ހަނިމާދޫން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން ކައުންސިލުން ފާސްކޮށްފި
ހދ. ހަނިމާދޫ އިން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން އެރަށު ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު އޮތް ހަނިމާދޫ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 18 ވަނަ ބައްދަލުވުމުގައެވެ. ހަނިމާދޫ ކައުންސިލުން ‘’ތިލަދުން’’ އަށް މައުލޫމާތު ދިންގޮތުގައި ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެރަށުން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން ފާސްކުރުމުގެ އިތުރުން ގޯތިތައް ދޫކުރުމުގެ އުސޫލުވެސް ވަނީ ފާސްކޮށްފައެވެ. ހަނިމާދޫ ކައުންސިލުން ބުނީ، ކައުންސިލްގެ މި ނިންމުމާއެކު ހަނިމާދޫން ގޯތި ދޫކުރާނެގޮތުގ...