މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ވޯޓަކަށް ނުގޮސް ކުމުންދޫ އަންހެނުންގެ ކޮމިޓީއަށް މެންބަރުން އިންތިޚާބުވެއްޖެ 📍 ހދ. ކުމުންދޫ

ވޯޓަކަށް ނުގޮސް ކުމުންދޫ އަންހެނުންގެ ކޮމިޓީއަށް މެންބަރުން އިންތިޚާބުވެއްޖެ

ހދ. ކުމުންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލީ މެންބަރުންގެ މައުލޫމާތު އާއްމުކޮށްފިއެވެ. އެރަށު ކައުންސިލުން މިއަދު މި މައުލޫމާތު އާއްމުކޮށްފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާގެ ގޮތުގައެވެ. އެހެންނަމަވެސް، ކޮމިޓީ އަށް ކުރިމަތިލައިފައިވާ މީހުންގެ އަދަދަކީ ކޮމިޓީގައި ތިބެންޖެހޭ މެންބަރުންގެ އަދަދުކަމުން، ވޯޓުލުމަކަށް ގޮސްފައި ނުވެއެވެ. ކުމުންދޫ އަންހެނުންގެ ކޮމިޓީއަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ: ޞާބިރާ މޫސާ ސަލްމ...

Thiladhun

ޝަހީދު ޙުސައިން އާދަމް – ތިލަދުންމަތީގެ ކުޅުދުއްފުށިން އުފަންވި ޤައުމީ ބަޠަލެއް

ދިވެހި މި ލޮބުވެތި ފަސްގަނޑަށް ދިމާވި ދަތި އުނދަގޫ ކޮންމެ ވަގުތެއްގައި ތިލަދުން މަތީގެ ދަރީން ވަނީ ޤައުމަށްޓަކައި ޤުރުބާންވެ ވަޑައިގެން ޤައުމު ދިފާޢުކުރައްވާފައެވެ. ތިލަދުންމައްޗަކީ މުޅިޤަމުގެ ފަޚުރެއްކަން ޔަޤީނެވެ. ތިލަދުންމަތީ މީހުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ޒަމާނުއްސުރެ ރިވެތި އަޚުލާޤެއްގެ ވެރިބައެކެވެ. ސުލްހަމަސްލަހަތަށާއި، އެކުވެރިކަން އިސްކުރާ ބަޔެކެވެ. ޤައުމިއްޔަތުގެ ރޫޙު ހިތްތަކުގައި ބިންވަޅު ނެގިފައިވާ ބަޔެކެވެ. އެންމެ ފުރަތަމަ ޤައުމުކަމަށް ޢަމަލާއި ބަހުން މިސާލުދައްކު...

ޙުސައިން ޝަހުދީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް ނެގި ދެ ގެއެއްގެ ބަދަލަށް ދެ މިލިއަން ރުފިޔާ ދީފި

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންތައް ނުނިމިވާ ދެ ގޯތީގެ މައްސަލަގައި ފަހުން އެކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ ކުޅުދުއްފުށީ ކޯޓަށް ދައުލަތުން ޖަމާކޮށްދީފި އެވެ. އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން އެ ރަށު ކޯޓުން ކަނޑައެޅި ބަދަލާއި މެދު ހިތް ހަމަ ނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ކުޅުދުއްފުށީ ޑޭޒީވިލާގެ އަލީ އިސްމާއިލް އާއި ކުލަވަރުގެ މޫސާ ހަސަންނެވެ. […]

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓު ދަމަހައްޓައި ނެގެހެއްޓުމަށް މި ސަރުކާރުން އޮތީ ތައްޔާރަށް: ޖަމްޝީދު

ހދ. ކުޅުދުއްފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓުު ދަމަހައްޓައި ނެގެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ޖަމްޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓުގެ މުސްތަގްބަލު އުޖާލާކަމުގައި ދެކޭ ކަމަށާއި އެ އެއާޕޯޓަކީ ބޮޑު ރައުސުލްމާލެއް ކަމަށެވެ. ކުޅުދުއްފުށި އެއާޕޯޓާ ބެހޭގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށ...

އަފްރާހް އަބްދުލް ރަޝީދު
މޮޓޯކޭޑުގައި ބައިވެރިވި ފުރަތަމަ އަންހެން ފުލުހަކީ ތިލަދުންމަތީ ދަރިއެއް! 📍 ހދ. ކުޅުދުއްފުށި

މޮޓޯކޭޑުގައި ބައިވެރިވި ފުރަތަމަ އަންހެން ފުލުހަކީ ތިލަދުންމަތީ ދަރިއެއް!

އެންމެ މަތީ ފަންތީގެ އިއްޒަތްތެރިންނަށް އަރުވާ ވީވީއައިޕީ މޮޓޯކޭޑުގައި ހިމެނޭ ސަލާމަތީ އުޅަނދެއް ދުއްވުމުގެ މަސައްކަތާ ހަވާލުވި ފުރަތަމަ އަންހެން ފުލުހެއްގެ ޝަރަފު، ހދ. ކުޅުދުއްފުއްޓަށް އުފަން ފުލުހަކަށް ލިބިއްޖެއެވެ. ހދ. ކުޅުދުއްފުށީ، ޗަމަން، ލާންސްކޯޕްރަލް އެލީނާ މޫސާ އަށް މި ޝަރަފު ލިބިގެން ގޮސްފައިވާއިރު، މި މޮޓޯކޭޑަކީ މިއަދު ސަލާމަތީ ބާރުތަކުން ފޯރުކޮށްދިން މޮޓޯކޭޑެކެވެ. މި މޮޓޯކޭޑުގައި އެލީނާ ހިމެނިގެން ގޮސްފައިވަނީ އެސްކޯޓުގެ އެންމެ ކުރިން ދުއްވާ ފުލުހުންގެ ސައިކަލު ދުއްވާ ފަރާތެއްގެ ގޮތު...

Thiladhun
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވަމުން އަންނަ ކުއަންޓަމް ވެޓެރަންސް ކަޕް އަންނަ މަހު ފެށެނީ

“ކުއަންޓަމް” ފިހާރައިން ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެޓެރަންސް ފުޓްސަލް ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިތުރު ބޮޑު ބަދަލަކާއެކުކަމަށް ކުއަންޓަމް އިން ހާމަކޮށްފައިވެއެވެ. އެގޮތުން މުބާރާތް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ދެ ކެޓަގަރީއަކީ 40 އަހަރު ދަށް އަދި 40 އަހަރުން މަތީގެ ކެޓަގަރީއެވެ. ކުއަނ...

Thiladhun
ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ-ކޮޗިން ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފި

މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ހަނިމާދުއާ ދެމެދު ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފިއެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދު އާއި ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާގެ މާކެޓް މި އަންނަނީ ބޮޑުވަމުން. ކޮޗިންއަށް ދަތުރު ފެށީމާ އަޅުގަނޑުމެންގެ ބޭނުމަކީ އުތުރުގައި މިހިރަ ޓޫރިޒަމް ބެޑްތަކަށް ސީދާ އިންޑިއާއިން [...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. މަކުނުދޫ

އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރި މީހުންނަށް މަގާމުތައް ބެހުން ގަބޫލެއް ނުކުރަން: ރާއީ

ސަރުކާރު ވަޒީފާ އެންމެނަށް ހަމަ ނުޖެއްސޭނެކަން އެމްޑީޕީ މެމްބަރުން ގަބޫލުކުރާ ކަމަށާއި ގަބޫލު ކުރަން ބޭނުން ނުވަނީ އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ސިޔާސީ މަގާމުތައް ބެހުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެމްޑީޕީ ޔޫތު ކޮންފަރެންސްގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަހަކަ އަށް އިޝާރާތްކޮށެވެ. ނަޝީދު ބުނެފައި ވަނީ […]

އަފްރާހް އަބްދުލް ރަޝީދު
ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަދަލުކޮށްލި ބީއެމްއެލްގެ ޕާކު

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަކީ އަބަދުވެސް މުޖްތަމައަށް އެކި ގޮތްގޮތުން އެހީ ވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އެ ކުންފުނިން ކުރާ މަސައްކަތް ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” އެހީގައި ވަނީ ހދ. ނެއްލައިދޫގައި ޕާކެއް ހުޅުވާފައެވެ. މިއީ...

އަފްރާހް އަބްދުލް ރަޝީދު
ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު 📍 ހދ. ހަނިމާދޫ

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާގައި އެ ދެ ރަށުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ހިތްވަރާ ނަމޫނާ އަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތައުރީފުކޮށް ޝުކުރު ދަންނަވައިފިއެވެ. މޮސްޓާ ކުރި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ދެ ރަށުގެ ރައްޔިތުން ވެސް ދެއްކި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމަށް ޝުކުރާ ސާބަސް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސުނާމީ […]

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު

ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ “މޮޔަ ކަމެއް” ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންނާ ބައްދަލު ކުރުމުން ރަށްރަށުގައި އެއާޕޯޓް އަޅައިދޭން އެދެމުން ދާތީ ނަޝީދު ވަނީ ކުރިން ވެސް އެކަންކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރަނގަޅު ފެރީގެ ނިޒާމަކާއި ރާއްޖެއާ ގުޅޭ ތަރައްގީތައް ގެނައުން މާ […]

އަފްރާހް އަބްދުލް ރަޝީދު
ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި 12 ކްލާސް ރޫމްގެ ތިންބުރީގެ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. 12 ކުލާސް ރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކުރީ ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބުރާހިމެވެ. ކިއު.ވަން ޕްރައިވެޓް ލިމިޑެޓްގެ...

އަފްރާހް އަބްދުލް ރަޝީދު
ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތެޔޮ ވިއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތަށް އެއް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާކަމަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހު 11:00 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނެފައި ވަނީ ކުއްޔަސް ދޫކުރާ ބިމަކީ 1500 އަކަފޫޓުގެ ބިމެއް […]

އަފްރާހް އަބްދުލް ރަޝީދު
ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!

އިއްޔެ އަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ހދ. ހަނިމާދޫ ކައިރިއަށް، އެ އަތޮޅު ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހުން މި ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އިން ދިވެހިން ރޮއްވާލިއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. ލޯންޗު ބަންޑުން ޖަހާލުމައެކު، ކަނޑުވި މީހުން ހޯދައި، އެމީހުން ހަނިމާދޫ ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި […]

އަފްރާހް އަބްދުލް ރަޝީދު
ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން ކުރި މި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ. އިއުލާނުގައި ބުނެފައި ވަނީ އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން […]

އަފްރާހް އަބްދުލް ރަޝީދު