ދިވެހިންނަށް ފުރުސަތު ފަހިކުރަން ބޭރު 29 ވިޔަފާރިއެއް ހުއްޓުވައި، 17 ކުންފުންޏެއްގެ ހިއްސާ ދިވެހިންނަށް ބަދަލުކުރަނީ
ރާއްޖޭގެ ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވި ބޭރުގެ 29 ވިޔަފާރިއެއް މިހާތަނަށް އުވާލާފައިވާ ކަމަށާއި، މި ދާއިރާތަކުގައި ހިމެނޭ އިތުރު 17 ކުންފުންޏެއްގެ ހިއްސާ ދިވެހިންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރ...