މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 14 ވަނަ ޞަފްޙާ

ބަދަލުވަމުންދާ ދުނިޔެއަށް ޒުވާނުން ތައްޔާރުކުރަން ސްކައުޓާއި ޔުނިސެފުން ވަރުގަދަ ޕާޓްނާޝިޕެއް

ބަދަލުވަމުންދާ ދުނިޔެއަށް ޒުވާނުން ތައްޔާރުކުރަން ސްކައުޓާއި ޔުނިސެފުން ވަރުގަދަ ޕާޓްނާޝިޕެއް

ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށް ޒުވާނުންނަށް ބޭނުންވާ މުހިންމު ހުނަރުތައް ތަރައްޤީކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހާއްސަ ޕާޓްނާޝިޕެއް ޤާއިމުކޮށްފިއެވެ. ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ޕާޓްނާޝިޕްގެ ދަށުން ޔުނިސެފް މޯލްޑިވްސްގެ “ޓްރެއިލްސް” ފްރޭމްވޯކް، އަލުން އެކުލަވާލަމުން އަންނަ ސްކައުޓް ޔޫތު ޕްރޮގްރާމާ އެއްކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބާ...

ފާތިމަތު ސަޙާ
ޕެންޝަންގެ މުހިންމު މަޢުލޫމާތުތައް ދިނުމަށް ހަނިމާދޫގައި ޚާއްޞަ ސެޝަނެއް މާދަމާ ރޭ

ޕެންޝަންގެ މުހިންމު މަޢުލޫމާތުތައް ދިނުމަށް ހަނިމާދޫގައި ޚާއްޞަ ސެޝަނެއް މާދަމާ ރޭ

ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ މެދުގައި ޕެންޝަން ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ޕެންޝަން އޮފީހުން ތައްޔާރުވެއްޖެއެވެ. ޕެންޝަން އޮފީހުން ބުނީ، މި ސެޝަން ކުރިއަށްދާނީ މާދަމާ، 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި، ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ކަމަށެވެ. މި ބައްދަލުވުމަކީ އެ ރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކަ...

ޔުމްނާ ޢަލީ
ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ސައްހަ މައުލޫމާތު އެއްތަނަކުން ބަލައިލެވޭ ޑިރެކްޓަރީއެއް ލޯންޗުކޮށްފި

ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ސައްހަ މައުލޫމާތު އެއްތަނަކުން ބަލައިލެވޭ ޑިރެކްޓަރީއެއް ލޯންޗުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކްޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކުރައްވައިފިއެވެ. މި ޑިރެކްޓަރީއަކީ “މޯލްޑިވްސް 2.0” ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ...

ޝިއުނާ އާދަމް
ތުރާކުނު މިސްކިތް ނިންމުމުގެ އަމާޒު ނޮވެމްބަރަށް، ރޯދަ އަށް 14 މިސްކިތެއް ހުޅުވަނީ

ތުރާކުނު މިސްކިތް ނިންމުމުގެ އަމާޒު ނޮވެމްބަރަށް، ރޯދަ އަށް 14 މިސްކިތެއް ހުޅުވަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށާއި، އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރާ ދާއިމީ 3 މިސްކިތެއް ހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ. ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިކަން ހާމަކުރައްވާފައި ވާއިރު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު ބިނާކުރެވެމުންދާ […]

ޔުމްނާ ޢަލީ
ތާރީޚުގައި ވެސް ރެކޯޑުނުކުރާ ވަރުގެ ވަރުގަދަ އެލްނީނޯއެއް، ޕީކަށް ދާނީ ޑިސެމްބަރުގައި 1 މިނިޓު

ތާރީޚުގައި ވެސް ރެކޯޑުނުކުރާ ވަރުގެ ވަރުގަދަ އެލްނީނޯއެއް، ޕީކަށް ދާނީ ޑިސެމްބަރުގައި

މޫސުމީ ބަދަލުތަކާ އެކު، ތާރީޚުގައި ވެސް ރެކޯޑުކުރެވޭ އެންމެ ވަރުގަދަ އެލްނީނޯ އިވެންޓްތަކުގެ ތެރޭގައި ހިމެނޭ ފަދަ ވަރުގަދަ އެލްނީނޯއެއް އުފެދި، އޭގެ އެންމެ މައްޗަށް ނުވަތަ ޕީކަށް ޑިސެމްބަރު 2026 ގައި ދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މެޓް އޮފީހުން ދާދިފަހުން ނެރުނު ރާއްޖޭގެ މޫސުމާ ބެހޭ އަދާހަމަ، އެލްނީނޯ ބުލެޓިން ގައެވެ. މެޓް އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 2026 ގައި މި އެލްނީނޯ […]

ޔުމްނާ ޢަލީ
މުސްތަޤުބަލުގެ ކެރިއަރަށް ތައްޔާރުވާން ހަނިމާދޫ ސްކޫލު ދަރިވަރުންނަށް ޕެންޝަން އޮފީހުގެ އެހީތެރިކަން

މުސްތަޤުބަލުގެ ކެރިއަރަށް ތައްޔާރުވާން ހަނިމާދޫ ސްކޫލު ދަރިވަރުންނަށް ޕެންޝަން އޮފީހުގެ އެހީތެރިކަން

ހދ. ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހުގެ “ކެރިއަރ ކޮމްޕަސް” އަދި “ޑޯނަޓްސް އެންޑް ފައިނޭންސް” ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރުތައް ތަރައްޤީކުރުމާއި، އަމިއްލަ މާލީ ކަންކަން ހަރުދަނާ އަދި ދެމެހ...

