މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުރިނބީ (100 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
100 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުރިނބީގެ އެންމެ ފަހުގެ ޚަބަރުތައް

100 ޚަބަރުގެ ތެރެއިން
ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި 📍 ހދ. ނެއްލައިދޫ

ކުރިނބީ ބަނދަރަށް އަޑިއަށް ދިޔަ ނެއްލައިދޫ ދޯނި ނަގައިފި

ހދ. ކުރިނބީ ބަދަރަށް އަޑިއަށް ދިޔަ އެ އަތޮޅު ނެއްލައިދޫ ދޯނި ނަގައިފިއެވެ. މި ދޯނި އަޑިއަށް ދިޔައީ މިއަދުއެވެ. މި ހާދިސާ އާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލުގެ ނައިބު ރައީސް އަހްމަދު ސިޔާހު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެވަގުތު އޭނާ ހުންނެވީ އޮފީހުގައި ކަމަށެވެ. އަދި އާންމު ރައްޔިތަކު ކައުންސިލަށް ގުޅައިފާ އެ ޚަބަރު ދިނުމުން ވަގުތުން އެ ސަރަހައްދަށް ގޮސް […]

މުޙައްމަދު އަފްރާޙް
ކުރިނބީ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ހދ. ކުރިނބީ ބަނދަރު ތަރަައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށަން މި މަހުގެ 4 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 30,172 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 4,389 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު
ކުރިނބީ ޔޫތު މޫވްމެންޓުން އެރަށު ހުކުރު މިސްކިތުގައި ނެވިލޯން އަޅަން ފަށައިފި 📍 ހދ. ކުރިނބީ

ކުރިނބީ ޔޫތު މޫވްމެންޓުން އެރަށު ހުކުރު މިސްކިތުގައި ނެވިލޯން އަޅަން ފަށައިފި

ހދ. ކުރިނބީ މަސްޖިދު އީސާ ކަލޭފާނު (ހުކުރު މިސްކިތް) ގައި ނެވިލޯން އަޅަން ފަށައިފިއެވެ. މި މަސައްކަތް ކުރަމުން ދަނީ އެރަށު ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމެންޓްގެ އިސްނެގުމާއެކު ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ. މިކަމާއި ގުޅިގެން ކުރިނބީ ޔޫތް މޫވްމެންޓުގެ ރައީސް އާދަމް ޝަޒީމް ‘ތިލަދުން’ އަށް ވިދާޅުވީ މި މަސައްކަތް ކުރަނީ މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވައިލި ފަންޑަށް ލިބުނު ފައިސާ އިން ކަމަށެވެ. އަދި މިއީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީން ނިންމައިގެން […]

މުޙައްމަދު އަފްރާޙް
ގެއްލުނު އަސްދޫނީ ހޯދަނިކޮން ފެނުނީ، އަހަރެއް ކުރިން ކުރިނބީ ކައުންސިލް ފަޅާލައި ވަގަށް ނެގި ތިޖޫރީ 📍 ހދ. ކުރިނބީ

ގެއްލުނު އަސްދޫނީ ހޯދަނިކޮން ފެނުނީ، އަހަރެއް ކުރިން ކުރިނބީ ކައުންސިލް ފަޅާލައި ވަގަށް ނެގި ތިޖޫރީ

މީގެ އަހަރެއްހާ ދުވަސް ކުރިން ތިލަދުންމަތީ ކުރިނބީ ކައުންސިލުގެ އިދާރާ ފަޅާލައި ވަގަށް ނެގި ތިޖޫރީ ފެނިއްޖެއެވެ. މި ތީޖޫރީ ފެނިފައި ވަނީ ކުރިނބީ މާގަންމަގުގެ އަތިރިމަތީ ހޭޅީގެ ދެކުނު ފަރާތުންނެވެ. އެއީ ކުރިނބީ ކައުންސިލް އިދާރާއާއި ސަތޭކަވަރަކަށް މީޓަރު ދުރު ސަރަހައްދެކެވެ. މި ކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ކުރިނބީ ކައުންސިލުގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވެފައި ވަނީ މީގެ އަހަރެއްހާ ދުވަސްކުރިން އެ ކައުންސިލުން ގެއްލުނު ތިޖޫރީ ފެނިގެން އެ […]

އިބްރާހިމް ޚަލީލް
ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް 📍 ހދ. ކުރިނބީ

ކުރިނބީގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދީފައި ވަނީ މިސަރުކާރުން: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން ވަނީ ކުރިނބީގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަޝްރޫޢުތަކާއި އަދި ރައްޔިތުންނަށް ބޭނުންވެފައި...

ޔުމްނާ ޢަލީ
ދިވެހިންނަށް ޤުރުއާން ކިޔަވައިދިނުމުގައި 25 އަހަރު ހޭދަކުރެއްވި، ޤާރީ ސަރ އަށް އެހީހޯދަން ހަރަކާތްތަކެއް! 📍 ހދ. ކުރިނބީ

ދިވެހިންނަށް ޤުރުއާން ކިޔަވައިދިނުމުގައި 25 އަހަރު ހޭދަކުރެއްވި، ޤާރީ ސަރ އަށް އެހީހޯދަން ހަރަކާތްތަކެއް!

އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް (ގާރީ ސަރ) އަކީ އިންޑިޔާގެ ޗެންނާއީ އަށް އުފަން ރައްޔިތެކެވެ. 1997 ވަނަ އަހަރު ރާއްޖެ އައިސް އެންމެ ފުރަތަމަ ޤުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ސްކޫލްގައެވެ. 5 ވަރަކަށް އަހަރު އެރަށުގައި އުޅުމަށްފަހު ކުޅުދުއްފުށީގައި ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. ފާއިތުވި ފަނަރަ ވަރަކަށް އަހަރު ކުރިނބީގެ ދަރިވަރުންނާއި އެ ރަށުގެ ރައްޔިތުންނަށް ޤުރްއާން ކިޔަވައިދެމުގައި އޭނާ ހޭދަކުރައްވާފައިވެއެވެ....

އިބްރާހިމް ޚަލީލް
ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި 📍 ހދ. ވައިކަރަދޫ

ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް (ގާރީ ސަރ) އަށް، ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފައިވާކަމަށެވެ. އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް، މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އޭނ...

އިބްރާހިމް އަސްވާޤް
ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 42.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގަ...

އަޙްމަދު ވަހީދު
ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް

ހއ. ފިއްލަދޫ އާއި ހދ. ކުރިންބަށް ވެސް ބުދެއް ލައްގައިފި އެވެ. ކުރިނބީ ކައުންސުލްގެ ރައީސް އަބްދުﷲ އަސްލަމް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަށު ގޮނޑުދޮށުން 1 ފޫޓު ހުންނަވަރުގެ ބުދެއް ހޮވާފައިވާ ކަމަށެވެ. އެބުދު މިހާރު އޮތީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ. ފިއްލަދޫއިން ބުދެއް ފެނިފައިވަނީ އިއްޔެއެވެ. އެހެން ރަށްރަށް ލައްގަމުން އަންނަ ބުދުތަކާއި ހިލާފަށް މިބުދު އޮތީ ކަޅުކުލައިގަ އެވެ. ފިއްލަދޫ ކައުންސިލް މެންބަރު މުޙައްމަދު މޫސާ ވިދާޅުވީ […]

އަލީ އާދިލް
ކުރިނބީ އަންހެނުންގެ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަނީ 📍 ހދ. ކުރިނބީ

ކުރިނބީ އަންހެނުންގެ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަނީ

ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. މިއީ ކުރިނބީ ސިއްޙީމަރުކަޒާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1400 ޖެހުމުގެ ކުރިން އެރަށުގެ ފޯކަލްޕޮއިންޓަށް ގުޅުއްވައިގެން ނަންނޯޓުކުރަން ޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ހަމައެކަނި 18 އަހަރ...

ސަނިއްޔާ އަބޫބަކުރު
ކުރިނބީގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ނަމެއް ހޯދަނީ

ކުރިނބީގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ނަމެއް ހޯދަނީ

ހދ. ކުރިނބީގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަޠު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ކުރިނބީ ކައުންސިލުން ވިދާޅުވީ، އެރަށުގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ރީތި ނަމެއް ހޯދުމަށް އާންމުން ޚިޔާލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް މެދުވެރިކޮށް ނަން ހުށަހެޅުމަށް އެރަށު ކައުންސިލުން އެދެއެވެ. އެ ފޯމް ކައުންސިލްގެ ވެބްސ...

ޝިއުނާ އާދަމް
"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި 📍 ހދ. ކުރިނބީ

"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި

ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމަށް ސަރުކާރުން ތައާރަފްކުރި “ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އިފްތިތާޙުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ރޭގެ މޖަލްސާގައި ވަނީ “ގްރީނ...

ޙުސައިން ޝަހުދީ
ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ކުރިނބި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ ހާވިލާ ކާޕެންޓްރީއެވެ. މިއެއްބަސްވުމުގައި ހާވިލާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ ވެރިޔާ މުޙައްމަދު ސަލީމްއެވެ. ކުރިނބި ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހްއެވެ. ކުރިނބި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކައުންސިލްގެ ބަޖެޓްއިން ހޭދަ...

އައިޝަތު ނަސާޔާ
ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް ކުރިނބީ ރައީސް އަސްލަމް 📍 ހދ. ކުރިނބީ

ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް ކުރިނބީ ރައީސް އަސްލަމް

ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް، ކައުންސިލް މެންބަރު، އަދި ކުރިނބީ ކައުންސިލްގެ ރައީސް ޢަބުދު ﷲ އަސްލަމް ހަމަޖައްސަވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އަސްލަމް އެ މަޤާމަށް ހަމަޖައްސަވާފައިވަނީ މިމަހު 10 ވަނަ ދުވަހު ބޭއްވި ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މީޑިޔާ ކޯޑިނޭޓަރަކަށް، އަސްލަމް ހަމަޖައްސަވާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާޤުންނެވެ. ހދ. އަތޮޅު ކައުންސިލަށ...

ޔުމްނާ ޢަލީ
ކުރިނބީ ގޮނޑުދޮށުން ވެލި ނެގި ދެ ބިދޭސީއަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ގޮނޑުދޮށުން ވެލި ނެގި ދެ ބިދޭސީއަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

ޤަވާޢިދާ ޚިލާފަށް ހދ. ކުރިނބީ ގޮނޑުދޮށުން ވެލިނެގި 2 ބިދޭސީއަކު ޖޫރިމަނާ ކޮށްފިއެވެ. “ތިލަދުން” މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ އެރަށު ގޮނޑުދޮށުން ވެލި ނަގާފައިވަނީ ބަންގްލަދޭޝްގެ 2 ރައްޔިތުން ކަމަށެވެ. މި ދެމީހުން ގޮނޑުދޮށުން ވެލި ނަގަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެކަމުގެ ރިޕޯޓު ލިބުމުން ވަގުތުން ކައުންސިލުން އެސަރަހައްދަށް ގޮސްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ކައުންސިލުން...

އައިޝަތު ނަސާޔާ