ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ހިމެނޭހެން ހަ އަތޮޅަކުން ރަށް ކުއްޔަށް ދޫކުރަން ލީޒް އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ދީފި
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ. ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ވަކި އަތޮޅުތަކަކަށް ލުއިތަކެއް ލިބޭ ގޮތަށެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، މި އިސްލާޙާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ބޮޑު ތިލަދުންމަތީގެ ތިން އަތ...