ހދ. ކުމުންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލީ މެންބަރުންގެ މައުލޫމާތު އާއްމުކޮށްފިއެވެ.

އެރަށު ކައުންސިލުން މިއަދު މި މައުލޫމާތު އާއްމުކޮށްފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާގެ ގޮތުގައެވެ. އެހެންނަމަވެސް، ކޮމިޓީ އަށް ކުރިމަތިލައިފައިވާ މީހުންގެ އަދަދަކީ ކޮމިޓީގައި ތިބެންޖެހޭ މެންބަރުންގެ އަދަދުކަމުން، ވޯޓުލުމަކަށް ގޮސްފައި ނުވެއެވެ.

Ad
rt

ކުމުންދޫ އަންހެނުންގެ ކޮމިޓީއަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ:

  • ޞާބިރާ މޫސާ
  • ސަލްމާ ޢަލީ
  • މަރްޔަމް ސަޢީދާ
  • ޔުމްނާ ޢަލީ
  • ޝާއިދާ މޫސާ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 35 ވަނަ މާއްދާއާއި 57 ވަނަ މާއްދާގެ ދަށުން ކޮންމެ ރަށު ކައުންސިލަކާއި ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުން އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮންނަން ޖެހޭނެއެވެ. މި ކޮމިޓީތަކުގެ މަގުސަދަކީ ކައުންސިލްތަކާއި ސިޓީތަކުގެ އަވަށްތަކުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ލަފައާއި މަޝްވަރާ ދިނުމާއި، އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުމެވެ.