ހދ. ކުމުންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ޚާއްޞަ ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި "ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" އާ ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ވޯކްޝޮޕެކެވެ.
އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ރަށުގައި ބަށިބޯޅަ ކުޅިވަރު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، ބާއްވާ މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 15 ބައިވެރިން ހަމަވާނަމައެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ފީއެއްގެ ގޮތުގައި 150 ރުފިޔާ ނެގުމަށް ނިންމާފައިވާކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 އޮކްޓޯބަރު 2026 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ނަން ނޯޓުކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!