މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 16 ވަނަ ޞަފްޙާ

ކުރާ ހުވައަކީ ކިޔައިލާ ލަފުޒުތަކެއް ނޫން، އެއީ ޤައުމަށް ވެވޭ މަތިވެރި ވަޢުދެއް: ޒަރީރު

ކުރާ ހުވައަކީ ކިޔައިލާ ލަފުޒުތަކެއް ނޫން، އެއީ ޤައުމަށް ވެވޭ މަތިވެރި ވަޢުދެއް: ޒަރީރު

ކަރެކްޝަނަލް އޮފިސަރުން ކުރާ ހުވައަކީ ހަމައެކަނި ދުލުން ކިޔައިލާ ލަފުޒުތަކެއް ނޫން ކަމަށާއި، އެއީ ޤައުމަށާއި ރައްޔިތުންގެ ހިމާޔަތަށް އަދި ޤާނޫނު ނެގެހެއްޓުމަށް ވެވޭ މަތިވެރި ވަޢުދެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ސީޕީ ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިއަށްގެންދިޔަ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ މާފ...

ޝިއުނާ އާދަމް
އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް އަސާސީ ބޭސް ކަށަވަރުކުރަނީ

އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް އަސާސީ ބޭސް ކަށަވަރުކުރަނީ

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ބޭސްފިހާރަތަކުން އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހާއި، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ ‘އަހާ’ ފޯރަމުގައި ރޭ ވާހަކަދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސްފިހާރަތަކަށާއި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުންނަށް ބޭނުންވާ ބޭސްތައް ފޯރުކޮށްދިނު...

ޔުމްނާ ޢަލީ
ރާއްޖޭގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ އިވެލުއޭޝަން މަރުހަލާ ނިންމާލައިފި

ރާއްޖޭގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ އިވެލުއޭޝަން މަރުހަލާ ނިންމާލައިފި

އަންނަ އަހަރު ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށާއި، މި މިސްކިތްތައް ބަލައި އިވެލުއޭޓް ކުރުމަށް ކުރިއަށްގެންދިޔަ މަރުހަލާ މިހާރު ނިންމާލާފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން “އަހާ” ފޯރަމުގެ ނުވަވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ މިސްކިތެއް ހިމެނުމަށް މަސައްކަތްކުރަ...

ޔުމްނާ ޢަލީ
ސައޫދީ އެއާޕޯޓުތަކަށް ދިން ހަމަލާތަކުގައި ދިވެއްސަކަށް އަސަރެއް ނުކުރޭ: ފޮރިން މިނިސްޓްރީ

ސައޫދީ އެއާޕޯޓުތަކަށް ދިން ހަމަލާތަކުގައި ދިވެއްސަކަށް އަސަރެއް ނުކުރޭ: ފޮރިން މިނިސްޓްރީ

ސަޢޫދީ ޢަރަބިއްޔާގެ ބައިނަލްއަޤްވާމީ ދެ އެއާޕޯޓަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި، މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު އެއްވެސް ދިވެހި ރައްޔިތަކަށް މި ހަމަލާތަކުގެ އަސަރުކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، ސަޢޫދީގެ މަސްރަޙު އެ މިނިސްޓްރީން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި މި ހާދިސާތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ...

ޔުމްނާ ޢަލީ
ކަރަންޓުގެ އަގު ރައްޔިތުންގެ ޖީބަށް ލުއިކުރަން ގްރޭޓަރ މާލެއަށް އައު ސްޓްރެޓެޖީއެއް އެކުލަވާލަނީ

ކަރަންޓުގެ އަގު ރައްޔިތުންގެ ޖީބަށް ލުއިކުރަން ގްރޭޓަރ މާލެއަށް އައު ސްޓްރެޓެޖީއެއް އެކުލަވާލަނީ

ގްރޭޓަރ މާލެ ސަރަޙައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި ފަރާތްތައް ބައިވެރިވި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު މާލޭގައި ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވަރކްޝޮޕް މައިގަނޑު ގޮތެއްގައި...

ޔުމްނާ ޢަލީ
އެކްސިޑެންޓް ހިނގި ގޮތް ސައްހަކޮށް ކުރަހައި ތަހުގީގުކުރަން އައު ސޮފްޓްވެއާއެއް

އެކްސިޑެންޓް ހިނގި ގޮތް ސައްހަކޮށް ކުރަހައި ތަހުގީގުކުރަން އައު ސޮފްޓްވެއާއެއް

މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމުގެ ގޮތުން “ސްމާޓް ޑްރޯ” ނަމަކަށް ކިޔާ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާއެއް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވެއާ ބޭނުންކުރަން ފަށާފައިވަނީ ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އިތުރަށް މަތިކުރުމުގެ މަގުސަދުގައެވެ. މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. “ސްމާޓް ޑްރޯ” އަކީ އ...

ޔުމްނާ ޢަލީ
ކޮންމެފަދަ ހުށަހެޅުމެއް އަޔަސް އިންޓެގްރިޓީ ހިފަހައްޓަންވާނެ: އިހުސާން

ކޮންމެފަދަ ހުށަހެޅުމެއް އަޔަސް އިންޓެގްރިޓީ ހިފަހައްޓަންވާނެ: އިހުސާން

ކޮންމެ މީހަކު ކޮންމެފަދަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް، އަމިއްލަ ނަފްސަށާއި، ދައުލަތަށާއި، ދީނަށް ތެދުވެރިވެ، އިންޓެގްރިޓީ ހިފެހެއްޓުމުގައި ސާބިތުވެ ތިބުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ނަސޭހަތްތެރިވެވަޑައިގެންފިއެވެ . މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދިޔަ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ގެ ތިންވަނަ ބެޗް ދަސްވެނިވުމަށް މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި...

ޔުމްނާ ޢަލީ
''އަހާ'' ފޯރަމްގެ 9 ވަނަ އެޕިސޯޑު މިރޭ: އޮންލައިންކޮށް ވެސް ވަޒީރުންނާ ސުވާލުކުރެވޭ

''އަހާ'' ފޯރަމްގެ 9 ވަނަ އެޕިސޯޑު މިރޭ: އޮންލައިންކޮށް ވެސް ވަޒީރުންނާ ސުވާލުކުރެވޭ

ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ “އަހާ” ފޯރަމްގެ ނުވަވަނަ އެޕިސޯޑު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ދެ ގަޑިއިރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމްގައި ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މީގެއިތުރުން، ފޯރަމް ކުރިއަށ...

ޔުމްނާ ޢަލީ
އަންހެން ކުދިން މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

އަންހެން ކުދިން މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެ ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށްޓަކައި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދީ ސިޔާސަތުތައް ކުރިއަރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުން...

ޔުމްނާ ޢަލީ
އޮސްޓްރޭލިއާގެ މޮޑެލްއަކަށް ކުޅުދުއްފުށީގައި ނަފްސާނީ ސިއްހަތަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި

އޮސްޓްރޭލިއާގެ މޮޑެލްއަކަށް ކުޅުދުއްފުށީގައި ނަފްސާނީ ސިއްހަތަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި، އެ ސިޓީ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި “މަނަސް ހަބް” ރަސްމީކޮށް ހުޅުވައިފިއެވެ. ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހުޅުވި މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ. މި މަރުކަޒަކީ މުޖުތަމައުގެ އިޖ...

ޔުމްނާ ޢަލީ
ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ

ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރި 113 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. މި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޚާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވަނީ 2026 އޮކްޓޫބަރު 10 ވަނަ ދުވަހުއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން މި ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ޖަލ...

ޔުމްނާ ޢަލީ
އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސައްލާއެއް ކާށިދޫގައި

އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސައްލާއެއް ކާށިދޫގައި

މިއަހަރުގެ ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން “އިސްރަށްވެހިންގެ ސައްލާ” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ސައްލާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސައްލާގައި ވާހ...

ޝިއުނާ އާދަމް
އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ

އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ

ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަމަކަށް ވާއިރު، ވަކިން ޚާއްޞަކޮށް އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގައި ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާއަށް އެކަމަނާ ވަޑައިގެންނެ...

ޔުމްނާ ޢަލީ
ހުޅުމާލޭ މަގުމަތީގައި ސްޓަންޓް ޖައްސަން އުޅުނު 20 އަހަރުގެ ޒުވާނާ ޖޫރިމަނާކޮށް، ސައިކަލު ޓޯކޮށްފި

ހުޅުމާލޭ މަގުމަތީގައި ސްޓަންޓް ޖައްސަން އުޅުނު 20 އަހަރުގެ ޒުވާނާ ޖޫރިމަނާކޮށް، ސައިކަލު ޓޯކޮށްފި

ހުޅުމާލޭގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 20 އަހަރުގެ ޒުވާނަކު ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ފުލުހުން ޓޯކޮށްފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރު ހުޅުމާލެ ފޭސް 1 ގެ މަގުމަތީގައި ކަމަށެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އެ ވަގުތު ހުޅުމާލެތެރެ ބަލަހައްޓައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، […]

ޔުމްނާ ޢަލީ
ސިއްޙީ މަރުކަޒުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިޒިއޮތެރަޕީގެ ޚިދުމަތް ކާށިދޫގައި

ސިއްޙީ މަރުކަޒުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިޒިއޮތެރަޕީގެ ޚިދުމަތް ކާށިދޫގައި

ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު ޚިދުމަތެއް ކަމަށެވެ. އަދި ކާށިދޫއަކީ ރައީސް ޑރ. މ...

ޔުމްނާ ޢަލީ