއްޔާ ޔޫސުފް 40، އެވެ. އެވަގުތު ސައިކަލުގައި އިނީ ޝަމްސިއްޔާ އެކަނިކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ސަމްސިއްޔާ ނިޔާވެފައި ވަނީ ވެލިގަނޑުގައި ބޯ ޖެހި ލިބުނު ގެއްލުންތަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް މިރޭ 7:55 ގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ސަމްސިއްޔާގެ ފިރިއަކާއި އުމުރުން ހަ އަހަރާއި 10 އަހަރުގެ...

އިބްރާހިމް އަސްވާޤް