ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ( ބީކޭއެމްޔޫ ) އިން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަމިއްޔާގެ ގެ އަހަރީ ޢާންމު ޖަލްސާއާއި، މަސްވެރިންގެ ޝުޢޫރު ފާޅުކުރުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ބީކޭއެމްޔޫ މިއަދު ކުރި އިޢުލާނެއްގައި ވަނީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި ހަރަކާތް މި އަހަރު ވެސް އޮންނާނެކަން އާންމުކޮށް އަންގައި، މި ހަރަކާތުގައި އެންމެހައި މަސްވެރިންނާއި، މަސްވެރިކަމުގެ ޞިނާޢަތަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވުމަށް ދައުވަތު ދީފައެވެ.
ބީކޭއެމްޔޫއިން ބުނި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް މިއަދާ ހަމައަށްވެސް ފުއްދައިދެވިފައި ނުވާތީ، ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް އެއްއަޑަކުން ސަރުކާރަށް އިއްވުމެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ ނަމުގައި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މިޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ ޔޫނިއަން ހަރަކާތްތެރިވާން ފެށީ 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.
ބީކޭއެމްޔޫ އުފެދުނު ފަހުން އެ ޔޫނިއަނުން އަންނަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ގިނަ އަޑުއުފުލައި، މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!