ޔުމްނާ ޢަލީ
ގަވާއިދާ ޚިލާފަށް ޕާކުކުރާނަމަ ދެން ފިޔަވަޅު އަޅާނީ ޑިޖިޓަލް މެސެޖަކުން

ގަވާއިދާ ޚިލާފަށް ޕާކުކުރާނަމަ ދެން ފިޔަވަޅު އަޅާނީ ޑިޖިޓަލް މެސެޖަކުން

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިއީ ގާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ނިންމި ނ...

އަލީ އާދިލް
ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ބޭރުގެ އެއްވެސް އަސްކަރިއްޔާއަކަށް ފުރުޞަތެއް ނެތް!

ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ބޭރުގެ އެއްވެސް އަސްކަރިއްޔާއަކަށް ފުރުޞަތެއް ނެތް!

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެކަން ހާމަކޮށް، ސަރުކާރުން މިއަދު ބަޔާނެއް ނެރެފިއެވެ.   ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމާ ގުޅޭގޮތުން އާންމުކުރި ޚާއްޞަ ބަޔާނެއްގައެވެ. އެ ބަޔާނުގައި ސަރުކާރުން ބުނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ އަދި...

ޔުމްނާ ޢަލީ
ބްރިޖުގެ ތޮއްޖެހުން ކުޑަކުރަން ވަކި ގަޑިތަކެއްގައި ބޮޑެތި ވެހިކަލްތައް ދުއްވުން ހުއްޓުވަނީ

ބްރިޖުގެ ތޮއްޖެހުން ކުޑަކުރަން ވަކި ގަޑިތަކެއްގައި ބޮޑެތި ވެހިކަލްތައް ދުއްވުން ހުއްޓުވަނީ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، އޮފީސް ގަޑިތަކުގައި ހެވީ ވެހިކަލްތައް ނުދުއްވޭ ގޮތަށް ވަކި ގަޑިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ހާމަކުރެއްވި ގޮތުގައި، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ދަތިނުވާނޭ...

ޔުމްނާ ޢަލީ
ސައިކަލަށް ފޮއްޓެއް އަރުވައިގެން ދުއްވާލިތަނާ ކޮންޓްރޯލް ނުވެ ދެ މީހުންނާއެކު މޫދަށް

ސައިކަލަށް ފޮއްޓެއް އަރުވައިގެން ދުއްވާލިތަނާ ކޮންޓްރޯލް ނުވެ ދެ މީހުންނާއެކު މޫދަށް

ގދ. ތިނަދޫ ސިޓީގައި ސައިކަލަކަށް ފޮއްޓެއް އަރުވައިގެން ދުއްވާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ދެ މީހުންނާއެކު ސައިކަލު ބަނދަރު މޫދަށް ވެއްޓޭ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން […]

ޝިއުނާ އާދަމް
3 މީހުން އަރުވައިގެން ދުއްވީ އެތައް ރެކޯޑެއް އޮތް މީހެއް، ހޮސްޕިޓަލުން ދޫކޮށްލުމާއެކު ހައްޔަރު!

3 މީހުން އަރުވައިގެން ދުއްވީ އެތައް ރެކޯޑެއް އޮތް މީހެއް، ހޮސްޕިޓަލުން ދޫކޮށްލުމާއެކު ހައްޔަރު!

ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ސައިކަލު ދުއްވި މީހާ ހޮސްޕިޓަލުން ފަރުވާއަށްފަހު ދޫކޮށްލުމާއެކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިރުމަތީގެ / ލ. މާމެންދޫ، މުޙައްމަދު ސައިފް (27އ) އެވެ. ފުލުހުން ވިދާޅުވީ ސައިފް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލުމުން، އޭނާ ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމ...

އަލީ އާދިލް
އެޕާޓްމަންޓަކަށް ވަދެ މީހުން ހިފަހައްޓައި ފޭރުނު ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

އެޕާޓްމަންޓަކަށް ވަދެ މީހުން ހިފަހައްޓައި ފޭރުނު ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން މި މައ...

ޔުމްނާ ޢަލީ
ކަޅުބާޒާރުގައި ބޭރު ފައިސާ މާރުކުރަމުންދިޔަ ބަންގްލަދޭޝްގެ ތިން މީހަކު އަތުލައިގެންފި

ކަޅުބާޒާރުގައި ބޭރު ފައިސާ މާރުކުރަމުންދިޔަ ބަންގްލަދޭޝްގެ ތިން މީހަކު އަތުލައިގެންފި

ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާމިރު ޙުސައިން އާއި، އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތިން މީހުން ބަންދުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި މީހުން އަތުލައިގަނެވިފައިވަނީ ދިވެހިރާއްޖޭގައި ގަވާއ...

ޔުމްނާ ޢަލީ
24 ގަޑިއިރު ތެރޭ އިތުރު ހަތަރު މީހަކަށް އިންޒާރު، ޒިގްޒެގްކޮށާއި 100 ކމ އިން މަތީ ބާރުމިނުގައި ދުއްވި

24 ގަޑިއިރު ތެރޭ އިތުރު ހަތަރު މީހަކަށް އިންޒާރު، ޒިގްޒެގްކޮށާއި 100 ކމ އިން މަތީ ބާރުމިނުގައި ދުއްވި

މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ މީހުން ޕްރޮފައިލްކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފިއެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދު...

ޔުމްނާ ޢަލީ
ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި

ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ތިން މަސްބޯޓެއް، ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ވަރަށް ޚާއްޞަ ގޮތެއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސިފައިންގެ ދެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، އެ ބޯޓުތައް ހޯދައި ވަނީ ކޯސްޓްގާޑުގެ ބާރުގެ...

ޔުމްނާ ޢަލީ