ހދ. ހަނިމާދޫ އިން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން އެރަށު ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު އޮތް ހަނިމާދޫ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 18 ވަނަ ބައްދަލުވުމުގައެވެ.

Ad
rt

ހަނިމާދޫ ކައުންސިލުން ‘’ތިލަދުން’’ އަށް މައުލޫމާތު ދިންގޮތުގައި ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެރަށުން 2000 އަކަފޫޓްގެ 300 ގޯތި ދޫކުރަން ފާސްކުރުމުގެ އިތުރުން ގޯތިތައް ދޫކުރުމުގެ އުސޫލުވެސް ވަނީ ފާސްކޮށްފައެވެ.

ހަނިމާދޫ ކައުންސިލުން ބުނީ، ކައުންސިލްގެ މި ނިންމުމާއެކު ހަނިމާދޫން ގޯތި ދޫކުރާނެގޮތުގެ އުސޫލު އާންމުކުރުމާއި، ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އިޖުރާއަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ހަނިމާދޫ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ ހަނިމާދޫގެ ބޯހިޔާވަހިކަމަށް އެދޭ ރައްޔިތުން މިކަމުގެ އިންތިޒާރުގައި ތިއްބައެވެ.