ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖްގައި ސްޕެއިންގެ ގަދަބާރު އަދި ޗެމްޕިއަންސް ލީގްގެ އެންމެ ކާމިޔާބް ޓީމް ރިއަލް މެޑްރިޑް އަދި ފްރާންސްގެ ޗެމްޕިއަން ޕީ.އެސް.ޖީ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާވެސް ލައްވާލާފައި ވަނީ ވަރުގަދަ ގުރޫޕެއްގައެވެ. ބާސެލޯނާއާއިއެކި ޖަރުމަނުގެ ގަދަ ބާރު ބޮރޯސިއާ ޑޯޓްމަންޑް އަދި އިޓަލީގެ އިންޓަމިލާން ވަނީ އެއް ގުރޫޕެއްގައި ހިމެނިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހިމެނެނީ ގްރޫޕް އީގައެވެ. މި ގުރޫޕްގައި ދެން ފާހަގަކޮށްލެވޭ ޓީމަކަށް ހިމެނެނީ ނަޕޯލީއެވެ.

Ad
rt

ޗެމްޕިއަންސް ލީގްގެ ގުރުނެގުން ކުރިއަށްގެންގޮސްފައި ވަނީ ރޭ މޮނާކޯގެ ގްރިމަލްޑި ފޯރަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ ފާއިތުވި ސީޒަންގެ ޔޫރަޕްގެ ފުޓްބޯޅައިގެ އެކިއެކި މަޤާމްތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށް އެފަރާތްތަކަށް އެވޯޑް ހަވާލްކޮށްފައެވެ.

ޗެމްޕިއަންސް ލީގްގެ ޓީމްތައް ބެހިފައިވާ ގޮތް:
ގްރޫޕް އޭ
ޕީ.އެސް.ޖީ
ާރިއަލް މެޑްރިޑް
ކްލަބް ބުރުގް
ގަލަސަތަރޭ

ގްރޫޕް ބީ
ބަޔާން މިއުނިކް
ޓޮޓެންހަމްހޮޓްސްޕާރސް
އޮލްޕިއާކޮސް
ރެޑް ސްޓަރބްލެގްރޭޑް

ގްރޫޕް ސީ
މެންޗެސްޓަރ ސިޓީ
ޝަކްތަރް ޑޮނެސްކް
ޑައިނަމޯ ޒެގްރެބް
އެޓްލާންޓާ

ގްރޫޕް ޑީ
ޔުވެންޓަސް
އެތްލެޓިކޯ މެޑްރިޑް
ލެވަކޫސަން
ލޮކޮމޯޓިވް މޮސްކްވާ

ގްރޫޕް އީ
ލިވަރޕޫލް
ނަޕޯލީ
ސަލްސްބަރގް
ގެންކާ

ގްރޫޕް އެފް
ބާސެލޯނާ
ބޮރޯސިއާ ޑޯޓްމަންޑް
އިންޓަރ މިލާން
ސްލޯވިއަރ ޕްރަހަ

ގްރޫޕް ޖީ
ޒެނިތް
ބެންފީކާ
ލިޔޯން
އާރްބީ ލިޕްޒިގް

ގްރޫޕް އެޗް
ޗެލްސީ
އަޔެކްސް
ވެލެންސިއާ
ލޮސްކް