ހއ. އަތޮޅަށް ޚާއްސަ ދިގުފެތުމުގެ ބޮޑު މުބާރާތެއް ވަށަފަރުގައި، ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި
ހއ. އަތޮޅަށް ޚާއްސަކޮށްގެން، ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހއ އަތޮޅުގެ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، ވަށަފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ 13 އަދި 14 ނޮވެމްބަރު 2026 ގައެވެ. މޯލްޑިވްސް އެކުއަޓިކްސްއިން ބުނާ ގޮތުގައި، މި މުބާރާތަކީ ވާދަވެރި ފެތުންތެރިންގެ އިތުރުން، ކަނޑުފަޅުގެ ހުޅުވާލެވިފައިވާ ދިޔަވަރުގައި އަމިއްލަ ހުނަރު އިމްތިހާނުކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތ...