މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކަނޑިތީމު (100 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
100 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކަނޑިތީމުގެ އެންމެ ފަހުގެ ޚަބަރުތައް

100 ޚަބަރުގެ ތެރެއިން
ގޮއިދޫ އާއި ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއަށް 📍 ށ. ގޮއިދޫ

ގޮއިދޫ އާއި ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއަށް

ށ. ގޮއިދޫ އަދި ށ. ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާާއި ގޮއިދޫ އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. މިގޮތުން މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެ ދެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ދަށުން އާރުޑީސީއާ...

އައިޝަތު އައިނީ އާމިރު
ނޫމަރާ އާއި ކަނޑިތީމު ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި 📍 ށ. ކަނޑިތީމު

ނޫމަރާ އާއި ކަނޑިތީމު ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ށ. ނޫމަރާ އަދި ށ. ކަނޑިތީމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ. ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާއި ނޫމަރާއަށް ކުރެއްވި ޒިޔާރާތުގައެވެ. ނޫމަރާ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ފެނަކަ ކޯޕަރޭޝަންގެ މެ...

އައިޝަތު އައިނީ އާމިރު
ކަނޑިތީމުގައި ބީއެމްއެެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމުގައި ބީއެމްއެެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

ށ. ކަނޑިތީމުގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިއެވެ. އެ ރަށުގައި ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައިއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ...

އައިޝަތު އައިނީ އާމިރު
ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި

ށ. ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފިއެވެ. މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގައެވެ. މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަދި އެ ރަށު […]

އައިޝަތު އައިނީ އާމިރު
ކަނޑިތީމު މޮނިއުމަންޓް: ބަހާއި ތަރިކައާއި އާދަކާދައިގެ ފަޚްރުވެރި ނިޝާނެއް! 📍 ށ. ކަނޑިތީމު

ކަނޑިތީމު މޮނިއުމަންޓް: ބަހާއި ތަރިކައާއި އާދަކާދައިގެ ފަޚްރުވެރި ނިޝާނެއް!

ށ. ކަނޑިތީމަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ޚާއްސަ މަގާމެއް އޮތް ރަށެކެވެ. މި ރަށުގެ މުއްސަނދި ތާރީޚާއި، ޚާއްސަކޮށް ދިވެހި ބަހަށް ކޮށްފައިވާ ޚިދުމަތްތަކުގެ ހަނދާން އާކޮށްދިނުމުގެ ގޮތުން ޤާއިމުކުރެވިފައިވާ “ކަނޑިތީމު މޮނިއުމަންޓް” އަކީ، ރަށުގެ އަހުލުވެރިންނާއި، ދިވެހި ރައްޔިތުން ވެސް ފަޚުރުވެރިވާންޖެހޭފަދަ ބިނާއެކެވެ. މި މޮނިއުމަންޓަކީ، ށ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވާލައިގެން ކުރިޔަށްގެންދާ ޖަމިއްޔާތަކަށް ހިލޭ އެހީ ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ބުލޫގިލް ފައުންޑޭޝަން އަދި ބިނާގެ އިސ...

އައިޝަތު އައިނީ އާމިރު
ކުލަގަދަ ހަރަކާތްތަކާއިއެކު މިލައުތުރު ފުޓްސަލް މުބާރާތް މިރޭ ރަސްމީކޮށް ފަށަނީ، ހަވާ އަރުވާނެ! 📍 ށ. ކަނޑިތީމު

ކުލަގަދަ ހަރަކާތްތަކާއިއެކު މިލައުތުރު ފުޓްސަލް މުބާރާތް މިރޭ ރަސްމީކޮށް ފަށަނީ، ހަވާ އަރުވާނެ!

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2025” މިރޭ ރަސްމީކޮށް ފަށާނެއެވެ. މި މުބާރާތް މި އަހަރު އޮންނަނީ ށ. ކަނޑިތީމުގައެވެ. މި މިބާރާތުގެ ފުރަތަަމަ މެޗު، ނޫމަރާ އާއި ފޭދޫ މެޗު މިއަދު ހަވީރު 16:15 ގައި ފަށާފައިވާއިރު، މި މުބާރާތް ރަސްމީކޮށް ހުޅުވުން އޮންނާނީ މިރެއެވެ. މި ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ރަސްމިއްޔާތުގައި ހަވާއެރުވުން ވެސް އޮންނާނެއެވެ. މި މުބާރާތް […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި 📍 ށ. ކަނޑިތީމު

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ފުޓްބޯޅަ ޓީމު ހޯދައިފިއެވެ. ކަނޑިތީމު ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.  އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމެއް ދެ ޓީމުން ވެސް ދައްކައި، މެޗު ނިމުނީ ދެ ޓީމު އެއްވަރ...

އައިޝަތު އައިނީ އާމިރު
ލޮނުމަސް އެޅުމާށާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ކަނޑިތީމުން ބިންދޫކުރަނީ 📍 ށ. ކަނޑިތީމު

ލޮނުމަސް އެޅުމާށާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ކަނޑިތީމުން ބިންދޫކުރަނީ

ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތައް ށ. ކަނޑިތީމުން ބިން ދޫކުރުމަށް ކަނޑިތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އެގޮތުން ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތްކުރުމަށް ދޫކުރާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމުން އެ ކައުންސިލުން ބުނެފައިވަނީ، ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި ކަނޑިތީމު ކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި މަސައްކަތައް ކަނޑިތީމ...

އައިޝަތު އައިނީ އާމިރު
ފަތުރުވެރިކަމަށް ކަނޑިތީމުން 50 އަހަރަށް ބިން ދޫކުރަނީ 📍 ށ. ކަނޑިތީމު

ފަތުރުވެރިކަމަށް ކަނޑިތީމުން 50 އަހަރަށް ބިން ދޫކުރަނީ

ފަތުރުވެރިކަމުގެ ބޭނުމަށް ށ. ކަނޑިތީމުން ބިން ދޫކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ. އެގޮތުން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑިތީމު ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި ކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މިގޮތުނ...

އައިޝަތު އައިނީ އާމިރު
ކަނޑިތީމުން ގޯތި ދޫކުރުމަށް ހުޅުވާލައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމުން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ކަނޑިތީމު ކައުންސިލުން އެ ރަށުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 90 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން ބުނެފައިވަނީ، މި 90 ގޯއްޗަށް އެދި ހުށަހެޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު […]

އައިޝަތު އައިނީ އާމިރު
ފްލައިން ފިޝްގެ ވެބްސައިޓާއެކު ދަތުރު ކުރުމަށް ބޮޑު ލުޔެއް 📍 ށ. ކަނޑިތީމު

ފްލައިން ފިޝްގެ ވެބްސައިޓާއެކު ދަތުރު ކުރުމަށް ބޮޑު ލުޔެއް

ތިލަދުންމަތީގައި ފުޅާދާއިރާއެއްގައި ސްޕީޑް ލޯންޗުގެ ޚިދުމަތް ދެމުން އަންނަ ފްލައިން ފިޝް އިން ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ކުންފުނީގެ ދަތުރުތަކަށް ޚާއްްސަ ވެބްސައިޓެއް ތައާރަފުކޮށްފިއެވެ. މުޅިން އަލަށް ތައާރަފު ކުރި flynfish.mv ވެބްސައިޓާއެކު ލޯންޗް ދަތުރުގެ ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިބެގެންވެސް ފަސޭހަކަމާއެކު ބުކިން ހައްދާލެވޭނެއެވެ. މިގޮތަށް ޓިކެޓް ނަގާއިރު ލިބެން ހުރި ސީޓުތަކުގެ ތެރެއިން ބޭނުންވާ ސީޓެއް ބުކް ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބ...

އަޙްމަދު ވަހީދު
ކަނޑިތީމާއި ގޮއިދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ށ. ގޮއިދޫ

ކަނޑިތީމާއި ގޮއިދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ. ކަނޑިތީމު އަދި ގޮއިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. އެގޮތުން މި ދެ ރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެންބަރުން...

އައިޝަތު އައިނީ އާމިރު
ށ.އަތޮޅު ކައުންސިލްގެ މާރެސް އެވޯޑް ކަނޑިތީމު، ނަރުދޫ އަދި ގޮއިދޫ ޑަބްލިއުޑީސީއަށް 📍 ށ. ނަރުދޫ

ށ.އަތޮޅު ކައުންސިލްގެ މާރެސް އެވޯޑް ކަނޑިތީމު، ނަރުދޫ އަދި ގޮއިދޫ ޑަބްލިއުޑީސީއަށް

ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ކޮމެޓީ ހޮވާ “މާރެސް އެވޯޑް” ދީފިއެވެ. އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީއަށް ހޮވިފައިވަނީ ކަނޑިތީމު ޑަބްލިއުޑީސީ، ނަރުދޫ ޑަބްލިއުޑީސީގެ އިތުރުން ގޮއިދޫ ޑަބްލިއުޑީސީއެވެ. އެ އަތޮޅުގެ އެންމެ ހިންގުންތެރި ތިން ޑަބްލިއުޑީސީ ހޮވާފައި ވަނީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާއުނގޫދޫގައި ބޭއްވި ހާއްސަ ހަރަކާތްތައްކުގެ ތެރޭ ހިމެނޭ ދުވަހުގެ ހާއްސަ ޖައްލާގައެވެ. އެ ޖަލްސާ...

އިބްރާހިމް ޚަލީލް
ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފި

ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފި

ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފިއެވެ. ފުލުހުން ބުނީ، ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އެރަށުގައި އިއްޔެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އެރަށުގެ ބައެއް ގޭތައް ބަލައި ފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، މި އޮޕަރޭޝަންގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މި އޮޕަރޭޝަންއާއިގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރަށްވައެވެ. ދާދިފަހުން ވަނީ އެ އަތޮޅު ފުނަދޫގައި ސި...

ޔުމްނާ ޢަލީ
ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ 📍 ށ. ކަނޑިތީމު

ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ

ށ. ކަނޑިތީމު އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އެ އަތޮޅު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ. ބިލެތްފަހި ކައުންސިލުން ބުނިގޮތުގައި އެ ބޯޓު އެރަށުގެ ކަނޑިންމައިން ވަދެގެން އަންނަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. އަދި ބޯޓު ނެރުގެ އެއްފަރާތަށް ބީހުމުގެ ސަބަބުން އެ ބޯޓަށް ދިޔަވާން ފެށިކަމަށް ކައުންސިލުން ބުންޏެވެ. އެ ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމަށް އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރަމުން އަންނަކަމަށް […]

ޔުމްނާ ޢަލީ