އަސްލު ބޯޑު ކާނަށް އެއްލާލައި، އެހެން ބޯޑެއް އަޅުވައިގެން ސައިކަލު ވަގަށް ނަގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
މާލޭގެ ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ […]