މެންޗެސްޓަރ ޔުނައިޓެޑް އަދި ޗިލީގެ ޤައުމީޓީމްގެ ފޯވާޑް ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށް އިޓަލީގެ އިންޓަމިލާނައް ބަދަލުވެއްޖެއެވެ.

ސަންޗޭޒް 2018 ވަނަ އަހަރު އާސެނަލް ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑްއާއި ގުޅުނުފަހުން މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ސަންޗޭޒް މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅުނު 45 މެޗްއިން ކާމިޔާބް ކުރެވިފައި ވަނީ އެންމެ ފަސް ގޯލާއި ނުވަ އެސިސްޓެވެ. އެހެންނަމަވެސް ސަންޗޭޒްވަނީ ސްޕެއިންގެ ގަދަބާރު ބާސެލޯނާ އަދި އާސެނަލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. ބާސެލޯނާ އަށް ސަންޗޭޒް ވަނީ ކުޅުނު 141 މެޗްއިން 47 ގޯލް އަދި 34 އެސިސްޓް ހަމަކޮށްފައެވެ. އަދި އާސެނަލްއަށް ސަންޗޭޒް ކުޅުނު 166 މެޗުން 80 ގޯލް ޖަހާ އިތުރު 45 އެސިސްޓްވަނީ ހަމަކޮށްފައެވެ.

Ad
rt

ސަންޗޭޒް ވަނީ ބާސެލޯނާއާއިއެކު ސްޕެނިޝް ލަލީގާ އެއްފަހަރު، ސްޕެނިޝް ކަޕްވިނާސް ކަޕް އެއްފަހަރު، ސްޕެނިޝް ސުޕަކަޕް ދެފަހަރު، ކްލަބް ވޯލްޑްކަޕް އެއްފަހަރު އަދި އޫއެފާ ސުޕަކަޕް އެފަހަރު ހޯދާފައެވެ. ބާސެލޯނާ ދޫކޮށް 2014 ވަނަ އަހަރު އާސެނަލް އަށް ބަދަލުވެ އާސެނަލްއާއިއެކު އެފްއޭ ކޮމިއުނިޓީ ޝީލްޑް އެއްފަހަރު އަދި އެފްއޭ ކަޕް ދެފަހަރު ވަނީ ހޯދާފައެވެ. އަދި ޗިލީގެ ޤައުމީ ޓީމާއިއެކު ކޮޕަ އެމެރިކާގެ ތަށިވަނީ ދެފަހަރު އުފުލާލާފައެވެ.