މަދު މަހުޖަނުންގެ އިގްތިސާދަކުން ގިނަ ރައްޔިތުން ޝާމިލްވާ އިގްތިސާދަކަށް ބަދަލުކުރުން
މީގެ 40 ހަކަށް އަހަރު ކުރިން ދިވެހިންނަކީ ރަށާއި އަދި ރަށްކައިރީ އޮތް ފަޅުރަށުންނާއި ކަނޑުން ދިރިއުޅުމުގެ އެކި ބޭނުންތަކަށް އެއްޗެހި ހޯދައިގެން، އެއިން ރަށުގައި ތަކެތި އުފައްދައިގެން ބޭރަށް އެކްސްޕޯޓްކޮށް އަތޮޅުތަކުގައި އަމިއްލަ ފުއްދުންތެރި އިގްތިސާދެއް ބިނާކޮށްގެން އުޅެމުން އައި ބައެކެވެ. އެހެންކަމުން ރާއްޖޭގެ އާބާދީވެސް އޭރުވަނީ މުޅިރާއްޖެއަށް ބެހިފައެވެ. ވެރިކަން ކުރާ ރަށޭ ކިޔާ މާލެއަށް ހިޖުރަކުރުމުގެ ފޯރި ހުރިކަމެއް އާބާދީގެ ތަފާސް ހިސާބުތަކަކުން ނުދައްކައެވެ. މި ހަގީގަތްތައް ބަދަލުވެ ކޮންމ...